Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝެއިޚް އިލްޔާސް

ޝެއިޚް އިލްޔާސްގެ ސުވާލު: ވަކި މީހަކަށް ވަކި ގޮތެއް! މީ ކޮން ކަހަލަ އިންސާފެއް؟

8 ސެޕްޓެމްބަރު 2018 | ހޮނިހިރު 03:37

އިލްޔާސް ހުންނެވީ މެލޭޝިއާގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 8 ސެޕްޓެމްބަރު 2018 | ހޮނިހިރު 03:37
ޝެއިޚް އިލްޔާސް

ޝެއިޚް އިލްޔާސް

ވަކި މީހަކަށް ވަކި ގޮތެއް އެއީ ކޮންކަހަލަ އިންސާފެއްތޯ ވިދާޅުވެ ޝެއިޚް އިލްޔާސް ސުވާލު ކުރައްވައިފިއެވެ.

މިމަހުގެ އެއް ވަނަ ދުވަހު އައްޑޫ ސިޓީގައި ދެއްކެވި ވާހަކައަކާއި ގުޅިގެން ދޮގު ވާހަކަތަކާއި ފިތުނަ އުފައްދާ ކަމަށް ބުނެ އިލްޔާސް ފުލުހަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ. ފުލުހުން އެންގިފަހުން އިލްޔާސް މާލެ ވަޑައިގެންފައެއް ނުވެއެވެ.

Advertisement - newsAdvertisement

މި ވަގުތު މެލޭޝިއާގައި ހުންނަވައި އިލްޔާސް ކުރެއްވި ޓްވީޓުގައި އެއްސެވީ ވަކި މީހަކު ދައްކާ ވާހަކަތައް ނުވަތަ ކުރާ ކަންތައްތައް ދީނަށް ފުރައްސާރަކުރުން ކަމަށް ވެފައި، އަނެކާ ދައްކާ ނުވަތަ ކުރާ އެފަދަ ކަންތައްތައް ދީނަށް ފުރައްސާރަ ކުރުން ކަމަށް ނުވުމަކީ ކޮން ކަހަލަ އިންސާފެއްތޯ އެވެ. އެގޮތަށް ވާހަކަ ދެއްކުމަކީ މީސްތަކުންނަށް އޮޅުވާލުން ކަމުގައި ނޫނީ ނުވާނެ ނޫންތޯ އެވެ. އެ ޓުވީޓުގައި ގުރުއާނުގެ އާޔަތެއް ވެސް ވަނީ އެޓޭޗްކުރައްވާފައެވެ.

އެ އާޔަތުގެ މާނައިގައި ވަނީ، "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައި މީހުން ﷲ އަށް ތަގުވާވެރި ވާށެވެ. އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ."

ގުޅިފައިވާ ޕާޓީތަކުން މި މަހުގެ 1 ވަނަ ދުވަހުގެ ރޭ އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، އިލްޔާސް ވަނީ ޑރ. އަފްރާޝީމާ ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ދައްކަވާފަ އެވެ. އެ ގޮތުން މީގެ ހަ އަހަރު ކުރިން، ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރިން އޭނާއާ އިލްޔާސްއާ ދެމެދު އެންމެ ފަހުން ދެކެވުނު ވާހަކަތަކާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދެއްކެވި އެވެ. އަދި ޑރ. އަފްރާޝީމް އަވަހާރަކޮށްލި ފަހުން، އެކަމާ ގުޅުން ހުރި ކަމަށް ތުހްމަތުކުރެވޭ ނުވަ ޒުވާނަކު، އެކި ފަހަރު މަތިން މަރާލާފައިވާ ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާއިން ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.

އެހެން ނަމަވެސް އިލްޔާސް ހުސައިން ފުލުސް އޮފީހަށް ހާޒިރުވާން އެންގިކަން ހާމަކޮށް ނޫސްވެރިން ބައިތިއްބައިގެން އިސްކަންދަރު ބިލްޑިންގައި ދެއްވި ބަޔާނެއްގައި ފުލުހުންގެ ސްޕޯކްސްޕާސަން، ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން، ނުވަ ޒުވާނަކު މަރާލާފައިވާ ކަމަށް ޝެއިހް އިލްޔާސް ތުހުމަތު ކުރައްވާފައިވާ ކަމަށެވެ. އަދި އެ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި އެއީ ފިތުނަ އުފެއްދުމަށް ދެއްކި ވާހަކަތަކެއް ކަމަށް ޝިފާން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް