Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީ ޖޫރިމަނާ ކުރުން

ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއަކީ ފޭރުމުގެ އަމަލެއް:ރާއްޖެ ޓީވީ

9 ސެޕްޓެމްބަރު 2018 | އާދީއްތަ 08:36

މިއީ ޖޫރިމަނާ ކުރި 4 ވަނަ ފަހަރު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 9 ސެޕްޓެމްބަރު 2018 | އާދީއްތަ 08:36
ޖޫރިމަނާ ފައިސާ ދެއްކުމަށް ރާއްޖެ ޓީވީން ފަންޑު ފޮއްޓެއް ރާއްޖެ ޓީވީގެ ސީއޯއޯ ފިޔާޒު ނެރެނީ

ޖޫރިމަނާ ފައިސާ ދެއްކުމަށް ރާއްޖެ ޓީވީން ފަންޑު ފޮއްޓެއް ރާއްޖެ ޓީވީގެ ސީއޯއޯ ފިޔާޒު ނެރެނީ

ދެ މިލިއަން ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާ ކުރުމަކީ ބްރޯޑްކާސްޓިން ކޮމިޝަނުން ހިންގި "ފޭރުމުގެ އަމަލެއް" ކަމަށް އެ ރާއްޖެ ޓީވީން ބުނެފި އެވެ.

ޖޫރިމަނާ ފައިސާ ދެއްކުމަށް ފަހު އާދިއްތަ ދުވަހު ރާއްޖެ ޓީވީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ބްރޯޑްކާސްޓިންގ ކޮމިޝަން ކިޔާ ވަކި ފަރާތެއްގެ ސިޔާސީ ނުފޫޒުގައި މަސައްކަތް ކުރާ ކޮމިޝަނުން ނުހައްގުން ރާއްޖެޓީވީ ކުރި 2 މިލިއަން ރުފިޔާގެ ޖުރިމަނާ 09 ސެޕްޓެމްބަރު 2018 ގައި މީރާ އަށް ދައްކާ ޚަލާސް ކޮށްފައިވާ ކަމަށެވެ. މިބޮޑު އަދަދުގެ ފައިސާ ދެއްކުމުގެ ފުރުސަތު ރާއްޖެޓީވީ އަށް ތަނަވަސްވީ މާތް ﷲ ހެ ހެޔޮ ރަހުމަތްފުޅާއެކު، ދިވެހި ލޮބުވެތި ރައްޔިތުންގެ ދީލަތި ކަމާއި، ރާއްޖެޓީވީގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތުންނެވެ. އެހެން ކަމުން މި ބޮޑު އަނިޔާއިން ރާއްޖެޓީވީ ސަލާމަތްވި ކަމަށްޓަކައި މާތް ﷲ އަށް ހަމްދުކޮށް، ޖުރިމަނާ ދެއްކުމަށް އެހީވެ ދެއްވި ދިވެހި ލޮބުވެތި ރައްޔިތުންނަށް ނުހަނު އިޚްލާސްތެރިކަމާ އެކު ޝުކުރު ދަންނަވާ ކަމަށްވެސް އެބަޔާނުގައި ވެއެވެ.

Advertisement - newsAdvertisement

ފައިސާ ދެއްކުމަށް ރާއްޖެ ޓީވީގެ މުވައްޒަފުންނަށް ބައެއް އެހެން ނޫސްވެރިން މީރާ ކައިރީގައި

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުން ރާއްޖެޓީވީ އަށް "ހޭ އަރުވާލުމުގެ" މަގްސަދުގައި ފުލުފުލުގައި ކުރަމުންދާ އަނިޔާވެރި މަސައްކަތުގެ ތެރެއިން މި އަހަރުގެ އޮގަސްޓް 8 ވަނަ ދުވަހު މި ސްޓޭޝަން ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ ރިޔާސީ އިންތިޚާބުގެ ހަގީގަތްތައް ރައްޔިތުންނަށް ގެނެސްދިނުމަށް ސްޓޭޝަންގެ މުވައްޒަފުން ކުރަމުންދާ މަސައްކަތައް ހުރަސް އަޅާ ފޯކަސް ގެއްލުވާލުމުގެ ނިޔަތްލައި، އެހާބޮޑު ޖުރިމަނާއެއް ނިސްބަތުން ކުޑަ މުއްދަތެއްގެ ތެރޭގައި ނުދެއްކޭނެ ކަމަށް ބަލާ، އެ މުއްދަތުގައި ނުދެއްކިއްޖެނަމަ، ސްޓޭޝަންގެ ލައިސަންސް ބާތިލް ކުރުމުގެ ހީލަތްތެރި ރޭވުމުގެ ތެރޭން އެކަން ކުރާނެ ރަނގަޅު ދަނޑިވަޅު ހިސާބު ޖަހާ ބެލުމަށްފަހުގައި ކަމަށް އެސްޓޭޝަނުން ދެކޭ ކަމަށްވެސް ރާއްޖެޓީވީން ނެރެފައިވާ ބަޔާނުގައި ވެއެވެ.

ރާއްޖެޓީވީ ބުނީ އެކަން އިތުރަށް ހާމަވެގެން ދަނީ، ރާއްޖެޓީވީ ޖުރިމަނާ ކުރި މައްސަލަ ސާފުކޮށް ދިނުމަށް ތަކުރާރުކޮށް އެދުމުންވެސް އެކަން ނުކުރުމުންނާއި، މައްސަލަ ރަނގަޅަށް ބަލަންދެން ޖުރިމަނާ ދެއްކުން ފަސްކޮށް ދިނުމަށް އެދި ކޯޓަށް ހުށަހެޅުމުން އެ މައްސަލަވެސް ބޭރު ކޮށްލުމާއި، ޖުރިމަނާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދޭން އެދުމުން އެކަންވެސް ނުކޮށްދޭން ނިންމުމެވެ.

ފަންޑު ފޮށިތައް މީރާއަށް ވައްދަން ގެންދަނީ

ގާނޫނީ އިޖުރާއުތައް ފުރިހަމަ ކުރުމެއްނެތި، އަދި މައްސަލަ ސާފުކޮށް ދިނުމެއްނެތި، 2 މިލިއަން ރުފިޔާއިން ޖުރިމަނާކޮށް، ކުރު މުއްދަތެއްގެ ތެރޭގައި އެ ފައިސާ ދައްކަން ރާއްޖެޓީވީ އަށް މަޖުބޫރު ކުރުން މި ސްޓޭޝަނުން ސިފަކުރަނީ ފޭރުމުގެ އަމަލެއްގެ ގޮތުގައި ކަމަށްވެސް ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ރާއްޖެޓީވީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ބޮޑު އަދަދެއްގެ ފައިސާ ދެއްކުމުގެ ނަސީބު ރާއްޖެޓީވީއަށް ލިބިގެން ދިއުން ދޭހަކޮށްދެނީ ހައްގަށް އަބަދުވެސް ނަސްރު ލިބޭނެ ކަމެވެ. އަނިޔާވެރިންނާއި ކެހިވެރިންގެ ރޭވުމަށްވުރެ މާތް ﷲގެ ރޭވުންތެރިކަން މާމަތިވެރި ކަމެވެ. އެހެން ނޫންނަމަ، ފުލުފުލުގައި ރާއްޖެ ޓީވީއަށް ދެމުން މިދާ އަނިޔާ އާއި ކުރަމުންދާ ޖޫރިމަނާއިން މި ސްޓޭޝަން ސަލާމަތެއް ނުވީހެވެ. މިނިވަން މުއައްސަސާއެއްގެ ތޮފި އަޅައިގެން މަސައްކަތް ކުރާ ބަލިކަށި އިންސާނުން ތަކެއް ރޭވި ރޭވުން، ތަޤުދީރުގެ ނިޔާގެ މަތިން މިވަނީ ބާތިލުވެފައެވެ. މިއީ ދިވެހި ރައްޔިތުންނަށް ވަކިން ޚާއްސަކޮށް ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ލިބުނު އިތުރު ކާމިޔާބެއް ކަމަށް ރާއްޖެޓީވީގެ ބަޔާނުގައި ވެއެވެ.

ރާއްޖެޓީވީން ބުނީ 2 މިލިއަން ރުފިޔާގެ ޖޫރިމަނާއިން ސަލާމަތްވުމަށް ރާއްޖެ ޓީވީން ބެހެއްޓި އަބުރުފުޅު ފަންޑު ފޮއްޓަށް ލިބިފައިވަނީ 800،000 (އަށް ލައްކަ) ރުފިޔާ ކަމަށެވެ. އަދި ރާއްޖެ ޓީވީގެ މުވައްޒަފުން ޓީޝާޓް ވިއްކައިންގެން 100،000 (އެއް ލައްކަ) ރުފިޔާ ހޯދާފައިވާ ކަމަށެވެ. ޖުރިމަނާގެ ބާކީބައި ހަމަވެގެން ދިޔައީ އިތުރު ފަރާތްތަކުން ވެދިން ދީލަތި އެހީތަކުން ކަމަށްވެސް ރާއްޖެޓީވީގެ ބަޔާނުގައި ވެއެވެ.

ދެ މިލިއަން ރުފިޔާގެ ޖުރިމަނާ އާދިއްތަ ދުވަހު ރާއްޖެޓީވީން މީރާއަށް ދެއްކި އިރު، މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ޖުމްލަ 3.7 މިލިއަން ރުފިޔާ އެ ސްޓޭޝަނުން ވަނީ ދައްކައިފައިވާ ކަމަށް ރާއްޖެޓީވީ ބުނެއެވެ.

ރާއްޖެޓީވީ އެކިފަހަރު މަތިން ޖުރިމަނާ ކުރަން ނިންމި ނިންމުންތަކަކީ، ގާނޫނުއަސީސާއި ގާނޫނުތަކާ ހިލާފަށް ނިންމާފައިވާ މައްސަލަތަކެއް ކަމަށް ދެއްކޭނެ އެތައް ހެއްކެއް ހުރި ނަމަވެސް ރާއްޖެޓީވީއަށް އެކަންކަމުގައި އިންސާފު ހޯދޭނެ މަގެއް ނެތް ކަމަށް ރާއްޖެޓީވީ ބުނެއެވެ. އަދި އިސްތިއުނާފަށް ހުށަހެޅި މައްސަލަތަކަށް އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރުވެސް އެއިން އެއްވެސް މައްސަލައެއް ނިމިފައެއްވެސް ނެތެވެ. އިންސާފަށް އެދި ކުރާ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ހިނގާނެ މަގެއްވެސް ނެތެވެ. އަނިޔާ ތަހައްމަލު ކުރުން ނޫން ގޮތެއްވެސް ނެތް ކަމަށްވެސް ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައިވެއެވެ.

ކަން މިހެން އޮތް ނަމަވެސް، ދިވެހި ރައްޔިތުންގެ ހިފެހެއްޓުމެއް ނެތް ލޯތްބާއެކު، ރައްޔިތުންގެ ޚިދުމަތުގައި، އަދި މި ގައުމުގެ ކުރިއެރުމާއި ފާގަތި ކަމަށްޓަކައި ލިބިދާނެ އަނިޔާއަކަށް ބިރުން ފަސް ނުޖެހި އެންމެ ފަހު ވަގުތާ ހަމައަށްވެސް އެ ސްޓޭޝަންގެ މުވައްޒަފުން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެންމެހާ ފަރާތްތަކަށް އަރުވާކަމަށްވެސް ރާއްޖެޓީވީގެ ބަޔާން ނިންމާލަމުން ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް