Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ވެރިކަން ލިބިއްޖެނަމަ ދެ އަހަރުގެ ތެރޭގައި މަހިބަދޫގެ ބިން ހިއްކައި ގޯތި ދޫކުރާނަން: ރައީސް ޔާމީން

3 ސެޕްޓެމްބަރު 2018 | ހޯމަ 08:53

މަހިބަދޫގެ ފުޓްބޯޅަ ދަނޑު ފަސްގަނޑު ލެވެލް ކުރުމަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ މިސަރުކާރުން ޚަރަދުކޮށްފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 3 ސެޕްޓެމްބަރު 2018 | ހޯމަ 08:53
ރައީސް ޔާމީން އދ. މަހިބަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސް ޔާމީން އދ. މަހިބަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންތިހާބު ކޮށްދެއްވައިފިނަމަ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އދ. މަހިބަދޫ ބިން ހިއްކައި ގޯތި ދޫކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

އަރިއަތޮޅުގެ ބައެއް ރަށްރަށަށާއި ނިލަންދެ އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ހޯމަ ދުވަހު އދ. މަހިބަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޔާމީން ވިދާޅުވީ މަހިބަދޫގައި ބިމުގެ ތާށިކަން ހުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން މިމަހުގެ 23 ވަނަ ދުވަހު ރައީސް ޔާމީނަށް ވޯޓް ދެއްވައި އިންތިހާބު ކޮށްދެއްވިމަށެވެ. އޭރުން ދެ އަހަރުގެ ތެރޭގައި މަހިބަދޫ ރައްޔިތުން ގޯޗަށް އެދެންވީ ކަމަށާއި ދެ އަހަރުގެ ތެރޭގައި މަހިބަދޫ ބިން ހިއްކާ ނިންމަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

Advertisement - newsAdvertisement

މަހިބަދޫއަކީ 20 ހެކްޓަރު ވަރުގެ ރަށެއް ކަމަށާއި 10 ވަރަށް ހެކްޓަރުގެ ބިން މަހިބަދޫން ހިއްކެން އެބައޮތް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މަހިބަދޫއަށް އެމްޑީޕީން ޚަރަދުކޮށްފައިވަނީ 50 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް މިސަރުކާރުން 114 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.

ރައީސް އޮފީހުން ނެރެފައިވާ "ރަށްވެހި ތަރައްގީ" ފޮތުގައިވާ މައުލޫމާތަށް ރިއާޔަތްކޮށް މިސަރުކާރުން ހިންގަމުންދާ އަދި ނިމިފައިވާ މަޝްރޫއުތަކާއި އެ މަޝްރޫއުތަކަށް ހިނގާފައިވާ ޚަރަދުތަކުގެ ވާހަކަތައް ދައްކަވާއިރު، އެ ފޮތުގައި ދެކޮޅު ނުޖެހޭ އަދި ދޮގު މައުލޫމާތުތައް ހިމަނާފައިވާ ކަމަށާއި ބައެއް މަޝްރޫތަކުގައި އެކަށީގެންވާ އަގަށްވުރެ މާބޮޑުކޮށް މަޝްރޫއުތައް ހިންގާފައިވާކަން ރައްޔިތުން ދަނީ ފާހަގަކޮށް އެކަންކަން ފެންމަތި ކުރަމުން ނެވެ.

އެގޮތުން މަހިބަދޫ ފުޓްބޯޅަ ދަނޑުގެ ފަސްގަނޑު ލެވެލް ކުރުމަށް 5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަން ފާހަގަކުރެވެއެވެ. އެއީ މަހިބަދޫގައި ފެންވަރު ރަނގަޅު މިސްކިތެއް ބިނާކުރެވޭ އަދަދުގެ ފަައިސާ އެވެ.

ރައީސް ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އެމްޑީޕީން ސަރުކާރު ހިންގި ދުވަސް ވަރަކީ ރާއްޖޭގައި މިހާތަނަށް އެންމެ އަނިޔާވެރި އެންމެ ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިންގި ވެރިކަން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ނަމަވެސް ރައީސް ޔާމީންގެ މި ސަރުކާރުން ހިންގާފައިވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލައަކީ މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އެންމެބޮޑު ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަ ކަމަށް ހުދު ރައީސް ޔާމީން ވަނީ އަމިއްލަފުޅަށް އިއުތިރާފު ވެޑައިގަންނަވާފަ އެވެ. މީގެ އިތުރުންވެސް ރައީސް ޔާމީންގެ މިސަރުކާރުގެ ބޮޑެތި ކޮރަޕްޝަނާއި ހިޔާނާތުގެ ތުހުމަތުތައް އޮޑިޓް ރިޕޯޓްތަކުން ވަނީ ފެންމަތި ވެފަ އެވެ.

އަނިޔާވެރިކަމަށް ބަލާލިޔަސް ރައީސް ޔާމީންގެ މިސަރުކާރުގެ ދުވަސް ވަރަކީ އެންމެގިނަ ސިޔާސީ ލީޑަރުންނާއި ބޭފުޅުން ޖަލަށްލި ދުވަސްވަރެވެ. އެގޮތުން އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން މިހާރުވެސް ތިއްބެވީ ޖަލުގަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް