Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ބޮޑު ޖަލްސާގައި ސައިޒު ދައްކާލާނަން: ފައިސަލް

6 ސެޕްޓެމްބަރު 2018 | ބުރާސްފަތި 14:13

ރައީސް ޔާމީންގެ ސަރުކާރުން ދަނީ ވަޒީފާގެ ބިރު ދައްކަމުން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 6 ސެޕްޓެމްބަރު 2018 | ބުރާސްފަތި 14:13
ފައިސަލް މާލޭގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަން ކެމްޕެއިންގެ ތެރެއިން

ފައިސަލް މާލޭގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަން ކެމްޕެއިންގެ ތެރެއިން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ބާއްވާ ބޮޑު ޖަލްސާގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ގުޅިފައިވާ ޕާޓީތަކުގެ "ސައިޒު" ދައްކާލާނެ ކަމަށް ކޯލިޝަން ކެންޑިޑޭޓްގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު މާލޭގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަން ކެމްޕެއިން ނިންމާލެއްވުމަށް ފަހު ފައިސަލް ވިދާޅުވީ ތިން އަހަރު ދުވަސް ފަހުން ގުޅިފައިވާ ޕާޓީތަކަށް އަންނަ ހޮނިހިރު ދުވަހުގެ ރޭ ޖަލްސާއެއް ބާއްވާއިރު، އެ ޖަލްސާއިން ދިވެހި ރައްޔިތުން ތިބީ ބަދަލަކަށް ބޭނުންވެފައިކަން ހާމަވެގެންދާނެ ކަމަށެވެ. ދޮރުން ދޮރަށް ކެމްޕެއިންގެ ތެރެއިން ދިމާވާ ކޮންމެ ރައްޔިތެއްގެ ވެސް ކަންބޮޑުވުންތައް އެބަހުރި ކަމަށާއި، މިއަދު ދިވެހި ރައްޔިތުން ތިބީ ބަދަލެއް ބޭނުންވެފައި ކަމަށެވެ. އެކަން މި މަހުގެ 23 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ވޯޓުން ހާމަވެގެންދާނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފައިސަލް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެކިއެކި ޚިދުމަތްތައް ހޯދުމަކީ މިއަދު ކޮންމެ ރައްޔިތަކަށްވެސް ދިމާވެފައިވާ ދަތިކަމަކަށް ވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ނިކުތީ ދިވެހި ރައްޔިތުން ބޭނުންވާފަދަ ހެޔޮ ބަދަލެއް ހުރިހާ ދާއިރާ އަކުން ވެސް ކޮށްދިނުމަށް، އެކަންތައް ކޮށްދިނުމަށް އިޚްލާސްތެރި ކަމާއި އެކު، އަޅުގަނޑުމެންގެ މި މަސައްކަތަށް ނުކުންނަވާށޭ" ފައިސަލް ވިދާޅުވިއެވެ.

ދޮރުން ދޮރަށް ކެމްޕެއިންގެ ތެރެއިން ފައިސަލް އުމުރުން ދުވަސްވީ މީހަކާއި ބައްދަލުކުރައްވަނީ

އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލާއި، އާސަންދަގެ ޚިދުމަތް އެންމެ އެދެވޭގޮތުގައި ނުލިބޭ ކަމުގެ ޝަކުވާ ދޮރުން ދޮރަށް ކެމްޕެއިންގައި ދިމާވި ރައްޔިތުން ކުރި ކަމަށް ފައިސަލް ވިދާޅުވިއެވެ. ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދަައިދީ، އާސަންދަ ޚިދުމަތް ވެސް ރައްޔިތުންގެ ބޭނުންވާ ގޮތަށް ކުރިއަކޭ އެއްގޮތަށް ދެމުން ގެންދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

އިންތިހާބު ބޯމަތިވެފައިވާ މި ދަނޑިވަޅުގައި ރައީސް ޔާމީންގެ ސަރުކާރުން ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ފައިސަލް ވިދާޅުވިއެވެ. އެހެންމަވެސް މިއަދު ބިރުފަހަނައަޅާ ސަރުކާރުގެ އެކި ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒިފުން ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތަކުގައި ބައިވެރިވަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންކަމުން މި މައްސަލަތަކަށް ހައްލެއް ހޯދުމަށް މި އިންތިހާބުގައި ބަދަލަކަށް ވޯޓް ދެއްވައި، ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ބޮޑު ޖަލްސާގައި ބައިވެރިވަޑައިގަތުމަށް ފައިސަލް އެދިވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް