Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ރޭސް 2018

އެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަނެއް އޮތް ނަމަ މިސަރުކާރުން ފިޔަވަޅު ނާޅައެއް ނޯންނާނެ: މާރިޔާ

27 އޯގަސްޓު 2018 | ހޯމަ 09:35

އެމްޑީޕީގެ ކޮރަޕްޝަނެއް އޮތް ކަމަކަށް އެއްވެސް މުއައްސަސާއަކުން ސާބިތުވެފައެއް ނެތް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 27 އޯގަސްޓު 2018 | ހޯމަ 09:35
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ

އެމްޑީޕީ ސަރުކާރުގައި ބޮޑެތި ކޮރަޕްޝަންތައް ހިންގާފައިވާ ކަމަށް ބުނެ ޕީޕީއެމުން ވާހަކަ ދައްކަނީ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ ކޮރަޕްޝަންތަކުގެ ވާހަކަ ހުއްޓުވުމަށް ކަމަށާއި އެމްޑީޕީ ސަރުކާރުގެ އެފަދަ ކަމެއް އޮތް ނަމަ މިސަރުކާރުން ފިޔަވަޅު ނާޅައި ނޯންނާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ބާއްވާ ސިލްސިލާ ޕްރެސް ކޮންފަރެސްގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ހޯމަ ދުވަހު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ކޮރަޕްޝަނެއް ހިނގާފައިވާ ކަމަކަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން މިހާތަނަށް ސާބިތު ވެފައެއް ނެތް ކަމަށާއި އަދި އެއްވެސް ބޭފުޅަކާ ދޭތެރޭގައި އެފަދަ އެއްވެސް ފިޔަވަޅެއް ވެސް އެޅިފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

މާރިޔާ ވިދާޅުވީ ވޭތުވެ ދިޔަ ފަސް އަހަރަކީ މިސަރުކާރުން ބޭނުން ކަމެއް ކުރެވޭވަރަށް ހުރިހާ ބާރެއް ލިބިދީފައި އޮތް ފަސް އަހަރު ކަމަށާއި ބޭނުން ކަމެއް ބޭނުން ގޮތަކަށް ކުރުމަށްޓަކައި ޤާނޫނު އަސާސީއާ ޚިލާފަށް ޤާނޫނުތަކަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި މިސަރުކާރުން އައީ ބޭނުންހާ ކަމެއް ކުރަމުން ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަނެއް އޮތް ނަމަ މިހާތަނަށް އައިރު އޮންނާނީ ބައްލަވާފައި ކަން ފާހަގަކުރައްވަމުން މާރިޔާ ވިދާޅުވީ މިހާރު އެމްޑީޕީގެ ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަ ދައްކަވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ވާހަކަ ދައްކާތީ އެވާހަކަ ދެއްކިޔަ ނުދިނުމަށް ކަމަށެވެ.

"އެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަނެއް ހިނގާފައިވާ ކަމަކަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއްވެސް މުއައްސަސާއަކުން މިހާތަނަށް ސާބިތު ވެފައެއް ނުވޭ. އަދި އެއްވެސް ބޭފުޅަކާ ދޭތެރޭ ވެސް އެފަދަ އެއްވެސް ފިޔަވަޅެއް އެޅިފައެއް ނުވޭ. އެއީ އަޅުގަނޑުމެން މިހާރު މިވާހަކަތައް ދައްކަން ފެށީމާ ދައްކަވާ ވާހަކައެއް. އެބޭފުޅުންނަށް އެކަހަލަ ޝައްކެއް އޮތް ކަމަށް ވަންޏާ އެބޭފުޅުންގެ ކަމެއް އެއީ އެކަމެއް ބެލުން. މިދިޔަ ފަސް އަހަރު ދުވަސް އެ ބޭފުޅުންނަށް ލިބިވަޑައިގަތީ އެބޭފުޅުންގެ ސަރުކާރެއް. އެ ބޭފުޅުންގެ ސުޕަރ މެޖޯރިޓީ. އެ ބޭފުޅުންގެ މަޖިލިސް. އެބޭފުޅުން ބޭނުން ކަމެއް ކުރައްވަމުން ގެންދެވީ،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ސަރުކާރުގެ ކޮރަޕްޝަންގެ ފައިސާތައް ހޯދާނެ ވާހަކަ ދެއްކުމުން ސަރުކާރުން ދައްކަވާ ވާހަކަތަކުން ދޭހަވަނީ އެފައިސާތައް ފޮރުވާފައި ހުރީ ކަމަށެވެ. ނޫން ނަމަ އެފައިސާ ނުހޯދޭނޭ ކަމަށް އެހާ ޔަޤީންކަމާ އެކު ރައީސް ޔާމީން ވިދާޅު ނުވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް