Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ރައީސް ނަޝީދާއި، ޤާސިމަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިނީ އެމަނިކުފާނު ކަމަށް ރައީސް ޔާމީން އެއްބަސްވެވަޑައިގެންފި

7 ސެޕްޓެމްބަރު 2018 | ހުކުރު 18:52

އެމަނިކުފާނު އެކަމަށް އެއްބަސްވެވަޑައިގެންނެވީ "ބްރިޖް ސަޅި" ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 7 ސެޕްޓެމްބަރު 2018 | ހުކުރު 18:52
ބްރިޖް ސަޅި ނަމުގައި ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެން

ބްރިޖް ސަޅި ނަމުގައި ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެން

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުދެއްވީ އެމަނިކުފާނުކަމަށް ރައީސް އަބްދުﷲ ޔާމީން އެއްބަސްވެވަޑައިގެންފި އެވެ.

އެމަނިކުފާނު އެކަމަށް އެއްބަސްވެވަޑައިގެންނެވީ "ބްރިޖު ސަޅި" ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޯޓުތަކަށް ނުފޫޒު ނުފޯރުވާކަމަށް ތަކުރާރުކޮށް ޕޯޑިއަމްތަކުގައި ވިދާޅުވަމުން ގެންދަވާ، ރައީސް އަބްދުﷲ ޔާމީން ޖަލްސަގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ފުރުސަތު ނުދެއްވީވެސް އެމަނިކުފާނު ކަމަށެވެ. އަދި ޤާސިމް އިބްރާހިމަށް އިންތިހާބުގައި ވާދަކުުރުމުގެ ފުރުސަތުވެސް ނުދެއްވީ ސީދާ އެމަނިކުފާނުކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން ވޯޓުލާއިރު، ވޯތުލާނީ 10 ކުށްވެރިން މިނިވަންކުރަންތޯ ނުވަތަ މިއަދުގެ ތަރައްްޤީއާއެކު ކުރިއަށްދާތޯ ވިސްނަންޖެހޭ ކަމަށެވެ. އަދި 23 ސެޕްޓެމްބަރުގައިދެވޭ ވޯޓަކީ އިސްލާމްދީނަށާއި، އަދުލު އިންސާފު ޤާއިމްކުރުމަށްދެވޭ ވޯޓެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް އަދި ފައިސަލް ނަސީމަށްވެސް ބޮޑު ހެޔޮކަމެއްކޮށްދީގެން ހުންނެވި ކަމަށެވެ. އެގޮތުން އިބޫގެ ނަން އައީ އުވަގަށާއި މެށިނާއި ތަންތަނުގައި ވޯޓުލުމަށްފަހުގައި ކަމަށާއި، ފައިސަލް ނަސީމްގެ ނަން އައީ ޤާސިމް އިބްރާހިމް އޭނާއަށް ތާއީދުނުކުރައްވާނެކަން ހާމަކުރައްވާފައިވަނިކޮށް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ފައިސަލް ނަސީމަށް، ޤާސިމް ތާއީދުނުކުރެއްވީ އޭނާ ވީއްލެއްޖެނަމަ ނައިބް ރައީސްކަމާއި ރައީސްކަންވެސް އޭނާ ބޭނުންވާތީކަމަށް ރައީސް ވިދާޅުވި އެވެ.

"އިބޫ ކީއްވެގެންތޯ އަޅުގަނޑަށް ޝުކުރުއަދާކުރަނީ، އެއީ ރައީސް ނަޝީދަށް ޖާގަ ނުދިނީ އަޅުގަނޑު. ޤާސިމް އިބްރާހިމަށް ޖާގަ ނުދިނީ އަޅުގަނޑު. އެކަމަށްޓަކައި އެ ދެބޭފުޅުންނަށް ޓިކެޓް ލިބިގެން އުޅެނީ އެހެންވެގެން. މިވަގުތަކީ އިބޫ އާއި ފައިސަލްގެ އިހުތިރާމް އިންތިހާއަށް ބޮޑު ވަގުތެއް"

1 ގަޑއިރަށް ދިގުދެމިގެންދިޔަ ރައީސް ޔާމީންގެ ވާހަކަފުޅުގައި މުޅި ޖުމްލަގޮތެއްގައި ބަހުގެ ހަމަލާތައް އަމާޒުކުރެއްވީ ރައީސް މުހައްމަދު ނަޝީދަށް އެކަނި އެވެ. އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ބަހުގެ އެއްވެސް ހަމަލާއެއް އަމާޒުކުރައްވާފައެއް ނުވެ އެވެ. އަދި ރައީސް ޔާމީނާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ރައީސް ޔާމީނަކަށް ވިދާޅެއް ނުވެވުނު އެވެ.

ރައީސް ނަޝީދަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވުމުގެ އިތުރުން ރައީސް ޔާމީންގެ މުޅި ވާހަކަފުޅުގައި ދެން ދެއްކެވީ ޖީއެމްއާރުގެ ވާހަކަ އެވެ. އޭގެއިތުރުން ބޭރުގެ ޤައުމުތަކުގެ ރާއްޖެއަށް ފިޔަވަޅު އެޅުމަށް ގޮވާލާ ގޮވާލެއްވުމަށް ރައީސް ޔާމީން ވަނީ ހޫނު ބަހުގެ ހަމަލާތަކެއްދެއްވާފަ އެވެ.

ރައީސް ނަޝީދާއި، ޤާސިމަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދެއްވީ އެމަނިކުފާނުކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، އެމަނިކުފާނަކީ ޖުޑީޝަރީއަށް ނުފޫޒް ނުފޯރުވާކަމަށް ތަކުރާރުކޮށް ވިދާޅުވަމުންގެންދަވާ ބޭފުޅެކެވެ. އަދި ރައީސް ނަޝީދާއި، ޤާސިމަށް އިްނތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބުނީ ކޯޓު ހުކުމެއް އޮތުމުގެ ސަބަބުންކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުންގެންދަވަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް