މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާއިރު އެންމެ ފުރަތަމަ މި ފުރުސަތު ހުޅުވާލީ މިދިއަ އޯގަސްޓް މަހުގެ 14 އިން ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިނާމަށް ކުރިމަތިލުން މިހާރު ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.
އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ:
1. އިޖުތިމާއީ ދާއިރާ
2. ސިޔާސީ ދާއިރާ
3. ޝަރުއީ އަދި ޤާނޫނީ ދާއިރާ
4. ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ
5. ކުޅިވަރުގެ ދާއިރާ
6. ފޮޓޯ ޖާނަލިޒަމްގެ ދާއިރާ
7. ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ
8. ފީޗަރ ލިޔުމުގެ ދާއިރާ
މީގެ އިތުރުން، އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު ހިމެނެއެވެ.
މި އިނާމުތަކަށް ކުރިމަތިލުމަށް ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމު ހުށަހަޅަންޖެހެއެވެ. މި ދެ ފޯމާއި، މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، " މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" ގައި ހިމަނާފައިވާ ކަންކަމާ އެއްގޮތަކަށް ފޯމާއެކު ލިޔެކިޔުންތައް ހުށަހެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެއެވެ.