Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

75 އަހަރަށްފަހު އުތުރު ގަޑުބަޑުގެ ވާހަކަ: އިބޫ ވައުދުވީ ހުށަހެޅި ބާރުތައް ދޭން!

7 ސެޕްޓެމްބަރު 2018 | ހުކުރު 13:34

އިބޫ އެ ވާހަކަ ވިދާޅުވީ ހއ. ބާރަށުގައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 7 ސެޕްޓެމްބަރު 2018 | ހުކުރު 13:34
އިބޫއަށް މަރުހަބާ ދެންނެވުމަށް ހއ. ބާރަށުގައި ކުރިއަށް ގެންދިޔަ ޕްރޭޑުގައި ބައިވެރިވި ދޮށީ އުމުރުގެ މީހަކާ އިބޫ ވާހަކަފުޅު ދައްކަވަނީ

އިބޫއަށް މަރުހަބާ ދެންނެވުމަށް ހއ. ބާރަށުގައި ކުރިއަށް ގެންދިޔަ ޕްރޭޑުގައި ބައިވެރިވި ދޮށީ އުމުރުގެ މީހަކާ އިބޫ ވާހަކަފުޅު ދައްކަވަނީ

ބޮޑު ތިލަދުންމަތީގެ ރައްޔިތުން މާލެ އަރައި ސަރުކާރަށް ހުށަހެޅި ކަންތައްތައް މިހާރު ވެސް ބޭނުންވާ ކަމަށް ރައްޔިތުން ބުނަމުންދާ ކަމަށާއި އުތުރުގެ ރައްޔިތުން ބޭނުންވާ ބާރުވެރިކަން އެ ރައްޔިތުންނަށް ހޯއްދަވައި ދެއްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވައުދުވެވަޑައިގެންފިއެވެ.

މީގެ 75 އަހަރު ކުރިން، 1943 އަހަރުގެ މާޗު މަހުގެ ހަތަރު ވަނަ ދުވަހު 9000 ވުރެ ގިނަ މީހުން މާލެ އެރި އެ ހާދިސާގެ ވާހަކަތައް އިބޫ ވިދާޅުވީ ތިލަދުއްމަތީގެ ތާރީހީ ރަށް، ހއ. ބާރަށުގައެވެ. ހުކުރު ދުވަހުގެ ހެނދުނު އެ ރަށަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި އިބޫ ވިދާޅުވީ އުތުރު ގަޑުބަޑު ހިނގަދިޔަ ގޮތް މިއަދުގެ ކުދިންނަށް ސާފުކޮށް އެނގެންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އިބޫ ވިދާޅުވީ އެ ދުވަސްވަރު އުތުރުގެ މަސްވެރިންނަށް ރާއްޖެއިން ބޭރަށް ގޮސް މަސް ކިރައި ހެދޭ ކަމަށާއި ބޭނުންވާ ތަކެތި ރަށަށް ވެސް ގެންދެވޭ ކަމަށެވެ. ނަމަވެސް ސަރުކާރުން ސިޔާސަތަށް ގެނައި ބަދަލާ އެކު، ދިވެހިން މަސް ކިރަން މަޖުބޫރު ކުރުވީ ބޮޑު ސްޓޯރަށް ކަމަށް އިބޫ ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ އުތުރުގައި ގިނައީ މަސްވެރި ރަށްރަށް. އޭރު ރާއްޖޭގެ މަސްވެރިންނަށް މަސްކޮޅު ހިފައިގެން ބޭރަށް ދެވޭ. އެތަކެތި ވިއްކައި، ބޭނުންވާ ތަކެތި ހިފައިގެން ރަށަށް ދެވޭ. އަދި އޭގެ ފަހުން މާލޭގައި މަސް ހިފައިގެން ގޮސް، ބޭރުގެ ފަރާތްތަކަށް ވިއްކާ ހެދޭ. ނަމަވެސް 1940ގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތައް ގެނެވުނު ބަދަލުން ނިންމީ ދިވެހިން މަސް ކިރަން ޖެހޭނީ، ހަމައެކަނި ބޮޑު ސްޓޯރަށޭ. ސަރުކާރުން ބޮޑު ސްޓޯރު އުފައްދައި، ބޮޑު ސްޓޯރަށް މަސްވިއްކަން މަޖުބޫރު ކުރި. ހަމަ އަގު އެއާއެކުގައި ލިބޭ ގޮތެއް ނުވި،" ހިންނަވަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އިބޫ ވިދާޅުވިއެވެ.

ހއ. ބާރަށުގައި ކުރިއަށް ގެންދިޔަ ޕްރޭޑުގެ ތެރެއިން: އުތުރު ގަޑުބަޑުގެ ވާހަކަ ވިދާޅުވީ ބާރަށުގައި-- ފޮޓޯ/ އެމްޑީޕީ

އެމަނިކުފާނު ވިދާޅުވީ މަސްވެރިން ބާނާ މަސް މާލެ ގެނެސް، ބޮޑު ސްޓޯރަށް ވިއްކަން ފެށުމުން މަހުގެ ހަމަ އަގު ލިބޭ ގޮތް ނުވި ކަމަށާއި ކިރާ މަސްކޮޅަށް ފައިސާ ވެސް ނުލިބުނު ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އުތުރުގެ ރައްޔިތުންނަށް ދިމާވި އޭރު ދިމާވި އެންމެ ބޮޑު މައްސަލައަކީ އެއީ ކަމަށް އިބޫ ވިދާޅުވިއެވެ.

"އެހާ ހިސާބުން އެ ނިމުނީއެއް ނޫން. ބައެއް ފަހަރު ކިރާ މަސްކޮޅަށް، ލާރި ފައިސާ ލިބޭ ގޮތެއް ނުވި. މިއީ ހަގީގަތުގައި އޭރު އުތުރުގެ ރައްޔިތުންނަށް އޭރު ދިމާވި މައްސަލައަކީ،" އިބޫ ވިދާޅުވިއެވެ.

ތާރީހީ ލިޔުންތަކުން ބުނާ ގޮތުން އުތުރު ގަޑުބަޑުގައި މާލެ އެރީ 9،452 މީހުންނެވެ. ބޮޑު ތިލަދުންމަތިން ފުރައިގެން އެ މީހުން މާލެ އައީ 552 އޮޑިދޯނިފަހަރުގައެވެ.

އިބޫ ވިދާޅުވި ގޮތުގައި އުތުރުން މާލެ އައި މީހުންނާ ސަރުކާރުން މަޝްވަރާ ކުރުމުގެ ގޮތުން ބައްދަލުވުންތަކެއް ބޭއްވިއެވެ. އެ މީހުންނާ މަޝްވަރާ ކުރުމަށްފަހު، އެ މީހުން ދޫކޮށްލައި، އެކަމުގައި އިސްކޮށް ތިއްބެވި ބޭފުޅުން ހައްޔަރުކޮށް ސަރުކަރުން އަނިޔާދިން ކަމަށް އިބޫ ވިދާޅުވިއެވެ.

"...ފުރަތަމަ މަޝްވަރާ ކުރެވުނު،. އެއަށްފަހު ދޫކޮށްލުމަށްފަހު، އެނބުރި އެ ހުރިހާ އިސްކޮށް ތިއްބެވި ބޭފުޅުން ބުރިން ހަން ނަގައި، ދުއްރައިން ތަޅައި، އުމުރަށް ޖަލަށްލެވި، ބައެއް ބޭފުޅުން އާއިލާއާ ވަކިވެގެންދާން ޖެހުނީ," އިބޫ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އުތުރުގެ ރައްޔިތުން މިހާރު ވެސް ޑިމާންޑު ކުރަނީ މަހަށް ހަމަ އަގު ހޯދުމަށް ކަމަށާއި ކަންކަން ނިންމުމުގެ ބާރު ހޯދުމަށް ކަމަށެވެ. އެ ޑިމާންޑުތައް އިއްވުމަށްފަހު، އެކަންކަން ކޮށްދެއްވާނެ ކަމަށް އިބޫ ވައުދުވެވަޑައިގެންނެވިއެވެ.

އިބޫ އެގޮތަށް ވައުދު ވެވަޑައިގެންނެވިއިރު، ރާއްޖޭގެ ކަނޑުތަކުން މަސްވެރިކަންކޮށްގެން، މަސް ދޯނިތަކުގައި ރާއްޖެއިން ބޭރަށް ގޮސް މަސް ކިރޭނެ ގޮތް ހައްދަވައި، މަސްވެރިންނަށް ޑޮލަރު ހޯދައިދިނުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ ވައުދުވެފައެވެ.

އިބޫ ވިދާޅުވީ ރައްޔިތުން އިންތިހާބު ކުރާ ކައުންސިލަރުންނަށް މާލީ ފުދުންތެރިކަން ލިބޭ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށާއި ކައުންސިލްތަކަށް ބާރުވެރި ކުރުވާނެ ކަމަށެވެ.

"މިއަދުވެސް އަޅުގަނޑުމެން މި ދައްކަނީ އެ ވާހަކަ. އަޅުގަނޑުމެންނަށް މަހަށް ހަމަ އަގު ނުލިބޭ ވާހަކަ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ކަންތައްތައް ނިންމުމުގެ ބާރު ނުލިބޭ ވާހަކަ. އަޅުގަނޑުމެން އެ ތާރީހު އިޔާދަވާކަށް ބޭނުމެއް ނުވޭ. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ވެރިކަމެއްގައި ރައްޔިތުންނަށް ބާރުތައް ދޫކޮށްލަން. ރަށްރަށަށް ބަރުތައް ދޫކޮށްލަން. ކައުންސިލްތަކަށް ބާރުތައް ދޫކޮށްލަން،" އިބޫ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް