ކ. މާލެ
|
4 ސެޕްޓެންބަރ 2018 | އަންގާރަ 16:43
އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލް
އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލް
ފޭސްބުކް
މާރާމާރީ ހާދިސާ
އެމްއެމްއޭ ކައިރިން މަރާލި ޒުވާނާގެ މައްސަލައިގައި ހޯދަން އިއުލާނު ކުރި މީހާ ހައްޔަރުކޮށްފި
 
މިހާދިސާގައި ހައްޔަރުކުރީ ހަމްދޫން ހަމްޒަތު
 
މިއީ އުމުރުން 18 އަހަރުގެ ޒުވާނެއް
 
އާގިލް މަރާލާފައިވަނީ އެމްއެމްއޭ ކައިރިން

އެމްއެމްއޭ ކައިރީގައި ހަމަލާދީ މަރާލި މީހާގެ މަރުގެ މައްސަލައިގައި ހޯދަމުންދިޔަ މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެމްއެމްއޭ ކައިރީގައި ހިންގި މާރާމާރީގެ މައްސަލައިގެ ތުހުމަތުގައި ހޯދަމުންދިޔަ ލ.ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތު ހޯމަ ދުވަހުގެ ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ވަނީ ހަމްދޫނު ހަމްޒަތު ހޯދުމަށް ހޯމަ ދުވަހު އިއުލާނުވެސްކޮށްފައެވެ.

މިދިޔަ އޮގަސްޓް 31 ވަނަ ދުވަހުރޭ ހިނގި މާރާމާރީގައި އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލް ވަނީ މަރުވެފައެވެ. ތޫނު އެއްޗަކުން ހަމަލާދީގެން އާގިލް މަރާލާފައިވާ އިރު މިފާއިތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މާލޭގެ ގްރޫޕްތަކެއްގެ މެދުގައި މާރާމާރީތަކެއް ހިނގާފައިވެއެވެ.

މިހާރު މާލޭގައި ސިލްސިލާގޮތެއްގައި ހިނގަމުންދާ މާރާމާރީތަކާ ގުޅިގެން ފުލުހުން އޮގަސްޓް 31 ވަނަ ދުވަހު ނެރުހު ބަޔާނުގައި ބުނެފައިވަނީ ނުރައްކާތެރި މާރާމާރީތައް ހުއްޓުވައި، މިފަދަ އަމަލުތައް ހިންގުމަށް ހިތްވަރުދޭ ފަރާތްތައް ހޯދައި، މިފަދަ ކުށްތައް މަދުކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ފުލުހުން ކުރަމުންދާ ކަމަށާއި ނުރައްކާތެރި އަމަލުތަކަށް މަގުފަހިވާ ގޮތަށް ހަރަކާތްތެރިވާ ނުވަތަ އެފަދަ އަމަލުތަކަށް ހިތްވަރު ދޭ ފަރާތްތަކަށް ގާނޫނީ ނިޒާމުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
0%
0%
0%
0%
0%
ކޮމެންޓް