Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ހީކުރި ވަރަށް ވުރެ މާ ބޮޑަށް ރާއްޖޭގެ ހާލަތު ގޯސް: އެސްއޭޑީއެފް

10 ސެޕްޓެމްބަރު 2018 | ހޯމަ 07:25

ރިޕޯޓް އާންމުކޮށްފައި ވަނީ ސައުތު އޭޝިއާ ޑިމޮކްރަޓިކް ފޯރަމް އިން

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 10 ސެޕްޓެމްބަރު 2018 | ހޯމަ 07:25
މުޒާހަރާއެއް ރޫޅާލުމަށް ފުލުހުން ހަރަކާތްތެރިވަނީ

މުޒާހަރާއެއް ރޫޅާލުމަށް ފުލުހުން ހަރަކާތްތެރިވަނީ

ދިވެހިރާއްޖޭގެ ހާލަތު ކުރިން ހީކުރެވިފައި އޮތް ވަރަށް ވުރެ މާ ބޮޑަށް ގޯސް ކަމަށް ސައުތު އޭޝިއާ ޑިމޮކްރަޓިކް ފޯރަމް (އެސްއޭޑީއެފް) އިން ބުނެފިއެވެ.

ސައުތު އޭޝިއާ ޑިމޮކްރަޓިކް ފޯރަމް (އެސްއޭޑީއެފް)އަކީ ބެލްޖިއަމްގެ ބްރަސަލްސްގައި ގާއިމްވެފައި އޮންނަ ދެކުނު އޭޝިއާ ސަރައްދުގެ ކަންކަން ބެލުމަށް ޚާއްސަވެފައިވާ ތިންކް ޓޭންކްއެކެވެ. އަދި މި ތިންކް ޓޭންކަކީ ޔޫރަޕިއަން ޔޫނިއަނުން ބަލަމުން އަންނަ ބައެއް ކަންކަމުގައި ވެސް ލަފާ ދެމުން އަންނަ ބައެކެވެ.

Advertisement - newsAdvertisement

އެސްއޭޑީއެފް ނެރެފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ރާއްޖެ އަށް ޒިޔާރަތްކޮށް ވިމެން އިކޮނަމިކް އެންޑް ސޯޝަލް ތިންކް ޓޭންކް (ޑަބްލިއުއީއެސްޓީޓީ)އާ އެކު ރާއްޖޭގެ ހާލަތު ބަލާފައިވާ ކަމަށެވެ.

އެސްއޭޑީއެފް ރިޕޯޓުގައި ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމާ ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ކަމާއި އެމުއްދަތުގެ ތެރޭގައި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އިތުރު ފަނޑިޔާރެއްގެ އިތުރުން ސިޔާސީ ލީޑަރުންތަކެއް ހައްޔަރުކޮށްފައިވާކަން ފާހަގަކޮށްފައި ވެއެވެ.

ރިޕޯޓުގައި ވާ ގޮތުން ސިޔާސީ ހަރަކާތްތައް ހިނގުމަށް އިދިކޮޅު ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ، ހަމަނުޖެހުންތަކާއި، ހައްޔަރުކޮށްފާނެކަމުގެ ބިރަށް ބައެއް އިދިކޮޅު ފަރާތްތަކަށް ރާއްޖެ ދޫކޮށް ދާންޖެހުނެވެ.

އެސްއޭޑީއެފް ރިޕޯޓުގައި ބުނެފައި ވަނީ ގާނޫނުތަކާއި ޝަރޫޢީ ނިޒާމަށް ގެނެވުނު ގިނަ ބަދަލުތަކެއް ގެނެވި ގާނޫނާ ޚިލާފަށް އިތުރު ބާރުތަކެއް ރައީސަށާއި ސަރުކާރު ހިންގާ ޕާޓީއަށް ލިބިދީފައިވާ ކަމަށެވެ.

ރައީސަށް ލިބިދިން ބާރުތަކުގެ ސަބަބަން، ރާއްޖޭގައި ކޮރަޕްޝަނުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. މީގެ އިތުރުން ހާމަކަންބޮޑު ދެފުށް ފެންނަހެން ކަންކަން ނުކުރެވުމާއި، ގާނޫނާ އެއްގޮތަށް ވެރިކަންކުރުމަށް ސަރުކާރުންކުރާ މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

އެސްއޭޑީއެފް ރިޕޯޓުގައި، އުމުރުން 80 އަހަރުފުޅުގައި ރައީސް މައުމޫން ޖަލުގައި ހައްޔަރުކޮށް ސިއްހީ ފަރުވާ ހޯދުމަށް ހުރަސް އަޅަމުންދާކަން ފާހަގަކޮށްފައި ވެއެވެ.

ރާއްޖޭގެ މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ސިޔާސީ ގޮތުން ދިވެހި ސަރުކާރުގެ މައްޗަށް ނުފޫޒު ފޯރުވުމަށް ބޭރުގެ ބައެއް ގައުތަކުން ރާއްޖޭގައި އިންވެސްޓްކުރުން އިތުރުކުރަމުން އަންނަ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން ޗައިނާ ޖެހިލުމެއް ނުވެ، ރައީސް ޔާމީންގެ ހުދުމުހުތާރުކަން ދެމެހެއްޓޭނެހެން އެހީތެރިކަން ފޯރުކޮށްދެމުން ދާދިޔުމާ ގުޅިގެން ރިޕޯޓުގައި ކަންބޮޑުވުން ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

ރިޕޯޓުގައި ބުނެފައި ވަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވެމުން ނުދާ ކަމަށެވެ. އަދި މިނިވަން އިންތިޚާބެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ވެދާނެ ކަމަށް ނުފެންނަ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

މިހާރު ވެސް އިންތިޚާބަށް ތައްޔާރުވުމަށް ކުރެވެމުންދާ މަސައްކަތްތައް ވަނީ ވަކި ބައެއްގެ ނުފޫޒުގެ ދަށުގައި ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ. އެގޮތުން ރީރަޖިސްޓްރޭޝަންގެ މަރުހަލާގައި އޮޅުވާލުމާއި، އެ ނޫން ވެސް އިންތިޚާބާ ބެހޭ ގާނޫނުތަކާއި ގަވައިދުތަކާ ޚިލާފު ކަންކަން ހިނގައިފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

ސައުތު އޭޝިއާ ޑިމޮކްރަޓިކް ފޯރަމްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، އެފަރާތަށް އެއްކުރެވުނު މައުލޫމާތުގެ އަލީގައި، ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވައިފި ނަމަ، އިދިކޮޅު ފަރާތްތަކަށް އިންތިޚާބު ކާމިޔާބުކުރުމުގެ ފުރަސަތު ބޮޑެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ރައީސް ޔާމީން ހުންނެވީ ވެރިކަމުގެ ބާރުތައް ދަމަހައްޓަން ބާރުގެ ބޭނުންކޮށް ނަތީޖާ އޮޅުވާލަން ވެސް ތައްޔާރަށް ކަމަށެވެ. ވިޔަފާރިވެރިންނާއި، ދީނީ އިލްމުވެރިންނާއި ފުލުހުން ބޭނުން ކޮށްގެން ރައީސް ޔާމީން ވެރިކަމުގެ ބާރުތައް ދެމެހެއްޓުން އެކަށީގެންވާ ކަމަށް ރިޕޯޓްގައި ވެއެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު ރާއްޖެ އަށް ޒިޔާރަތް ކޮށް ރިޕޯޓު އެކުލަވާލުމުގައި ޔޫރަޕިއަން ޕާލަމެންޓްގެ ތިން މެންބަރުން ކަމަށްވާ ތޯމަސް ޒެކޯސްކީ، މާރިއާ ގެބްރިއެލާ ޒޮއާނާ އަދި ރިޒާޑް ޒަރްނެސްކީގެ އިތުރުން ޔޫރަޕިއަން އިކޮނަމިކް އެންޑް ސޯޝަލް ކޮމެޓީގެ ދެމެންބަރުން ކަމަށްވާ މަޑީ ޝަރްމާ އާއި ހެންރީ މަލޯސީ ވަނީ ރާއްޖެ އަށް ކުރި ދަތުރުގައި ބައިވެރިވެފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް