Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަދުލު އިންސާފް

އެންމެ ބޮޑު ތަރައްގީ އަކީ އަދުލު އިންސާފު ކަށަވަރުވުން!

އިންސާފު ނެތި ތަރައްގީގެ ފޮނި މީރުކަން ރައްޔިތު މީހާއަށް ނެތް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2018 | ބުރާސްފަތި 13:43
ސިނަމާލެ ބްރިޖާއި ދިމާލަށް ބަލަހައިއްޓައިގެން ދެ މީހަކު

ސިނަމާލެ ބްރިޖާއި ދިމާލަށް ބަލަހައިއްޓައިގެން ދެ މީހަކު

"މިއަދު އަހަރެމެންގެ ސައިޓުން ބުރުމާ ވަގަށް ނަގައިގެން ދަނިކޮށް ހިފައިފިން، ސައިޓު ސުޕަވައިޒަރު މަސައްކަތަށް ނުނިކުމޭ ވަޅި ހިފައިގެން ތިބި ބަޔަކު މީގެ ދެ ދުވަސް ކުރިން ގޮސް އިންޒާރު ދިނީމަ، ފެންވައިރު ކުރާ އިންޑިއާ މީހާގެ ފޯނު ފޭރި ގަނެފި. ބޯހަލާކު!"

"މަށަށް ލިބުނު 98 ޕޮއިންޓް، އެކަމަކު ފްލެޓެއް ނުލިބުނު. ތިން ކުދިންނާއި އަންހެނުން ގޮވައިގެން މިއުޅެނީ ގޮޅިއެއް ވަރު ތަނެއްގައި، ކައްކަނީ ކޮޓަރީގައި، ކުދިން ފިލާވަޅު ހަދަނީ އެތަނުގައި، ނިދަނީ އެތަނުގައި. ރަށުގައި ވެސް މަގޭ ގޯއްޗެއް، ގެއެއް ނެތް. ހާދަ އުންމީދެއް ކުރީމޭ 98 ޕޮއިންޓް ލިބުނީމަ ފްލެޓް ލިބޭނެ ކަމަށް އެކަމަކު ލިބުނީ މަދު ޕޮއިންޓް ލިބުނު ބޮޑުންނަށް. މިއީތަ ނިކަމެތިންނަށް އޮތް މިންވަރަކީ؟"

"އަހަރެންގެ ދޮށީ ފިރިހެން ދަރިފުޅު ބަންދުކޮށްފައި ހުންނަތާ ދެ އަހަރު މިވީ، ކޯޓުގައި އޮތް މައްސަލަ އަދިވެސް ނުނިމޭ. މައްސަލަ އަވަސްކޮށްދޭށޭ ކިޔައި އާދޭސްކޮށް ރަށު ކޯޓަށް ސިޓީ އެއް ފޮނުވީމަ އައީ ފިތްކަނޑައިގެންދާ ވަރުގެ ޖަވާބެއް. އަހަރެން ގެންގޮސްފަ ބުނީ ހިނގާށޭ ޕާޓީއަށް ސޮއިކޮށްލާފަ އިންތިހާބުގެ މަސައްކަތަށް ނިކުންނަށް އެއިރުން ތިކަހަލަ ކަންކަން ނިންމާލަން ނިކަން ފަސޭހަވާނެއޭ. އެ ސޮރު އެހާ ދުވަހު ބާއްވާފަ މިއަދު ބުނަނީ އެހެން. މިއީ ކޮން ކަހަލަ އަދާލަތެއް؟ ކޮންތާކަށް އަހަރެން އިންސާފު ހޯދަން ދާންވީ؟"

މިއީ މިއަދު މި ރާއްޖޭގެ ހާލަތެވެ. ނިކަމެތިންގެ ޝަކުވާ އަކީ އެއްވެސް ކަމެއްގައި އިންސާފު ނެތުމެވެ. ފްލެޓް ބެހުމުން ފެށިގެން ގޮސް ކުށްވެރިންނަށް އަދަބު ދިނުމާއި ހަމައަށެވެ. އަސާސީ ޚިދުމަތްތަކާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ހަމަހަމަކަމާއި އިންސާފު ނެތުމުގެ ސަބަބުން ދައުލަތާ މެދު ރައްޔިތު މީހާ އުންމީދު ކަނޑާލައިފިއެވެ. ފުލުހުންގެ މުއައްސަސާ އިން އެކި ކަންކަމަށް އިސްކަންދޭ ތަރުތީބު ބަދަލުވުމުގެ ނަތީޖާއެއްގެ ގޮތުން ނާމާންކަމާއި ބިރުވެރިކަން އާންމުވެއްޖެ އެވެ. ސިޔާސީ މީހުން ފަހާ ދުވުމަށް މާބޮޑު އިސްކަމެއް ދޭތީވެ ކުށް ހުއްޓުވައި ރައްޔިތު މީހާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންގެ ވަސީލަތްތަކާއި ވަގުތު ހޭދައެއް ނުކުރެވެއެވެ. ގޭންގުތައް ސިޔާސީ ބޭނުމަށް "ކުއްޔަށް" ނަގައިގެން އުޅޭތީވެ، އެ މީހުން ގަޔަކު އަތެއް ނުލެވެއެވެ. ވައްދާ ދޮރުން ނެރެލަނީއެވެ. ކޯޓުތަކުން އިންސާފު ހޯދުމެކޭ، ވާތު ސަންގެއް ހޯދަން ފީނުމެކޭ މިވަނީ އެއްވަރުވެފައެވެ. ކޮރަޕްޝަނާއި ރިޝްވަތާއި ފަސާދަ އާންމުވެފައި މިވަނީ ދުލުން ގަލަމުން ބަޔާން ނުކުރެވޭ މިންވަރަކަށެވެ. ތެލާއި، ފެނާއި، ކަދުރާއި، ހިލައާއި ގަލާއި، ކަނޑުފަޅާއި، ރުށްގަހުން ވެސް ވައްކަމެވެ.

މި ހާލަތުގައި ރާއްޖެ އޮތް އިރު، ރައީސް އަބްދުﷲ ޔާމީން އިންތިހާބަށް ނިކުމެވަޑައިގެން އެ އުޅުއްވަނީ ތަރައްގީ ހިއްޕަވައިގެންނެވެ. އުސް އިމާރާތްތަކާއި ބްރިޖާއި އެއާޕޯޓާއި ތާރު އެޅި މަގުތައް ރައްޔިތުންނަށް ވިއްކުމަށެވެ. ރައީސް ޔާމީނުގެ ފަލްސަފާއަކީ ތަރައްގީ އެވެ. ދެ ރުފިޔާ އަށް ކުރެވެން އޮތް ކަމެއް ފަސް ރުފިޔާއަށް ކޮށްގެން ވެސް ތަރައްގީ އެވެ. ލައިގެން ހުންނަ މުންޑު ވިއްކާލައިގެން ވެސް ތަރައްގީއެވެ. ދަރާ ވިކިގެން ވެސް ތަަރައްގީ އެވެ. ތަރައްގީގެ ނަމުގައި ހިންގިހާ ޖަރީމާތަކާއި ވައްކަމުގެ ވާހަކަ ބާއްވަމާތޯއެވެ.

އެންމެ ރަނގަޅެވެ. ރާއްޖެ ތަރައްގީ ކުރަންޖެހެއެވެ. ނަމަވެސް، އިންސާފުވެރިކަމާއި ހަމަހަމަކަން ނެތިއްޔާ މި ތަރައްގީއެއްގެ ބޭނުމަކީ ކޮބައިތޯއެވެ. މި ތަރައްގީގެ ފޮނި މީރުކަން އެންމެ ނިކަމެތި މީހާގެ ކަރުބުޑުގައި ނުލާނަމަ ތަރައްގީ މި ކުރެވެނީ ކޮން އެއްޗެއްތޯއެވެ. އުސް އިމާރާތްތަކާއި ބްރިޖުގެ ތަރައްގީ ގެނައިއިރު، ރައްޔިތު މީހާއަށް ހަމަލާއެއްގެ ބިރެއް ނެތި ބްރިޖަށް އަރާލަން ނުދެވޭނަމަ ކީއްކުރާ ބްރިޖެއްތޯއެވެ؟ ގެދޮރުވެރިކަމުގެ ފްލެޓްތައް 25 ބުރިން މައްޗަށް އަރުވަން ހިފާއިރު، ހައްގުވެރިޔާ އަށް އެ ނުލިބޭނަމަ މިއީ ކޮންފަދަ ތަރައްގީއެއްތޯއެވެ؟ އަދާލަތު ގާއިމުނުކޮށް އަޅުގަނޑުމެން މި އުޅެނީ ކޮން ކަމެއް ތަރައްގީ ކުރަންތޯއެވެ؟ އިންސާފު ނެތީސް އަޅުގަނޑުމެންނަށް ތަރައްގީގެ ފޮނި މީރުކަން ލިބެން އެބައޮތްތޯއެވެ؟

ނެތިގެން މި އުޅެނީ އިންސާފެވެ. ހަމަހަމަކަމެވެ. ބޭނުންވެގެން މި އުޅެނީ ގައުމަކަށް ހޯދޭނެ އެންމެ ބޮޑު ކުރިއެރުމެވެ. އެއާ ނުލައި ތަރައްގީއާއި ތަމައްދުނުގައި ކުރިއަރައިގެން ނުދެވޭނެ ތަރައްގީއެވެ. އަދުލު އިންސާފު ކަށަވަރުވުމުގެ ތަރައްގީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ

ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ

01 މާރިޗު 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް

އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު