Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްޔިތުންގެ މަޖިލިސް

ބިލެތްދޫ ދައިރާގެ މެމްބަރަށް...!

އަޅުގަނޑު އެ ދާއިރާއަކަށް ނިސްބަތްވާ، ބިލެތްދޫ ދާއިރާގެ މައިކު، ވިހި ވަނަ މަޖިލީހުގައި ދިއްލުނު މިއީ ފުރަތަމަ ފަހަރެވެ. އެކަމަށް ސަމާލުކަން ދެވޭނެ ނޫން ހެއްޔެވެ؟

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2024 | ބުރާސްފަތި 07:50
ބިލެތްދޫ ދާއިރާގެ މެމްބަރު އަޙުމަދު އަސްލަމް

ބިލެތްދޫ ދާއިރާގެ މެމްބަރު އަޙުމަދު އަސްލަމް

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން، ބަޖެޓުގެ ބަހުސް ފަށައިގެން ކުރިއަށް ގެންދަނީ އެވެ. ކޮންމެ އަހަރެއްގެ ވެސް ފަހު ކޮޅު، އަނެއް އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅައިގެން، އެއަށް ބަހުސް ކުރަމުން އަންނައިރު، އެއީ މެމްބަރުން އެންމެ ބޭނުންވާނެ ވަގުތު ކޮޅަށް ވާނެ އެވެ. ބަޖެޓު ބަހުސްގައި ކޮންމެ މެމްބަރަކަށް ވެސް 15 މިނެޓުގެ ވަގުތު ކޮޅެއް ލިބޭއިރު، މެމްބަރުން ބޭނުން ވަނީ އެ ވަގުތުގެ ތެރޭގައި، އެ މެމްބަރަކު ނިސްބަތްވާ ދާއިރާ އަށް ހުރި ކަންކަމުގެ ވާހަކަ އާއި، ނެތް ކަންކަމުގެ ވާހަކަ އަދި ވަކިން ޚާއްސަަކޮށް އެންމެ ބޭނުންވާ ކަންކަމުގެ ވާހަކަ ދައްކާށެވެ.

ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަޑު އަހަން އިނީ މާ ބޮޑު ސަމާލުކަަމެއް ނުދީ އެވެ. ސަބަބެއް ވެސް އޮތީމަ އެވެ. އެއީ ބަޖެޓު ބަހުސްގައި މެމްބަރުން މާ އެދެވޭ އަދި އޮއްޓަރެއް ހުރި ވާހަކައެއް ނުދަައްކާތީ އެވެ. އެހެން ނަމަވެސް، 30 މިނެޓުގެ ހުސް ވަގުތު ކޮޅަކަށް މަޖިލިސް މެދު ކަނޑާލުމަށްފަހު، 11 ޖެހިއިރު ދެން މަޖިލިސް ފެށުމާއެކު ކުޑަކޮށް މަޖިލީހަށް ސަމާލުކަން ދެވުނެވެ. އެއީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއް ރަހީމް ޢަބްދުﷲ ފުރުސަތު ދެއްވީ، ބިލެތްދޫ ދާއިރާގެ މެމްބަރު އަޙުމަދު އަސްލަމަށެވެ. އަޅުގަނޑު އެ ދާއިރާއަކަށް ނިސްބަތްވާ، ބިލެތްދޫ ދާއިރާގެ މައިކު، ވިހި ވަނަ މަޖިލީހުގައި ދިއްލުނު މިއީ ފުރަތަމަ ފަހަރެވެ. އެކަމަށް ސަމާލުކަން ދެވޭނެ ނޫން ހެއްޔެވެ؟ ދެން ސަމާލުކަން ދޭން ބޭނުންވީ ބަޖެޓާ ގުޅިގެން މެމްބަރު ދައްކަވާ ވާހަކަ އަށެވެ.

ބަޖެޓު ބަހުސްގައި މެމްބަރު ދެއްކި ވާހަކައިގެ އެކި ހިސާބުތަކަށް ނަޒަރު ހިންގާލާނަމެވެ. ކޮންމެ ދެ ނޭވާ ދޭތެރަކުން މެމްބަރު ވިދާޅުވާ ވާހަކައެއް ފާހަގަވި އެވެ. އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ކުޅަދާނަކަމާއި، ވިސްނުންތެރިކަމާއި، އޯގާތެރިކަމާއި، އެމަނިކުފާނުގެ މޮޅު ވާހަކަ އެވެ. ހިތަށް އެރި އެވެ. މެމްބަރު ތެދުވެ މި ހުރީ ރައީސް މުޢިއްޒު އަށް ހުޝާމަދު ކުރަން ކަމަށް ވަނީ ނަމަ، އެކަމުން މެމްބަރަށް ރައީސް މުޢިއްޒު ފުލް މާކްސް ދެއްވާނެ އެވެ. އެކަމަކު މެމްބަރު ތެދުވެ އެ ހުރ ދާއިރާގެ ޙައްޤަގައި ވާހަކަ ދައްކަވަން ނަމަ، ލިބޭނީ ސުމެކެވެ.

ބަޖެޓު ބަހުސްގެ 15 މިނެޓު ނިންމާލިއިރު، މެމްބަރުގެ ދުލުން ބިލެތްދޫ ދާއިރާގެ ނަން ވެސް ކިޔާލެވުނީ ދެތިން ފަހަރަކު އެވެ. އަޅުގަނޑުމެންގެ ދާއިރާ އަށް ބޭނުންވާ ކަމެއްގެ ވާހަކަ ދައްކާލާނެ ހިތްވަރު މެމްބަރުގެ ކިބައިގައި ނެތެވެ. ކުރީ ސަރުކާރުގެ ވާހަކަ ދައްކަވަމުން ވިދާޅުވި ވާހަކަ އެއް އަޅައިގަތެވެ. އެއީ މިދިޔަ ފަސް އަހަރު ބިލެތްދޫ ދާއިރާގައި ގިނަ މަޝްރޫއުތަކެއް ހިންގަވާފައި ހުރި ވާހަކަ އެވެ. އޭރު އަޅުގަނޑުމެންގެ ދާއިރާގެ މެމްބަރަކަށް ހުންނެވި އަޙުމަދު ހަލީމް (ދޮންބިލެތް)ގެ ބުރަ މަސައްކަތާ އެކު ދާއިރާގައި ގިނަ މަޝްރޫއުތަކެއް ނިމި، ފެށިފައިވާ ވާހަކަ އެވެ. އެކަމަށްޓަކައި އެ މެމްބަރަށް ޝުކުރު ވެސް އަދާކުރެއްވި އެވެ.

މެމްބަރުގެ ވާހަކައިގައި ބަޖެޓުގައި ބިލެތްދޫ ދާއިރާގެ ރަށްތަކުގެ ނަން ނެތްކަން ވެސް ފާހަގަ ކުރި އެވެ. އެހެން ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ގެނެސްދޭނެ މަގު ބަޖެޓުގައި އޮތް ކަމަށް ވެސް ވިދާޅުވި އެވެ. އަޅުގަނޑު ހިތަށް އެރި އެވެ. ކަންބޮޑުވުމަށް ޙައްލު ގެންނަ ވާހަކަ ދައްކަވާނީ ކިހިނަކުން ހެއްޔެވެ؟ ބަޖެޓު ބަހުސްގައި ދާއިރާ އަށް ބޭނުންވެފައި ހުރި ކަންކަން ފާހަގަ ކުރެއްވުމުގެ ބަދަލުގައި، މެމްބަރު ކުރެއްވި ކަމަކީ މަޖިލީހުގެ ރައީސް ހިސާބު ޖައްސަވަން މޮޅު ވާހަކަ ދެއްކެވީ އެވެ. ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ޖެއްސެވި ހިސާބު ދިމާވި ވާހަކަ އާއި، ސަރުކާރުގެ ހިސާބު މުދައްރިސް މޮޅު ވާހަކަ ދެއްކެވީ އެވެ.

މެމްބަރަށް ދަންނަވާލަންތޯ އެވެ! ދާއިރާގައި ހުރީ ކުރީ ސަރުކާރުގައި ފަށާފައިވާ މަޝްރޫއުތެކެވެ. އޭގެ ތެރެއިން ގިނަ މަޝްރޫއުތައް ނިމި، ހަމަ އެއާ އެއް އަދަދެއްގެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ގޮސް ގޮސް އޮއްވާ ސަރުކާރު ބަދަލުވީ އެވެ. އެ ބަދަލުވުމާއެކު މަޝްރޫއުތައް މަޑު ޖެހުނު ގޮތަށް، އަދިވެސް އެ ހުރީ އެވެ. ސަރުކާރަށް އެއް އަހަރު ވަނީ އެވެ. ދާއިރާގަި ތަރައްޤީގެ މަޝްރޫއަކަށް އަދި ހައިމާކި ދަތް ގަނޑެއްގެ ފަސްކޮޅެއް ވެސް މިވީ އެއް އަހަރު ތެރޭގައި އެޅިފައި ނެތެވެ. މެމްބަރު ކުވާ ކުރެއްވިތާ ހަތް މަސް ދުވަސްވީ ފަހުން ދާއިރާގެ މައިކު ދޮށަށް ތެދުވެވަޑައިގެން، ދެއްކެވި އަލަތު ވާހަކައިގައި ވެސް އޮތީ ރައީސް މުޢިއްޒު އަށް ސަނާ ކިޔުމާއި، ހުޝާމަދު ކުރުމެވެ. މިއީ ދާއިރާގެ ރައްޔިތުން، އެ ރައްޔިތުންގެ މެމްބަރުންގެ ފަރާތުން އުންމީދު ކުރާ ކަންކަމެއް ނޫނެވެ. ހުޝާމަދު ވެސް ކުރާށެވެ. އެހެން ނަމަވެސް، ފުރަތަމަ ދާއިރާގެ ޙައްޤުގައި ދޫ ހަލުވާލާށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"ފައިސާ ގޯނި އުފުއްލެވި" މެމްބަރަށް. ނަމާދަށް އެރުން މަނާކުރީ ކޮން އިރަކުތޯއެވެ؟

"ފައިސާ ގޯނި އުފުއްލެވި" މެމްބަރަށް. ނަމާދަށް އެރުން މަނާކުރީ ކޮން އިރަކުތޯއެވެ؟

04 އެޕްރީލު 2020

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު