Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފްލެޓު ލިސްޓް ހާމަނުކުރުން

ފުލެޓު ލިސްޓު ބުރާސްފަތި ދުވަހު އިއުލާނު ނުކުރާނެކަން މިނިސްޓަރު ހައިދަރު ހާމަކުރައްވައިފި

މިނިސްޓަރު ހައިދަރު ވަނީ ޖަވާބެއް ދިނުމުގެ ބަދަލުގައި ހަފްތާ ފެށެނީ ކޮން ދުވަހަކުތޯ ސުވާލު ކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 14 ނޮވެމްބަރު 2024 | ބުރާސްފަތި 06:54
ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވާހަކަދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވާހަކަދައްކަވަނީ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޭން ނިންމި 4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު ބުރާސްފަތި ދުވަހު ހާމަނުކުރާނެކަން ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ހާމަކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ މި ހަފްތާގެ ނިޔަލަށް ލިސްޓް ހާމަކުރާނެ ކަމަށް ނިންމާފައިވާ ކަމަށެވެ.

މިއަދަކީ ބުރާސްފަތި ދުވަސް ކަމަށްވާއިރު، ދެވަނަ ފަހަރަށް ސުވާލުކުރުމަށް މިނިސްޓަރު ހައިދަރު ވަނީ ޖަވާބެއް ދިނުމުގެ ބަދަލުގައި ހަފްތާ ފެށެނީ ކޮން ދުވަހަކުތޯ ސުވާލު ކޮށްފައެވެ. އަދި ވިދާޅުވީ ހަފުތާ ފެށޭ ދުވަހުގެ އެއް ދުވަސް ކުރިން ފުލެޓު ލިސްޓު އިއުލާނު ކުރާނެ ކަމަށެވެ.

ފްލެޓް ލިސްޓް އާންމުކުރުން ލަސްވެ، ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވެފައިވާއިރު، މިނިސްޓަރު ހައިދަރު ވަނީ ލިސްޓް ނެރޭނެ ކަމަށް ވިދާޅުވެ، އެކި ތާރީހުތައް ދެއްވާފައެވެ.

އެގޮތުން އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ލިސްޓް އާއްމު ކުރާނެ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވި ނަމަވެސް އެމަހުގެ 28 ވަނަ ދުވަހު ހައުސިން މިނިސްޓްރީން ވަނީ އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެ، ބަޔާނެއް ނެރެފައެވެ. އަދި ނޮވެންބަރު މަހުގެ މިހަފްތާގެ ތެރޭގައި ވެސް ލިސްޓް އާއްމު ކުރާނެކަން ހާމަކޮށްފައިވެއެވެ. އަދި ޖުމްހޫރީ ދުވަހާއި ގުޅިގެން އާދިއްތަ އަދި ހޯމަ ދުވަސް ސަރުކާރު ބަންދު ދުވަހުގެ ގޮތުގައި ކަނޑައެޅުމުން ހަފްތާ ގުނަމުންދަނީ ބަންދު ދުވަސްތައް ހިމަނައިގެން ތޯ އަދި ނޫންތޯ ބައެއް މީހުން ސުވާލު އުފައްދާފައިވެއެވެ. ނަމަވެސް މިކަމަށް ސަރުކާރުގެ ފަރާތުން ޖަވާބު ދީފައިނުވެއެވެ.

އިތުބާރު ހުރި ފަރާތަކުން ރާއްޖެއެމްވީއަށް ބުނީ ފްލެޓު ލިސްޓު އާއްމު ކުރުމަށް ނިންމާފައިވަނީ 17 ނޮވެންބަރު 2024 ވާ އާދިއްތަ ދުވަހެވެ.

މިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4,000 ފްލެޓް ލިބޭ ފަރާތްތައް ގެޒެޓްކޮށް، އޭގެ ތެރެއިން 3,778 ފަރާތާއެކު އެގްރީމެންޓް ވެސް ވަނީ ހަދާފައެވެ.

ފްލެޓް ދޫކުރުމުގެ މައްސަލައާ ގުޅޭގޮތުން އަދިވެސް ވާނުވާ ނޭނގޭ ކަމަށް ފްލެޓް ލިސްޓުގައި ހިމެނޭ ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާއިރު، ސަރުކާރުން ދައްކާ ވާހަކަތަކުގެ ރާގު އެކި ފަހަރު ބަދަލުވަމުންދާތީ އެކަމުގެ ކަންބޮޑުވުން އެތައް ފަހަރެއްގެ މަތިން ފާޅުކޮށް، ސިލްސިލާކޮށް މުޒާހަރާވެސް ދަނީ ކުރަމުންނެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު