Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޫރަޕިއަން ޔޫނިއަން

ފިޔަވަޅު އަޅާ މީހުންގެ ލިސްޓާއި އަޅާނެ ފިޔަވަޅުތައް އިންތިހާބުގެ ކުރިން ހާމަކުރުމަށް އީޔޫއަށް ލަފާ ދީފި

ހުސް ލިސްޓެއް އާންމުކޮށްފައި އޮތުމުން އީޔޫ ސީރިއަސް ނޫން ކަމަށް ދަނީ ބުނަމުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2018 | ހޯމަ 13:43
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރައީސް ޔާމީން ވޯޓް އަޅުއްވަނީ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރައީސް ޔާމީން ވޯޓް އަޅުއްވަނީ

މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވާ ފަރާތްތަކާއި މެދު އަޅާނެ ފިޔަވަޅުތަކުގެ ލިސްޓު އިންތިހާބުގެ ކުރިން ހާމަކޮށް، އެ ފަރާތްތަކަށް ވަރުގަދަ މެސެޖެއް ދިނުމަށް ޔޫރަޕްގެ އިއްތިހާދު(އީޔޫ) އަށް، ސައުތް އޭޝިއޭ ޑިމޮކްރެޓިކް ފޯރަމް(އެސްއޭޑީއެފް) އިން ލަފާ ދީފިއެވެ.

މިފަދަ ލަފާއެއް އީޔޫއަށް ދީފައި މިވަނީ، ސައުތް އޭޝިއާ ޑިމޮކްރެޓިކް ފޯރަމްއާއި ވިމެންސް އިކޮނޮމިކް އެންޑް ސޯޝަލް ތިންކް ޓޭންކް ގުޅިގެން ރާއްޖޭގެ ހާލަތު ބެލުމަށް ޒިޔާރަތްކުރި ފެކްޓް ފައިންޑިންގ މިޝަންގެ ދަތުރަށް ފަހު އެކުލަވާލި ރިޕޯޓުގައެވެ.

ފެކްޓް ފައިންޑިންގ މިޝަންގައި ރާއްޖެއަށް ޒިޔާރަތް ކުރައްވާފައިވަނީ، ޔޫރަޕިއަން ޕާލިމެންޓުގެ ތިން މެންބަރުން ކަމަށްވާ ތޯމަސް ޒްޗޯސްކީއާއި މާރިއާ ގެބްރިއޭލާ ޒޯނާއާއި ރީޒާޑް ސާރްނެކީގެ އިތުރުން ޔޫރަޕިއަން އިކޮނޮމިކް އެންޑް ސޯޝަލް ކޮމެޓީ(އީއީއެސްސީ) ގެ ދެ މެންބަރުން ކަމަށްވާ މާދީ ޝަރްމާއާއި ހެންރީ މެލޫސް އެވެ.

ރާއްޖެއަށް ކުރި ޒިޔާރަތަށް ފަހު އެ މިޝަން އިން އެކުލަވާލާފައިވާ 19 ގަނޑުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ހާލަތު ކުރިން ބެލެވުނު ވަރަށް ވުރެ ގޯހެވެ. އަދި އިންތިހާބާއި ހަމައަށް ކުރިއަށް މިއޮތް ދުވަސްތަކުގައި ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށް ބެލެވޭ ކަމަށް އެ ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފިޔަވަޅު އަޅާނެ ކަމުގެ ފްރޭމްވޯކެއް އީޔޫއިން ނެރުމުން އެކަމުގެ އަސަރު ފެންނަމުންދެއެވެ. އެހެންނަމަވެސް، ޑިމޮކްރެޓިކް ނިޒާމަށް ސަރުކާރުން ދެމުންދާ ހަމަލާތަކާއި އޮޅުވާލުންތައް ހުއްޓުމަކަށް އައިސްފައިނުވާ ކަމަށް ރިޕޯޓުގައިވެއެވެ.

އެހެންކަމުން އިންތިހާބުގެ ކުރިން، ވަރުގަދަ މެސެޖެއް ދިވެހި ސަރުކާރަށް ދޭންޖެހޭ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، އިންތިހާބު އޮޅުވާލައިފިނަމަ ނުވަތަ އެއްވެސް ގޮތަކުން މަކަރެއް ހަދައިފިނަމަ، އެކަމުގައި ބައިވެރިވާ ފަރާތްތަކާމެދު ވަކިވަކިން އަޅާނެ ފިޔަވަޅުތަކުގެ ލިސްޓެއް އިންތިހާބުގެ ކުރިން އާންމުކުރުމަށް ލަފާދީފައިވެއެވެ.

އެ ރިޕޯޓުގައިވާ ގޮތުގައި، ބައިނަލްއަގްވާމީ ފިޔަވަޅުތަކުގެ އަސަރެއް ކުރާނީ، ފިޔަވަޅު އަޅާ ލިސްޓުގައި ހިމެނޭ ފަރާތްތައް ދުރާލާ އެންމެންނަށް ހާމަވެގެންނެވެ. އީޔޫގެ ފްރޭމްވޯކާއެކުގައި ނެރުނު ފިޔަވަޅު އަޅާނެ މީހުންގެ ލިސްޓު ހުސްކޮށް އޮތުމުގެ ސަބަބުން، ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ސަޕޯޓަރުން އެކަމުގެ ބޭނުން ހިފަމުންދާ ކަމަށް ރިޕޯޓުގައިވެއެވެ. އެގޮތުން، ފިޔަވަޅު އެޅުމާއި މެދު އީޔޫ ސީރިއަސް ނޫން ކަމަށް ބުނެ ވާހަކަ ފަތުރަމުންދާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާތަން ބައިނަލްއަގްވާމީ މުޖުތަމައުއިން ބަލަން ބޭނުންވާނަމަ، ދެފުށްފެންނަ ފަދަ ގޮތަކަށް ހުރިހާ މަރުހަލާއެއް ގެންދިއުމަށް ބާރުއަޅަން ގޮވާލާފައިވެއެވެ. އަދި، މަކަރު ހަދައި އޮޅުވާލައިފިނަމަ އަޅާނެ ފިޔަވަޅުތައް ކުރިއާލައި އާންމުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ގޮވާލާފައިވެސް ވެއެވެ.

މީގެއިތުރުން، އިންތިހާބީ ނިޒާމަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަންތައްތަކާއި އެފަދަ އަމަލުތަކެއް ހިންގާފައިވާ ކަމުގެ ހެކިތަކެއް އާންމުވެފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، ރީރެޖިސްޓަރ ކުރުމުގައި އޮޅުވާލުންތައް ހުރިކަމާއި، ބިރުދެއްކުމާއި އޮޅުވާލުމުގެ އަމަލުތަކުގެ ހެކި ފެންނަން އެބަހުރި ކަމަށް ތަކުރާރުކޮށް ބަޔާންކޮށްފައިވެއެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފެކްޓް ފައިންޑިންގ މިޝަންގައި ރާއްޖެ ޒިޔާރަތްކުރެއްވި ދެ މެންބަރަކަށް، ރާއްޖެ ޒިޔާރަތް ކުރުމުގެ ކުރިންނާއި ރާއްޖެއިން ފުރާވަޑައިގެންނެވި ފަހުން ވެސް ޓްވިޓަރ މެދުވެރިކޮށް އިންޒާރުދީ ބިރުދައްކާފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު