Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

ސަރުކާރުން ކިތައްމެ ޖެއްސުމެއް ކުރިޔަސް، ވޯޓު ފޮށި ބަހައްޓައިފި ނަމަ ބޮޑު ތަނުން ބަލިކޮށްލާނަން: މާރިޔާ

ވޯޓު ފޮށިތައް ކައިރީ ތިބޭ އޮފިޝަލުންނަކީ ޕީޕީއެމްގެ އެކްޓިވިސްޓުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 5 ސެޕްޓެމްބަރު 2018 | ބުދަ 08:09
އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދުދީދީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދުދީދީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ސަރުކާރާއި ސަރުކާރުގެ ނުފޫޒުގައިވާ ދައުލަތުގެ މުއައްސަސާތަކުން ކިތަންމެ ޖެއްސުމެއް ކުރިޔަސް، ވޯޓު ފޮށި ބަހައްޓައި، ދިވެހި ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ދީފި ނަމަ ބޮޑުތަނުން ރައީސް އަބްދުﷲ ޔާމީން ބަލިކުރާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބުދަ ދުވަހު މާރިޔާ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ދިދަ އާއި ބެނާރ އަދި ޕޯސްޓަރުތައް ބަޔަކު މީހުން ނިކުމެ، ނައްޓައި ގެއްލުން ދެއްމުންދާ ކަމަށެވެ.

މާރިޔާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވައުދުތައް ލިޔެފައިވާ ބެނާތައް ކެނޑުމަށް ފަހު އެބެނާތަކުގައި ލިޔެފައިވާ ލިޔުންކޮޅު ލިޔެގެން ޕީޕީއެމްގެ ބެނާ ދަމަމުންދާ ކަމަށެވެ.

މީގެ އިތުރުން މާރިޔާ ވަނީ ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން ޖަގަހަތަކަށް ދެމުންދާ ގެއްލުންތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އެގޮތުން އަންގާރަ ދުވަހުގެ ރޭ އައްޑޫ މީދޫ ދާއިރާގައި ހުރި އެމްޑީޕީގެ ޖަގަހައެއްގައި ރޯކޮށްލާފައިވާ ކަމަށާއި އެތައް އަނދާ އަޅިއަށް ވެގެންދިޔައިރު، އެފަދަ ކަންކަން ތަހުގީގު ކޮށްލާނެ އިދާރާއެއް މިގައުމުގައި ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ވޯޓުލާ ގިނަ މަރުކަޒުތަކުގައި ތިބޭ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޕީޕީއެމްގެ އެކްޓިވިސްޓުން ކަމަށާއި އެކަމުގެ ޝަކުވާތައް ވަރަށް ގިނައިން ލިބެމުންދާ ކަމަށެވެ.

އެހެން ނަމަވެސް މިމަހުގެ 23 ވަނަ ދުވަހު ވޯޓު ފޮށިތައް ބަހައްޓައި ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ދީފި ނަމަ، ރައީސް ޔާމީން ބޮޑުތަނުން ބަލި ކުރައްވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު