Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ - އިނގިރޭސިވިލާތް

ރާއްޖެއާ މެދު ކަންބޮޑުވުން ފާޅުކުރަނީ ވަކި ދީނެއް އޮވެގެނެއް ނޫން: އިނގިރޭސި ސަފީރު

4 ސެޕްޓެމްބަރު 2018 | އަންގާރަ 12:19

ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި އޮތުމަކީ އިނގިރޭސިވިލާތުން ބަޔާންތައް ނެރޭއިރު ބަލާ ކަމެއް ނޫން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 4 ސެޕްޓެމްބަރު 2018 | އަންގާރަ 12:19
އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ

ރާއްޖެއާ މެދު އިނގިރޭސިވިލާތުން ކަންބޮޑުވުން ފާޅުކުރަނީ ރާއްޖޭއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވުމުން ނޫން ކަމަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ހާލަތާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަނީ ދީނުގެ މައްސަލައެއްގައި ނޫން ކަމަށާއި ރާއްޖެ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި އޮތުމަކީ އިނގިރޭސިވިލާތުން ބަޔާންތައް ނެރޭއިރު ބަލާ ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއާ އިނގިރޭސިވިލާތާއި ގުޅިގެން ހައްލުކުރަން މަސައްކަތްކުރެވޭނެ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ރައްޔިތުން އެހެން ގައުމުތަކަށް ޖިހާދަށް ދިޔުމަކީ ރާއްޖޭގެ ސަރުކާރުން ވެސް ކަންބޮޑުވުން ފާޅުކުރާ ކަމެއް ކަމަށާއި އެކަމާއި ގުޅިގެން ރާއްޖޭގެ ސަރުކާރާއި މަޝްވަރާ ކުރެވިފައިވާ ކަމަށް ވެސް ޑޯރިސް ވިދާޅުވިއެވެ. ހަމައެހެންމެ ކޮންމެ އަހަރަކު ރާއްޖެއަށް އިނގިރޭސިވިލާތަށް ނިސްބަތްވާ ލައްކައެއްހާ ފަތުރުވެރިން ޒިޔާރަތްކުރާކަން ފާހަގަކުރައްވާ ޑޯރިސް ވިދާޅުވީ އެފަރާތްތައް އަލުން އެނބުރި ސަލާމަތާއި ރައްކާތެރިކަމާއެކު ގައުމަށް ދިޔުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ރާއްޖެއިން އަދާކުރާ ދައުރަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.

އަމިއްލަ ގައުމުގައި ކުރެވިފައިވާ ތަޖުރިބާއަށް ބަލައި ތަފާތު އެކި ފިކުރުތަކާއެކު އިނގިރޭސިވިލާތަށް ވަރަށް ބޮޑު ކުރިއެރުންތަކެއް އައިސްފައިވާކަން ފާހަގަކުރައްވާ ޑޯރިސް ވިދާޅުވީ ރާއްޖޭގެ ކަންކަން ނިންމުމާއި ކުރިޔަށް ގެންދިޔުމުގެ ހުރިހާ ބާރެއް ވެސް އޮންނާނީ ދިވެހި ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ.

އިނގިރޭސި ސަފީރު މިގޮތަށް ވިދާޅުވެފައިވާއިރު އެގައުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ގާތުން ބަލަމުން އަންނަ ގައުމެކެވެ. އެގޮތުން އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ވެސް އެންމެ ފުރަތަމަ ގޮވާލި ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ. ހަމައެހެންމެ ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވިލާތުގެ އިއްތިހާދުން ފާސްކުރި އޮނިގަނޑަށް އިނގިރޭސިވިލާތުން ވަނީ އަމަލުކުރަން ފަށާފައެވެ. އިނގިރޭސިވިލާތަކީ މި އޮނިގަނޑަށް އަމަލުކުރަން ފެށި ފުރަތަމަ ޤައުމެވެ.

ރާއްޖޭގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށް އިނގިރޭސިވިލާތާއި އެހެނިހެން ގައުމުތަކުން ބަޔާންތައް ނެރެމުންދަނީ ރާއްޖެއިން އިސްލާމް ދީން ފޮހެލުމަށް ކަމަށް ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ އިސްވެރިން ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް މިއިން އެއްވެސް ބަޔާނެއްގައި ރާއްޖޭގައި އެހެން ދީނެއް އޮންނަން ޖެހޭނެ ކަމަށް ބުނެފައެއް ނުވެއެވެ. ގައުމުތަކުން މިހާތަނަށް ނެރެފައިވާ އެއްވެސް ބަޔާނަކަށް ސަރުކާރުން އިޖާބަ ދީފައިނުވާއިރު ސަރުކާރުން އެކި ގައުމުތަކުގެ ވާހަކަ އޮޅުވާލައި ގައުމުތަކާއި ޖެހި ގަތުމަށް މަސައްކަތްކުރަމުންދާ ކަމަށް ޑިޕްލޮމެޓުން ދަނީ ބުނަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް