Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ރޭސް 2018

އިބޫ ކޮލަމާފުއްޓަށް ވަޑައިގަންނަވާނެ، ކެންޑިޑޭޓްގެ ސެކިއުރިޓީ ބަލަހައްޓާނީ އެމްއެންޑީއެފުން: މާރިޔާ

30 އޯގަސްޓު 2018 | ބުރާސްފަތި 13:48

ފުލުހުންނަކަށް ވިދާޅެއް ނުވެވޭނެ ވަޑައިނުގަންނަވާށެކޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 30 އޯގަސްޓު 2018 | ބުރާސްފަތި 13:48
ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވަހަކަދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވަހަކަދައްކަވަނީ

ފުލުހުން ބުނިނަމަވެސް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ގއ ކޮލަމާފުއްޓަށް ވަޑައިގަންނަވާނެ ކަމަށާއި ގއ. އަށާއި ގދ. އަށް ކުރައްވާ ދަތުރުފުޅުގެ ޝެޑިއުލްއަށް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށް އިބޫގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވެފައިމިވަނީ ގއ. ކޮލަމާފުށީގައި ބުދަ ދުވަހުގެރޭ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެ ރަށަށް ކުރައްވާ ދަތުރު ފަސްކުރަން ފުލުހުން އެދިފައިވަނިކޮށެވެ.

Advertisement - newsAdvertisement

އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އެހެންވެ، ކޮލަމާފުށީގެ ހާލަތު ހުރި ގޮތުން އެ ރަށަށް އިބޫ ކުރައްވާ ދަތުރު ފަސްކުރަން އެދިވަޑައިގެންފައިވާނެ ކަމަށް ވިދާޅުވި އެވެ.

ޝިފާންގެ ވާހަކަތަކާއި ގުޅިގެން ގުޅިފައިވާ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުރާސްފަތި ދުވަހު މާރިޔާ ވިދާޅުވީ ހުވަދު އަތޮޅުން ރައީސް ޔާމީން ބަލިވެއްޖެ ކަމަށާއި އެހެން ވިދާޅުވަނީ ޑޯޓުޑޯ ހިންގަވާ ހިސާބު ޖެއްސެވުމަށް ފަހުގައި ކަމަށެވެ. މާރިޔާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބެމުން އަންނަ ތާއީދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށާއި އެމަނިކުފާނު ރަށްރަށަށް ވަޑައިގެންނެވުމުން އެރަށަކުން ލިގެންދާ ތާއީދު އެތައް ގުނައަކުން އިތުރުވަމުންދާ ކަމަށެވެ.

"ހާމަކޮށްލިން ހުވަދޫން ރައީސް ޔާމިން ބޮޑުތަނުން ބަލިވެއްޖެއޭ. މިވާހަކަ މިދައްކަނީ އާދައިގެ ގޮތެއްގައި އެބޭފުޅުން ދައްކަވާ ގޮތެއްގައެއް ނޫން. ދޮރުން ދޮރަށް ހިނގާ، ހިސާބު ޖަހައި ދައްކަން ޖެހޭ ވާހަކަ ދައްކާފައި އަޅުގަނޑުމެން ބުނާއެއްޗެއް މީ. އޭގެ އިތުރުން އެންމެންނަށްވެސް އެނގޭ ކެންޑިޑޭޓް އެތަނަކަށް ވަޑައިގަތުމުން ތާއީދު އިތުރުވެގެން ދާކަން. ޚާއްޞަކޮށް އަޅުގަނޑުމެންގެ ކެންޑިޑޭޓް ރަށްރަށަށް އަރުއްވާފައި ވަޑައިގަތީމަ އެތަނެއްގައި އޮންނަ ތާއީދު ދެގުނަ ތިންގުނަ އިތުރުވެގެން ދާތަން މި ފެންނަނީ" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ކޮލަމާފުއްޓަށް އިބޫ މިވަގުތަށް ވަޑައިނުގަތުމަށް އެދޭކަމަށް ޝިފާން ވިދާޅުވުމުން ހިތާމަކުރައްވާ ކަމަށާއި ކެންޑިޑޭޓްގެ ސެކިއުރިޓީ ބަލަހައްޓަވަނީ އެމްއެންޑީއެފުން ކަމަށެވެ. އަދި ކެންޑިޑޭޓަށް ފުރިހަމަ ސެކިއުރިޓީ ދެއްވާނެކަމަށް އެމްއެންޑީއެފުން ވިދާޅުވަމުންދާއިރު އެބޭފުޅުންނަށް ކަމެއް ނުވިކަމަށް ދައްކަން ފުލުހުން އެފަދަ ވާހަކައެއް ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ފުލުހުން އެގޮތައް ބުނިކަމުގައި ވީނަމަވެސް އިބޫ ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ޝެޑިއުލްއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި ހަމަޖެހިފައިވާ ދުވަހަށް ގއ ކޮލަމާފުއްޓަށް ވަޑައިގަންނަވާނެ ކަމަށެވެ.

"ފުލުހުންގެ ޒިންމާއަކީ އަމަންއަމާންކަން އެތަނެއްގައި ޤާއިމް ކުރުން. ތިމަންމެންނަށް އެކަން ކުރެވޭކަށް ނެތޭ ވިދާޅުވެ ހުއްޓާލެވޭގޮތަކަށް ނޫން މިރާއްޖޭގައި ޤާނޫންތައް ހެދިފައި ހުންނަނީކީ. އެމްއެންޑީއެފްގެ ކަމަކީ ކެންޑިޑޭޓަށް ސެކިއުރިޓީ ދިނުން. އެއީ މުޅިން ދެކަމެއް"މާރިޔާ ވިދާޅުވިއެވެ.

ކޮލަމާފުށީގައި ހަރަކާތްތެރިވާ އެމްޑީޕީ އާއި ޕީޕީއެމްގެ ސަޕޯޓަރުންނާ ދެމެދު ބުދަ ދުވަހުގެރޭ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެމްޑީޕީގެ 18 މީހަކު ފުލުހުން ވަނީ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފަ އެވެ. ދެބައެއްގެ ދެމެދުގައި ހިނގި ކަމެއްގައި ހަމައެކަނި އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ހައްޔަރު ކުރީތީ ގިނަބައެއްގެ ފާޑުކިއުން ވަނީ ސަރުކާރަށާއި ފުލުހުންނަށް އަމާޒު ވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 މާރިޗު 2017

ޖަލްސާ ފެށުނީއްސުރެ ސިސްޓެމްގައި ވަނީ މައްސަލަ ޖެހިފައި: އިބޫ

27 މާރިޗު 2017
ޖަލްސާ ފެށުނީއްސުރެ ސިސްޓެމްގައި ވަނީ މައްސަލަ ޖެހިފައި: އިބޫ
26 މާރިޗު 2017

މަސީޙުގެ ވޯޓު އޮބްޒަރވް ކުރުމަށް ނޫސްވެރިންނާއި ޖަމިއްޔާތައް ދިއުމަށް އިބޫ ގޮވާލައްވައިފި

26 މާރިޗު 2017
މަސީޙުގެ ވޯޓު އޮބްޒަރވް ކުރުމަށް ނޫސްވެރިންނާއި ޖަމިއްޔާތައް ދިއުމަށް އިބޫ ގޮވާލައްވައިފި
25 މާރިޗު 2017

އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ

25 މާރިޗު 2017
އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ
12 މާރިޗު 2017

ރައީސް މައުމޫނަށް ސެކިއުރިޓީ ދިނުން ހުއްޓައެއް ނުލަން:އެމްއެންޑީއެފް

12 މާރިޗު 2017
ރައީސް މައުމޫނަށް ސެކިއުރިޓީ ދިނުން ހުއްޓައެއް ނުލަން:އެމްއެންޑީއެފް
09 މާރިޗު 2017

ރައީސް މައުމޫނަށް ދެއްވާ ސެކިއުރިޓީ ހުއްޓައެއް ނުލެވޭނެ: އަބްދުﷲ ރިޔާޒް

09 މާރިޗު 2017
ރައީސް މައުމޫނަށް ދެއްވާ ސެކިއުރިޓީ ހުއްޓައެއް ނުލެވޭނެ: އަބްދުﷲ ރިޔާޒް
22 ފެބުރުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

22 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ
21 ފެބުރުއަރީ 2017

އަތޮޅުތައް "ވިއްކާލުމަށްފަހު"، ރައީސް ޔާމީން ފިއްލަވާ ވަޑައިގަންނަވާނެ: ޑރ. ޑީޑީ

21 ފެބުރުއަރީ 2017
އަތޮޅުތައް "ވިއްކާލުމަށްފަހު"، ރައީސް ޔާމީން ފިއްލަވާ ވަޑައިގަންނަވާނެ: ޑރ. ޑީޑީ
06 ފެބުރުއަރީ 2017

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

06 ފެބުރުއަރީ 2017
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ
29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް