Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިހާބު 2018

ކޮލަމާފުށި ޖަލްސާގެ ކުރީ ސަފު ހައްޔަރު ކުރި މީހުންނަށް ހާއްސަކޮށްފި

ފުލުހުން ވަނީ 18 މީހަކު ކޮލަމާފުށިން ހައްޔަރުކޮށްފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2018 | އާދީއްތަ 06:03
ގުޅިފައިވާ ޕާޓީތަކުން ކޮލަމާފުށީގައި ބޭއްވި ޖަލްސާގެ ތެރެއިން

ގުޅިފައިވާ ޕާޓީތަކުން ކޮލަމާފުށީގައި ބޭއްވި ޖަލްސާގެ ތެރެއިން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުން ގއ. ކޮލަމާފުށީގައި އިއްޔެ ބޭއްވި ޖަލްސާގެ ކުރީ ސަފުގެ ގޮނޑިބަރި، އެ ރަށުން ހައްޔަރު ކުރި 18 މީހުންނަށް ޚާއްސަކޮށްފި އެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ ޖަގަހައަށް ގެއްލުން ދިން ކަމަށް ބުނެ އެ ރަށުން ހައްޔަރު ކުރި 18 މީހުންނަށް ޚާއްސަކޮށް، އެމީހުންގެ ނަމާއި ފޮޓޯ އެ ޖަލްސާގެ ކުރީ ސަފުގެ ގޮނޑިބަރީގައި ވަނީ ބަހައްޓާފަ އެވެ.

Advertisement - newsAdvertisement

ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ކޯޓު އަމުރެއްގައި ބުނެފައި ވަނީ އޯގަސްޓް 29 ވަނަ ދުވަހު ހަވީރު 06:00 ޖަހާކަން ހާއިރު ރަށުތެރޭގައި ހަމަނުޖެހުން ހިންގައި މުދަލަށް ގެއްލުންދީ މާރާމާރީ ހިންގާ މަސައްލައިގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މައްސަލައިގައި ހެކިބަސް ދިނުމަށް ތިބޭ މީހުންނަށް ނުފޫޒެއް ފޯރުވާފާނެ ކަމަށް ފެންނާތީ އާއި މުޖުމަތައުގެ ސަލާމަތާއި ރައްކާތެރިކަމަށް އެމީހުން ހައްޔަރު ކުރަން ބޭނުންވާ ކަމަށެވެ.

ކޮލަމާފުއްޓަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހޮނިހިރު ދުވަހު ވަޑައިގަތުމުގެ ކުރިން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ސަޕޯޓަރުން ދިދަ ފަތި ދެމުމާއި ބެނާ ހަރުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. މިކަންކަމުގެ ތެރޭގައި ޕީޕީއެމްއަށް ނިސްބަތްވާ ފަރާތްތަކާ ދެމެދު ހިނގާދިޔަ ހަމަނުޖެހުންތަކުގައި ދެފަރާތަށް ނިސްބަތްވާ ސަޕޯޓަރުންނަށް ވެސް އަނިޔާ ލިބިނުވެ.

އިބޫގެ ދަތުރުފުޅާ ދިމާކޮށް ކޮލަމާފުށީގައި ހަމަނުޖެހުން ހިންގާފައިވާ އިރު ރައީސް އަބްދުﷲ ޔާމީން ރަށްރަށަށް ވަޑައިގަންނަވާ އިރު އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ދިދަފަތިތައް ނަގައި ތަކެއްޗަށް ގެއްލުންދޭ މައްސަލަ ވަނީ އާންމު ވެފައެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ހުޅުމާލެ އަށް ވަޑައިގެންނެވި އިރު އެމަނިކުފާނަށް ހަމަލާދޭން އުޅުނު މައްސަލައިގައި އެ މީހުންގެ ވީޑިއޯތައް ފެންނަން ހުރި ނަމަވެސް ފުލުހުން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މިދިޔަ ބުރާސްފަތި ކޮލަމާފުށިން ފުލުހުން ހައްޔަރު ކުރި މީހުންގެ މައްޗަށް މިހާރު ޓެރަރިޒަމްގެ ތުހުމަތުކޮށް، އެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއްވެސް ކޯޓުން ވަނީ ޖަހާފައެވެ.

ހޮނިހިރު ދުވަހު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވަނީ އެ ރަށުން ހައްޔަރުކުރި ފަރާތްތައް ހަމަ މިހާރުން މިހާރަށް މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

ސިޔާސީ ހަރަކާތްތަކަކީ ކޮންމެ ޕާޓީއެއްގެ ކޮންމެ ފަރުދަކަށް ވެސް ތަފާތު ކުރުމެއް ނެތި ލިބިދޭން ޖެހޭ ޙައްޤެއްކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ކޮލަމާފުށިން ހައްޔަރު ކުރި މީހުންނަކީ ކުށްވެރިން ނޫން ކަމަށާއި އެމީހުންނަކީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ކުރިޔަށް ގެންދިޔަ ހަރަކާތަކުގައި ބައިވެރިވެގެން އެމަސައްކަތުގައި އުޅުނު ބައެއް ކަމަށެވެ.

ކޮލަމާފުށީގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން މި ދަނޑިވަޅުގައި އިބޫ އެ ރަށަށް ވަޑައިނުގަތުމަށް ފުލުހުން އިލްތިމާސްކޮށްފައި ވާއިރު، އިބޫ ވަނީ ފުލުހުންގެ އިރުޝާދަށް ބެލުމެއް ނެތި އެ ރަށަށް ވަޑައިގެންފަ އެވެ. އަދި ކޮލަމާފުށިންނާއި މުޅި ހުވަދޫ އަތޮޅުން އިބޫއަށް ހޫނު މަރުހަބާއެއް ކިޔާފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު