Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތެލުގެ ވަގުވިޔަފާރި

ތެލުގެ ވަގު ވިޔަފާރިއާ ގުޅޭގޮތުން ރައީސް ޔާމީންގެ ދިފާއުގައި ފުލުހުން ބަޔާނެއް ދީފި

5 ސެޕްޓެމްބަރު 2018 | ބުދަ 11:41

އެއްވެސް މީހަކު އެފަދަ ވާހަކައެއް ތަހުގީގުގައި ހިއްސާ ކޮށްފައެއް ނެތް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 5 ސެޕްޓެމްބަރު 2018 | ބުދަ 11:41
ރައީސް ޔާމިން: ތެލުގެ ވަގު ވިޔަފާރިއާ ގުޅުމެއް ނެތްކަމަށް ފުލުހުން ބުނި.

ރައީސް ޔާމިން: ތެލުގެ ވަގު ވިޔަފާރިއާ ގުޅުމެއް ނެތްކަމަށް ފުލުހުން ބުނި.

ރާއްޖެއިން ބޭރުގައި ގަވާއިދާ ޚިލާފަށް ތެލުގެ ވަގު ވިޔަފާރިކުރާ ދިވެހި ކުންފުންޏަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެއްވެސް ގުޅުމެއް އޮތް ކުންފުންޏެއް ނޫން ކަމަށް ވިދާޅުވާ މޯލްޑިވްސް ޕޮލިސް ސާވިސްއިން ރައީސް ޢަބްދުﷲ ޔާމީންގެ ދިފާއުގައި ބަޔާނެއް އިއްވައިފިއެވެ.

ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތުވެސް ދެއްވުމެއްނެތި އިސްކަންދަރު ކޮށީގައި ބަޔާނެއް އިއްވަމުން ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނާ ތެޔޮ ޓޭންކަރަކުން އުތުރުކޮރެއާގެ ތެޔޮ ޓޭންކަރަކަށް ގަވާއިދާ ހިލާފު މުއާމަލާތްތަކެއް ކުރިކަމަށް ބުނާ މައްސަލައިގެ ތަހުގީގު ފުލުހުން ފުރިހަމަކޮށް ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ދައުވާ އުފުލާފައިވާ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެ މައްސަލަ ފުޅާ ދާއިރާއެއްގައި ތަހުގީގުކޮށްފައިވާއިރު އެކަމުގައި ރައީސް އަބްދުﷲ ޔާމީންގެ އެއްވެސް ބައިވެރިވުމެއް ނެތްކަން ތަހުގީގަށް އެނގިފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.

" މިމައްސަލަ ވަރަށް ފުޅާ ދާއިރާއެއްގައި ތަހުގީގް ކުރެވި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދައުވާ ކުރުމަށްޓަކައި ފޮނުވި މިމައަސަލައިގެ ޝަރީޢަތްފެށި މިމައްސަލައިގެ ދެއަޑުއެހުމެއް މިހާތަނަށް ވީއިރު ވަނީ ބޭއްވިފައި. އަދި ތުހުމަތުކުރެވޭ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިވާ ވާހަކަވެސް ދަންނަވަން. މިކަމުގައި ދިވެހިރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ބައިވެރިވުމެއް ވާކަމަށް އެކިފަރާތްތަކުން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއްކަމުގައި ދަންނަވަން. މިމައްސަލަ ފުޅާދާއިރާއެއްގައި ތަހުގީގް ކުރެވިފައިވާއިރުގައި، މިމައްސަލައިގާ ފުޅާދާއިރާއެއްގައި އެކި ފަރާތްތަކުގެ މައުލޫމާތު ހޯދި ގިނަ ފަރާތްތަކަކާއި ސުވާލު ކުރެވިފައިވާއިރު އެއްވެސް ސުވާލުކުރެވުނު ފަރާތަކުން މި މައްސަލައިގަ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ބައިވެރިވުމެއް ވާކަމަށް އެއްވެސް ފަރާތަކުން ފުލުހުންނާ ހިއްސާކޮށްފައި ނުވާކަން ދަންނަވަން. އަދި މައްސަލައިގެ ތަހުގީގް ފުލުހުން ފުޅާދާއިރާއެއްގައި ހިންގާފައި ވީއިރު އެފަދަ ހެއްކެއް އަދި ޤަރީނާއެއްވެސް ލިބިފައި ނުވާކަމަށް ދަންނަވަން" ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ ގައުމީ ސަލާމަތާއި ގުޅުންހުރި އެފަދަ ބޮޑެތި މައްސަލަތަކުގައި ދޮގު ވާހަކަ ދެއްކުމާއި ފުލުހުންނަށް ނިސްބަތްކޮށް ދައްކާ ސާބިތު ނުހިފޭ ހުރިހާ ވާހަކައެއް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ނުފެތުރުމަށް ޝިފާން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ފުލުހުން މިގޮތަށް ބުނެފައި މިވަނީ ރާއްޖޭން ބޭރުގައި ގަވައިދާ ހިލާފަށް ތެލުގެ ވިޔަފާރި ކުރަމުންދާ ދިވެހި ކުންފުންޏަކާއި ރައީސް އަބްދުﷲ ޔާމީނާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް އެމްޑީޕީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް