Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އިހަވަންދޫ އަށް އިބޫ ވައުދު ފުންޏެއް!

5 ސެޕްޓެމްބަރު 2018 | ބުދަ 13:20

ރަށު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ހައްދަާނެ ކަމަށް ވިދާޅުވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 5 ސެޕްޓެމްބަރު 2018 | ބުދަ 13:20
އިހަވަންދޫ އިބޫއަށް މަރުހަބާ ކިޔަނީ:-އެރަށަށް ގިނަ ވައުުދުތައް ވަނީ ވެވަޑައިގެންފައި

އިހަވަންދޫ އިބޫއަށް މަރުހަބާ ކިޔަނީ:-އެރަށަށް ގިނަ ވައުުދުތައް ވަނީ ވެވަޑައިގެންފައި

އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ހއ.އިހަވަންދޫއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފި އެވެ.

ހއ.އިހަވަންދޫއަށް އިބޫ ވަޑައިގަތުމުން އެރަށުން ވަނީ ވަރަށް ގިނަ އަދަދެއްގެ މީހުން ނިކުމެ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އަދި ސަޕޯޓަރުންނާ މުހާތަބު ކުރައްވާ އިބޫ ވިދާޅުވީ އިހަވަންދޫ އޮތީ 23 ސެޕްޓެމްބަރު ވަނަ ދުވަހަށް "ފައްކާވެފައި" ކަމަށެވެ. އަދި ވަރަށް ގިނަ ކަންތައްތައް އިހަވަންދޫއަށް ކޮށްދެއްވަން އެބަ ހުރި ކަމަށް ފާހަގަކުރައްވައި ވެވަޑައިގެންނެވި އެއް ވައުދަކީ އެމަނިކުފާނުގެ ވެރިކަމެއްގައި އެރަށުގެ ބިން ހިއްކުމެވެ. އަދި އެ ބިމުގައި ގޯތި ދޫކޮށް ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރެވޭނެ ކަމަށް ވިދާޅުވި އެވެ. ގިނަ އަދަދެއްގެ މަސްވެރިން ދިރިއުޅޭ މިރަށުގައި ދޯނި އެހެލުމަށް "ސްލިޕްވޭ"އެއް ގާއިމު ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފަ އެވެ. ހަމަ އެހެންމެ އިހަވަންދޫގައި މަސްގަނެ ވިއްކޭނެ ގޮތް ހަދާ ދެއްވާނެ ކަމަށާއި އެރަށުގައި ހުރި އައިސްޕްލާންޓް މިހާރަށް ވުރެ ބޮޑު ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

Advertisement - newsAdvertisement
"އައިސްޕްލާންޓް ބޮޑުކޮށް މަސްވެރިން ބޭނުންވާ ގޮތަށް މަސްވެރިން ބޭނުންވާ މިންވަރަށް އައިސް ލިބޭނެ ގޮތް ހަމަޖައްސް ދޭނަން" އިބޫ ވިދާޅުވި އެވެ.

އަދި ޒުވާނުނަށް ވެވަޑައިގެންނެވި ވައުދަކީ ފުޓްސަލް ދަނޑެއްގެ ބަދަލުގައި އެރަށުގައި ޓާފް ފުޓްބޯޅަ ބޮޑު ދަނޑެއް އަޅާ ދެއްވުމެވެ. ސިއްހީ މަރުކަޒަށް ވަސީލަތްތަކާއެކު އެ ހިދުމަތްދޭނެ ގޮތްވެސް އޮންނަން ވާނެ ކަމަށް ފާހަގަކުރައްވައި އިބޫ ވަނީ އެރަށުގައި ހުރި ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.

ރަށުގެ މަގުތައް ހެދުމާ ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް ރަށުގައި މަގުތައް ތާރު އަޅައިގެން ހަދާ ދެއްވާނެ ކަމަށެވެ. އަދި އެހެންމެ މަތީ ތައުލީމުގެ ފުރުސަތު ރަށުން ލިބޭނެ އިންތިޒާމް ހަމަޖައްސާ ދެއްވާނެ ކަމަށް ވެސް ވައުދުވެވަޑައިގެންނެވި އެވެ.

އިހަވަންދޫ އަށް އިބޫ ވެވަވަޑައިގެންނެވި ބައެއް ވައުދުތައް:

  • ބިން ހިއްކުން
  • ސްލިޕްވޭ އަޅާދިނުން
  • މަގުތަކުގައި ތާރުއަޅާ ދިނުން
  • ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން
  • އައިސްޕްލާންޓްގެ ކެޕޭސިޓީ އިތުރުކުރުން

އިހަވަންދޫ އަކީ ސިޔާސީ އަދި އިސްލާހީ މަސައްކަތުގައި ވަރަށް އިސް ދައުރެއް އަދާ ކުރާ ރަށެއް ކަމަށް ފާހަގަ ކުރައްވާ ވިދާޅުވީ އެރަށަށް ވަޑައިގެންނެވި ވައުދުތަކަކީ ހުސް ވައުދުތަކަށް ނުވާނެ ކަމަށެވެ.

"މިރަށަށް މިވާ ވައުދަކީ ހަމަ އެކަނި މިތާ ހުރެ ވާ ވައުދެއްނޫން. މި ވާހަކަތައް ގަނޑަށް ނަގާނަން،" އިބޫ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

29 މާރިޗު 2017

ސަރުކާރު މިވަނީ ގޮތް ހުސްވެފައި: އިބޫ

29 މާރިޗު 2017
ސަރުކާރު މިވަނީ ގޮތް ހުސްވެފައި: އިބޫ
27 މާރިޗު 2017

ޖަލްސާ ފެށުނީއްސުރެ ސިސްޓެމްގައި ވަނީ މައްސަލަ ޖެހިފައި: އިބޫ

27 މާރިޗު 2017
ޖަލްސާ ފެށުނީއްސުރެ ސިސްޓެމްގައި ވަނީ މައްސަލަ ޖެހިފައި: އިބޫ
26 މާރިޗު 2017

މަސީޙުގެ ވޯޓު އޮބްޒަރވް ކުރުމަށް ނޫސްވެރިންނާއި ޖަމިއްޔާތައް ދިއުމަށް އިބޫ ގޮވާލައްވައިފި

26 މާރިޗު 2017
މަސީޙުގެ ވޯޓު އޮބްޒަރވް ކުރުމަށް ނޫސްވެރިންނާއި ޖަމިއްޔާތައް ދިއުމަށް އިބޫ ގޮވާލައްވައިފި
25 މާރިޗު 2017

އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ

25 މާރިޗު 2017
އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ
20 މާރިޗު 2017

"ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް ޔާމީން އުފައްދަވައިފި

20 މާރިޗު 2017
"ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް ޔާމީން އުފައްދަވައިފި
02 މާރިޗު 2017

ޖީއެސްޓީ ދެއްކުމަށް ދެ ކުންފުންޏެއްގެ މައްޗަށް ހުކުމް ކޮށްފި

02 މާރިޗު 2017
ޖީއެސްޓީ ދެއްކުމަށް ދެ ކުންފުންޏެއްގެ މައްޗަށް ހުކުމް ކޮށްފި
27 ފެބުރުއަރީ 2017

ސައުދީން ދޭން ވައުދުވި 150 މިލިއަން ޑޮލަރު އަދިވެސް ނުލިބޭ!

27 ފެބުރުއަރީ 2017
ސައުދީން ދޭން ވައުދުވި 150 މިލިއަން ޑޮލަރު އަދިވެސް ނުލިބޭ!
22 ފެބުރުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

22 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ
12 ފެބުރުއަރީ 2017

ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި

12 ފެބުރުއަރީ 2017
ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި
09 ފެބުރުއަރީ 2017

ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި

09 ފެބުރުއަރީ 2017
ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް