Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިހާބު 2018

ކަނޑޫދޫ ގެއަކަށް ވެއްދި ވޯޓު ފޮށި، އެންމެފަހުން ކައުންސިލް އިދާރާއާ ހަވާލުކޮށްފި

ފޮށި ހުރީ ފޯކަލް ޕޮއިންޓުގެ ގޮތުގައި ކަނޑައެޅި މީހާގެ ގޭގައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2018 | އާދީއްތަ 19:22
ކަނޑޫދޫ ގެއަކަށް ވެއްދި ވޯޓު ފޮށި ކައުންސިލް އިދާރާއަށް ވައްދަނީ

ކަނޑޫދޫ ގެއަކަށް ވެއްދި ވޯޓު ފޮށި ކައުންސިލް އިދާރާއަށް ވައްދަނީ

ތ. ކަނޑޫދޫއަށް ފޮނުވި ވޯޓު ފޮށްޓެއް، ވޯޓު ފޮށީގެ އޮފިޝަލެއްގެ ގެއަށް ވެއްދި މައްސަލަ ހޫނުވެފައި ވަނިކޮށް، އެންމެ ފަހުން އެ ވޯޓު ފޮށި ކައުންސިލް އިދާރާއާ ހަވާލުކޮށްފިއެވެ.

އޮފިޝަލެއްގެ ގެއަށް ވެއްދި ވޯޓު ފޮށި ކަނޑޫދޫ ކައުންސިލް އިދާރާއާ ހަވާލުކޮށްފައި ވަނީ، އާދީއްތަ ދުވަހުގެ ރޭގެ އިރާކޮޅު ވަގުތެއްގައެވެ. ކަނޑޫދޫ ކައުންސިލުން ބުނި ގޮތުގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ ރަށަށް ގެންދިޔަ ވޯޓު ފޮށި ހަފްތާއެއް ވަންދެން ބަހައްޓާފައިހުރީ އެރަށު ފޯކަލް ޕޮއިންޓުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މީހާގެ ގޭގައެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެ ފޮށި ބަހައްޓާފައި ވަނީ ރިޔާސީ އިންތިހާބަށް އެ ރަށުގައި ކަނޑައަޅާފައިވާ މުހައްމަދު އަބްދުﷲގެ ގޭގައެވެ. އޭނާއަކީ ކަނޑޫދޫ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރެވެ.

އޭނާގެ ގޭގައި ބަހައްޓާފައިވާ ވޯޓު ފޮށި ކައުންސިލް އިދާރާއަށް ވައްދާ މަންޒަރު ފެންނަ ވީޑީއޯއެއް ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ. ވީޑީއޯއިން ފެންނަ ގޮތުން، ކަނޑޫދޫ ކައުންސިލްގެ އިދާރާއަށް ވޯޓު ފޮށްޓާ އެކު، އިލެކްޝަންސް ކޮމިޝަނުން އެ ރަށަށް ފޮނުވާފައިވާ ބައެއް ތަކެތި ކައުންސިލަށް ވައްދާ މަންޒަރު ފެނެއެވެ.

އެކަމާ ގުޅޭ ގޮތުން ކައުންސިލްގެ ރައީސް އަލީ ނާސިހު ރާއްޖެއެމްވީއަށް ވިދާޅުވީ މުހައްމަދު އަބްދުﷲ އެ ކައުންސިލަށް ވެއްދި ތަކެތި އޭނާގެ ކެބިންގައި ބަހައްޓާފައިވާ ކަމަށާއި އޭގައި ކައުންސިލްގެ އެއްވެސް މުވައްޒަކު އަތް ނުލާ ކަމަށެވެ.

މި ވީ މުއްދަތުގެ ތެރޭގައި މުހައްމަދު އަބްދުﷲގެ ގޭގައި އެ ވޯޓު ފޮށި ބަހައްޓާފައިވާ މައްސަލައާ ގުޅޭ ގޮތުން އޭނާއަށް ތަކުރާރުކޮށް ރާއްޖެއެމްވީން ގުޅުމުން ވެސް ޖަވާބެއް ނުދެއްވިއެވެ. ނަމަވެސް އާދީއްތަ ދުވަހުގެ މެންދުރުފަހު އޭނާއަށް ގުޅާލުމުން ވިދާޅުވީ އޭނާ ހުންނެވީ އީސީން ކުރިއަށް ގެންދާ ޓްރެއިނިން ޕްރޮގްރާމެއްގައި ކަމަށާއި ފޯނުން ދައްކާ ވާހަކަ ސާފު ނުވާ ކަމަށެވެ. ނަމަވެސް އޭނާއަށް މެސެޖުކޮށް، ވޯޓު ފޮށި ގެއަށް ގެންދިޔައިންތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ޖަވާބެއް ނުދެއްވިއެވެ.

ކަނޑޫދޫ ކައުންސިލްގެ ރައީސް ނާސިހު ތުހުމަތު ކުރެއްވި ގޮތުގައި މުހައްމަދު އަބްދުﷲއަކީ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯއްދެވުމަށް އޭނާ އުޅުނު ކަމަށް ނާސިހު ތުހުމަތު ކުރެއްވިއެވެ.

އެކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ބަހެއް ހޯދާލުމަށް، އެ ކޮމިޝަންގެ މެމްބަރު އަދި ސްޕޯކްސްޕާސަން އަހުމަދު އަކްރަމަށް ގުޅާލުމުން ވިދާޅުވީ އެކަން ހިނގައިދިޔަ ގޮތް އެ ކޮމިޝަނުން ބެލުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވާނެ ކަމަށެވެ.

ޕީޕީއެމްގައި އިސްކޮށް ހަރަކާތްތަކުގައި އުޅުނު މީހަކު، އޮފިޝަލެއްގެ ގޮތުގައި ކަނޑައަޅައި އޭނާގެ ގޭގައި ވޯޓު ފޮށި ބެހެއްޓި މައްސަލަ ކަނޑޫދޫއިން ފެންމަތިވެފައި ވަނީ، އިންތިހާބުގެ އޮފިޝަލުންގެ ގޮތުގައި ގިނަ އަދަދެއްގެ ޕީޕީއެމް އެކްޓިވިސްޓުން އޮފިޝަލުންގެ ގޮތުގައި ނަގާފައިވާ މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 32 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ވޯޓު ފޮށިތައް ކައިރީގައި ތިބޭ މީހުންނަކީ ވަކި ފަރާތަކަށް ބުރަނުވެ، އެ މަސްއޫލިއްޔަތު އަދާ ކުރަންޖެހޭނެ ބައެކެވެ. އޮފިޝަލުންގެ ޝަރުތުތަކުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމާއި ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ މަސައްކަތުގައި އުޅޭ މީހަކަަށް ނުވުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގައި ވޯޓުލަން ރިރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

ކައުންސިލް އިންތިހާބުގައި ވޯޓުލަން ރިރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

19 ފެބުރުއަރީ 2017
ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ

ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ

12 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު