Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބު 2018

މިއީ ނިކުންނަންވީ ވަގުތު، ވަޒީފާގެ ބިރުދެއްކުމާ ދެކޮޅަށް ނަމޫނާ ދައްކައިފި: ފައިސަލް

ދިވެހި ރައްޔިތުން އަބަދުވެސް މަސައްކަތް ކުރާނީ ހިތްދަތިކަމުން ހިތްވަރު ލިބިގެން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 7 ސެޕްޓެމްބަރު 2018 | ހުކުރު 21:46
މައްޗަންގޮޅީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ކަންމަތީ ބައްދަލުވުމުގެ ތެރެއިން

މައްޗަންގޮޅީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ކަންމަތީ ބައްދަލުވުމުގެ ތެރެއިން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދައްކާ ވަޒީފާގެ ބިރަށް ނުބަލައި އާދައިގެ ވަޒީފާ ތަކުގައި ކުޑަ މުސާރަ ލިބިގެން ދިރިއުޅޭ ގިނަ ރައްޔިތުން ނަމޫނާ ދައްކައިފި ކަމަށާއި، ސަރުކާރުގެ ވަޒީފާތަކުގައި ތިބި މުވައްޒިފުންނާއި ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒިފުން އެކަމުން ހިތްވަރު ލިބިގެން ނުކުންނަން އެންމެ ރަނގަޅު ވަގުތަކީ މިއީ ކަމަށް ކޯލިޝަން ކެންޑިޑޭޓްގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީން ނިސްބަތްވާ މައްޗަންގޯޅީގައި ހުކުރު ދުވަހުގެރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ވޭތުވެދިޔަ ދުވަސްތަކުގައި ދިވެހި ރައްޔިތުންނަށް އެތަކެއް ހިތްދަތި ކަންތައްތަކަކާއި ދިމާވެއްޖެ ކަމަށާއި، ދިވެހި ރައްޔިތުން އަބަދުވެސް އިސްލާހީ މަސައްކަތް ކުރަނީ ހިތްދަތިކަމުން ހިތްވަރު ލިބިގެން ކަމަށެވެ. މިއަދު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށް ތާއިދު ކުރާ ސަރުކާރުގެ މުވައްޒިފުން ވަޒީފާ އަދާކުރާ ރަށް އެހެން ރަށްތަކަށް ބަދަލު ކުރާއިރުވެސް އެ މުވައްޒަފުން ނަމޫނާ ދައްކައިފިކަމަށް ފައިސަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި، ހަމަހިމޭން ކަމަށާއި އެކު މިނިވަންކަމާއި އެކު މަސައްކަތްކުރަން މާހައުލު، އަޅުގަނޑުމެން ޔަގީން ކުރުމަށްޓަކައި އަޅުގަނޑުމެން މިސައްކަތްކޮށް ބާރަށް ކުރިއަށް ގެންގޮސް ކާމިޔާބުކޮށް ކުރަންވީ،" ފައިސަލް ވިދާޅުވިއެވެ.

ޕީޕީއެމުން ހުކުރު ދުވަހުގެ ރޭ ބާއްވި ޖަލްސާގައި ޖަލްސާގައި ސަރުކާރުގެ މުވައްސަސާތަކުގެ މުވައްޒިފުންނާއި ކުންފުނިތަކުގެ މުވައްޒިފުން މަޖުބޫރުކޮށްގެން ބައިވެރިކުރުވާ މަންޒަރު ފެންނަ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ބޮޑު ޖަލްސާގައި ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވުމަށް އިލްތިމާސްކޮށްފައެވެ. މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އީވާ އަބްދުﷲ ބައިވެރިވަޑައިގެންނެވިއިރު، މައްޗަންގޮޅިއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިކަން ފާހަގަކޮށްލެވެއެވެ.

އިތުރަށް ކިޔާލަން

27 މާރިޗު 2017

މޫސަ ރިޔާސަތުގައި އިންނަވައިގެން ރަތަށް، މަހުލޫފް ޖަލުގައި އޮންނެވިިއިރު ރަތަށް، މިއީ ކިހިނެއްވާ ކަމެއް؟

27 މާރިޗު 2017
މޫސަ ރިޔާސަތުގައި އިންނަވައިގެން ރަތަށް، މަހުލޫފް ޖަލުގައި އޮންނެވިިއިރު ރަތަށް، މިއީ ކިހިނެއްވާ ކަމެއް؟
27 މާރިޗު 2017

މިއީ ރަނުގެ ފުރުސަތެއް، މި ފުރުސަތު ނަގާނުލުން އެދެން:ރައީސް މައުމޫން

27 މާރިޗު 2017
މިއީ ރަނުގެ ފުރުސަތެއް، މި ފުރުސަތު ނަގާނުލުން އެދެން:ރައީސް މައުމޫން
22 މާރިޗު 2017

"މިއީ އުފާވެރި ވަގުތެއް، މަސީހުގެ އިތުބާރުގެ މައްސަލަ މިއޮތީ ނިމިފައި"

22 މާރިޗު 2017
 "މިއީ އުފާވެރި ވަގުތެއް، މަސީހުގެ އިތުބާރުގެ މައްސަލަ މިއޮތީ ނިމިފައި"
14 މާރިޗު 2017

މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

14 މާރިޗު 2017
މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން
10 މާރިޗު 2017

މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ

10 މާރިޗު 2017
މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ
08 މާރިޗު 2017

މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން

08 މާރިޗު 2017
މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން
14 ފެބުރުއަރީ 2017

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް