Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީ ޖޫރިމަނާކުރުން

ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ފައިސާ ރާއްޖެޓީވީން ދައްކައިފި

9 ސެޕްޓެމްބަރު 2018 | އާދީއްތަ 11:39

ރާއްޖެޓީވީ ޖޫރިމަނާ ކުރި އަދަދު 3.7 މިލިއަނަށް އަރާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 9 ސެޕްޓެމްބަރު 2018 | އާދީއްތަ 11:39
ރާއްޖެޓީވީގެ ޖޫރިމަނާ ފައިސާ ފޮށިތައް، މީރާއަށް ގެންދިއުމުގެ މަސައްކަތުގައި ރާއްޖެޓީވިގެ ޕްރޮގްރާމްސް ހެޑް އާމިރު ސަލީމާއި ސީއޯއޯ ފިޔާޒު މޫސާ

ރާއްޖެޓީވީގެ ޖޫރިމަނާ ފައިސާ ފޮށިތައް، މީރާއަށް ގެންދިއުމުގެ މަސައްކަތުގައި ރާއްޖެޓީވިގެ ޕްރޮގްރާމްސް ހެޑް އާމިރު ސަލީމާއި ސީއޯއޯ ފިޔާޒު މޫސާ

ގައުމީ ސަލާމަތަށް ނުރައްކާވުމާއި ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅު ގެއްލޭފަދަ ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ، ރާއްޖެޓީވީ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކައިފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އިން ރާއްޖެޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށްފަހު ފޮނުވާފައިވާ ސިޓީގައި ބުނެފައިވާ ގޮތުގައި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ފައިސާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ މީރާގައި ކަމަށާއި އެ ފައިސާ ދެއްކުމަށްފަހު، ފައިސާ ދެއްކި ކަމުގެ ރަސީދުގެ ކޮޕީއެއް އެ ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެ ޓީވީގެ މުވައްޒަފުން ކުރި މަސައްކަތުންނާއި އަބުރުފުޅު ފަންޑު ބަހައްޓައިގެން އަދި ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީއާއެކު ލިބުނު ފައިސާ މީރާއަށް ދައްކަން ގެންދިޔައީ ފޮށިތަކުގަ އެވެ.

އަބުރުގެ ގާނޫނުގެ ދަށުން ކުރެވޭ އެންމެ ބޮޑު ޖޫރިމަނާ ކުރީ މާޗް 16 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރަމުންދިޔަ މުޒާހަރާ ރާއްޖެ ޓީވީން ގެނެސްދެމުން ދިޔައިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ރާއްޖެ ޓީވީގެ ސްޓޫޑިއޯގައި ހުންނަވައިގެން ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

ޖޫރިމަނާގެ ފައިސާ މީރާއަށް ހިފައިގެން ދިއުމަށްފަހު، ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ދެ މިލިއަން ރުފިޔާ ހޯދުމަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި، އެފަދަ ނުހައްގު އަދަބެއް ރާއްޖެ ޓީވީއަށް ދިނީ އިންތިހާބަށް ހުރަސް އެޅުމަށް ކަމަށެވެ.

"މިއީ އަޅުގަނޑުމެން އުފުލަން ޖެހުނު ވަރަށް ބޮޑު ބުރައެއް. ދެ މިލިއަން ރުފިޔާއޭ ބުނީމަ ކިހާވަރެއްކަން އިހްސާސް ނުކުރެވިދާނެ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންނަށް, މި އަދަބު ބޯ މައްޗަށް ވައްޓާލި ބޭފުޅުންނަށް. މި ފައިސާ ހޯދުމަށްޓަކާ ވަރަށް ބުރަކޮށް މަސައްކަތް ކުރަންޖެހުނު ރާއްޖެޓީވީގެ މުވައްޒަފުން. ހާމަކަންބޮޑު އިންތިހާބެއް ކަވަރު ކުރުމަށް، ހުރަސް އެޅުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ކުރި ކަންތައްތައް ކިތަންމެ ކެހިވެރިކޮށް ރާވާފައި އޮތަސް، މާތްﷲގެ ރޭވުން މާ މޮޅު، މާ މަތިވެރި،" ފިޔާޒު ވިދާޅުވިއެވެ.

ރާއްޖެޓީވީގެ ޖޫރިމަނާގެ ފައިސާ މީރާއަށް ދައްކަންޖެހުނު ސަބަބެއް ސާފު ނުވާ ކަމަށް ވިދާޅުވެ، ރާއްޖެޓީވީގެ ގާނޫނީ ވަކީލު ނިޝާން އިބްރާހިމް ވިދާޅުވީ ޝަރީއަތުގެ މަރުހަލާއިން ބްރޯޑްކާސްޓިން ކޮމިޝަންގެ މައްޗަށް ކުރި ހޯދައި، ރާއްޖެޓީވީ މިހާތަނަށް ދެއްކި ޖޫރިމަނާގެ ފައިސާ އަނބުރާ ހޯދާނެ ކަމަށެވެ.

"އަޅުގަނޑުމެން ބަލަނީ މި ދައްކާ ދެ މިލިއަން ރުފިޔާއަކީ ކުޑަ ހިނދުކޮޅަކަށް އަޅުގަނޑުމެންގެ އަތުން ނެއްޓިގެންދާ ފައިސާ ކަމަށް. އަބުރާ މި ދެމިލިއަން ރުފިޔާ ހޯދާނަން. ދެ މިލިއަން އެކަންޏެއް ނޫން، ރާއްޖެޓީވީން ދައްކާފައިވާ 3.7 މިލިއަން ރުފިޔާ، އިދާރަ ކުރެއްވިއްޔާ މާތްﷲގެ ވާގިފުޅާއެކީ ދިވެހިރާއްޖޭގެ ޝަރުއީ މަރުހަލާގެ ތެރެއިން، އަޅުގަނޑުމެން ހޯދައި، ރާއްޖެޓީވިއަށް އަނބުރާ ހޯދަދޭނަން،" ނިޝާން ވިދާޅުވިއެވެ.

އެކި ފަހަރުމަތިން ތަކުރާރުކޮށް، ރާއްޖެޓީވީ ޖޫރިމަނާ ކުރަމުންދާތީ، ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަމުން އަރައިގަތުމަށް ކުރާ މަސައްކަތާ ގުޅޭ ގޮތުން ރާއްޖެޓީވީގެ އިސް ބޭފުޅުން ވަނީ އެކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ.

"ރައީސް ޔާމީންގެ އެކައުންޓަށް ވަން ކަމަށް ބުނާ ފައިސާގެ ވާހަކަ ދައްކާ މީޑީއާތައް ޖޫރިމަނާ ކުރާތަން މި ފެންނަނީ. އެކައުންޓަށް ވަން ފައިސާ ހޯދާކަށް މަސައްކަތެއް ނުކުރޭ. މީީޑިއާތައް ތަރައްގީކޮށް، ކުރިއަރުވަން ހަދާފައި އޮތް ބްރޯޑްކާސްޓިން ކޮމިޝަނުން މި މަސައްކަތް ކުރާތަން މި ފެންނަނީ،" ރާއްޖެޓީވީގެ ޕްރޮގްރާމްސް ހެޑް އާމިރު ސަލީމް ވިދާޅުވިއެވެ.

ރާއްޖެޓީވީ ޖޫރިމަނާ ކުރުމާއި ގުޅިގެން ރާއްޖެޓީވީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ފުލުފުލުގައި ބްރޯޑްކާސްޓިންގ ކޮމިޝަނުން ބްރޯޑްކާސްޓަރުންނަށް ދެމެދުންދާ އަނިޔާތަކުން، އެ ކޮމިޝަނަކީ ރާއްޖެ ޑިމޮކްރަސީގެ މަގާ ދުރުކޮށް، ޚިޔާލު ފާޅު ކުރުމުގެ ހައްގު ހަނިކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅާ، އަދި ރާއްޖޭގެ ވެރިކަމުގެ ތެރޭގައި ޚުދުމުޚުތާރު ސިފަތައް އަށަގެންނެވުމަށް ހިތްވަރު ދޭ މުއައްސަސާއެއްކަން ހާމަވާ ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް