Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސިހުރު

ސިހުރު ހަދާފައިވާ ކަމަށް ބެލެވޭ ކިހަވަކެއް އާ ސަހަރާގެ މަހާނައަކުން ނަގައިފި

އެ ކިހައް ނަގާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 27 އޯގަސްޓު 2018 | ހޯމަ 05:43
އާސަހަރާއިން ފުލުހުން ނެގިކަމަށް ބުނާ ކިހަވަކުގެ ފޮޓޯ

އާސަހަރާއިން ފުލުހުން ނެގިކަމަށް ބުނާ ކިހަވަކުގެ ފޮޓޯ

ސިހުރު ކަމަށް ބެލެވޭ ގޮތަކަށް ލިޔެފައިވާ ކިހަވަކެއް އާ ސަހަރާގެ މަހާނައެއްގައި ވަޅުލާފައި އޮއްވާ ފުލުހުން ނަގައިގެން ގެންގޮސްފިއެވެ.

ރާއްޖެ އެމްވީއަށް ވެސް ވަނީ އޭގެ ފޮޓޯއެއް ލިބިފައެވެ.

Advertisement - newsAdvertisement

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ފުލުހުން އެ ކިހައް ނަގާފައި ވަނީ އާސަހަރާގެ މަހާނައެއްގައި ވަޅުލާފައި ވަނިކޮށެވެ. އަދި އެކިހައް ފުލުހުން ވަނީ ގެންގޮސްފައެވެ.

މިމަހު 19 ވަނަ ދުވަހު ފުލުހުން އާ ސަހަރާއަށް ގޮސް އެ ކިހައް ނަގާފައިވާކަމުގެ މައުލޫމާތު ރާއްޖެ އެމްވީއަށް ލިބިފައިވާއިރު، ފުލުހުން ވެސް ވަނީ އެފަދަ މައްސަލައެއް ބަލަމުންދާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދުވަސްވަރު ވަރަށް ގިނައިން އެފަދަ ގޮތް ނޭނގޭ ބާވަތުގެ ތަކެތި އާސަހަރާގައި ވަޅުލުމަށް ގެންދެއެވެ. އަދި އާސަހަރާގައި އުޅޭ ބިދޭސީންނަށް ލާރި ދީގެން ވަޅުލާ ކަމުގެ މައުލޫމާތު ވެސް ރާއްޖެ އެމްވީއަށް ލިބިފައި ވެއެވެ. މީގެ އިތުރުން ސަރުކާރުގެ އިސްވެރިން އަންގައިގެން ކަމަށް ބުނެ ވަޅުލުމުގެ ހުއްދަ ހޯދާ ކަމަށް ވެސް ރާއްޖެ އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެގޮތަށް ވަޅުލާން ގެންދާ ތަކެތީގެ ތެރޭގައި ގަބުރު ގޮތަށް ކަފުންކޮށްފައިވާ ބައެއް ތަކެތި ވެސް ހިމެނޭކަން އެނގިފައިވާއިރު ވަކި ނަމެއް ކިޔާ މީހުންގެ މަހާނަތަކުގައި އެފަދަ ތަކެތި ވަޅުލުމަށް މަސައްކަތް ކުރާ ކަމަށް ވެސް ރާއްޖެ އެމްވީއަށް ވަނީ އެނގިފައެވެ.

ސިހުރު ހަދާ ކަމަށް ބުނެ މިދިޔަ ހަފުތާގެ ތެރޭގައި ހދ. ކުޅުދުއްފުށިން ވެސް ވަނީ ބަޔަކު ހައްޔަރުކޮށްފައެވެ. ސިހުރު ހެދިކަމުގެ ތުހުމަތުގައި މިދިޔަ ހަފުތާގައި ހައްޔަރުކުރީ އެރަށު ކައުންސިލްގެ ޒިންމާދާރު ވެރިޔާ އިސްމާއީލް އިބްރާހީމާއި އެ ކައުންސިލްގެ ސީނިއާ އެޑްމިން އޮފިސަރު ހުސައިން އަލީގެ އިތުރުން އާންމުންގެ ދެ މީހެކެވެ. ހަތަރު މީހުންގެ ބަންދު މުއްދަތު ކުރިން އިތުރު ކުރުމަށް ފަހު، ހޮނިހިރު ދުވަހު ދޫކޮށްލީ އިސްމާއީލް އާއި އާންމުންގެ ދެ މީހުންގެ ތެރެއިން އެކަކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާއާއި އެކު ހަދާފައިވާ އެފްޓީއޭ އިން ރައްޔިތުންނަށް ވަޒީފާ ލިބުމުގައި އިތުރު ދަތިތަކެއް!

ޗައިނާއާއި އެކު ހަދާފައިވާ އެފްޓީއޭ އިން ރައްޔިތުންނަށް ވަޒީފާ ލިބުމުގައި އިތުރު ދަތިތަކެއް!

06 ޑިސެމްބަރު 2017
އަންނަ އަހަރު މަޖިލީހުގެ 3 ޖަލްސާއަށްވުރެ ގިނައިން ބާއްވާނެ ކަމަކަށް ނުބެލެވޭ: އާޒިމް

އަންނަ އަހަރު މަޖިލީހުގެ 3 ޖަލްސާއަށްވުރެ ގިނައިން ބާއްވާނެ ކަމަކަށް ނުބެލެވޭ: އާޒިމް

27 ނޮވެމްބަރު 2017
އިހަވަންދޫގެ ދެ ގެއަކުން ސިހުރުހަދަން ބޭނުން ކުރާ ގިނައަދަދެއްގެ ތަކެތި ހޯދައިފި!

އިހަވަންދޫގެ ދެ ގެއަކުން ސިހުރުހަދަން ބޭނުން ކުރާ ގިނައަދަދެއްގެ ތަކެތި ހޯދައިފި!

03 އޮކްޓޯބަރު 2017
ސިހުރުވެރިންނާ މެދު ފިޔަވަޅު އެޅުން ހަރުދަނާ ކުރުމަށް ބައެއް މުއައްސަސާތަކުން މަޝްވަރާކޮށްފި

ސިހުރުވެރިންނާ މެދު ފިޔަވަޅު އެޅުން ހަރުދަނާ ކުރުމަށް ބައެއް މުއައްސަސާތަކުން މަޝްވަރާކޮށްފި

29 ސެޕްޓެމްބަރު 2017
އެމްއާރުޑީސީން ހިންގި ބޮޑު ޚިޔާނާތްތަކެއް ކަމަށް ބެލެވޭ ވާހަކަތަކެއްގެ އޯޑިއޯއެއް ލީކުވެއްޖެ

އެމްއާރުޑީސީން ހިންގި ބޮޑު ޚިޔާނާތްތަކެއް ކަމަށް ބެލެވޭ ވާހަކަތަކެއްގެ އޯޑިއޯއެއް ލީކުވެއްޖެ

10 އޯގަސްޓު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު