Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ރައީސް ޔާމިން ވަނީ ތަރައްގީގެ ނަމުގައި ރައްޔިތުން އަޅުވެތިކޮށްފައި: މެންބަރު އަމީތު

25 އޯގަސްޓު 2018 | ހޮނިހިރު 06:44

ފަސް އަހަރުގެ ވެރިކަން ނިމިގެންދާއިރު ދައުލަތުގެ ދަރަނި 47 ބިލިއަން ރުފިޔާއަށް މިހާރު ވަނީ އަރާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 25 އޯގަސްޓު 2018 | ހޮނިހިރު 06:44
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވަނީ ތަރައްގީގެ ނަމުގައި ދިވެހި ރައްޔިތުން އަޅުވެތިކޮށްފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރ. ދުވާފަރުގައި ހުކުރު ދުވަހުގެރޭ ބާއްވާ ޖަލްސާގައި މެންބަރު އަމީތު ވިދާޅުވީ ރައީސް ޔާމިންގެ ފަސް އަހަރުގެ ވެރިކަން ނިމިގެންދާއިރު ދައުލަތުގެ ދަރަނި 47 ބިލިއަން ރުފިޔާ އަށް އަރާ ކަމަށާއި، އެއީ ލަދުވެތި ކަމެއް ކަމަށެވެ. އަމީތު ވިދާޅުވީ ކޮންމެ ރައްޔިތެއްގެ ބޮލަށް އެއްލައްކަ ފަންސާސްހާސް ރުފިޔާ ދަރަނިވެރި ކޮށްފައިވާއިރު އެއަށް ތަރައްގީ ނުކިޔޭނެ ކަމަށެވެ.

Advertisement - newsAdvertisement

އަމީތު ވިދާޅުވީ ތަރައްގީގެ ނަމުގައި ދިވެހިންނަށް އޮޅުވާލުމަށް މިސަރުކާރުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. އޭނަ ވިދާޅުވީ މިސަރުކާރުން މިފަސް އަހަރު ދުވަހު ތަރައްގީގެ ނަމުގައި ރައްޔިތުން އަޅުވެތިކޮށްފައިވާ ކަމަށާއި، މިއަޅުވެތިކުރުން ދިވެހިން ބަލައި ނުގަންނާނެ ކަމަށެވެ.

އެހެންކަމުން ސެޕްޓެންބަރު 23 ވަނަ ދުވަހު ދިވެހިން ނުކުމެ މިއަޅުވެތިކަމުން ސަލާމަތްވުމަށް ރައީސް ޔާމިންއާ ދެކޮޅަށް ވޯޓުދޭން ޖެހޭ ކަމަށާއި، މިއީ ރާއްޖެ މިނިވަން ކުރުމަށް ލިބޭ އަގު ބޮޑު ފުރުސަތެއް ކަމަށް އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ ރައީސް ޔާމިން ގެންނެވި ތަރައްގީގެ ސަބަބުން އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރާ ބޭފުޅުން ކުއްލިއަކަށް މުއްސަންދިވި ނަމަވެސް އާދައިގެ ރައްޔިތު މީހާ ނިކަމެތިވާ ކަމަށެވެ. އަދި ރައްޔިތުން ނިކަމެތިވާ ތަރައްގީ ބޭނުންނުވާ ކަމަށް އޭނަ ވިދާޅުވިއެވެ.

"ތަރައްގީއަކީ އިންސާނާއަށް އަންނަ ބަދަލެއް. ރަށެއްގައި ހެލްތު ސެންޓަރެއް އަޅާފަ ޖެހިގެން އަންނަ ދުވަހު ބޭސް ސިޓީ ހިފައިގެން ޖެހިގެން އަންނަ ދުވަހު ފާތުމަތު އިބްރާހިމްގެ އޮފީހަށް ވަންނަން ޖެހުނީމަ އެ މިއަންނަނީއެއް ތަރައްގީއެއް ނޫން، އެއީ އަޅުވެތިކަން އެނގޭތޯ،" އަމީތު ވިދާޅުވިއެވެ.

ސިއްހީ ޚިދުމަތް ދިނުމަށް ސަރުކާރުން ގާއިމްކޮށްފައި ހުރި 25 ފަންގިފިލާގެ ހޮސްޕިޓަލަށް އިޝާރާތް ކުރައްވައި އަމީތު ވިދާޅުވީ ގައުމު ދަރުވައިގެން ނުއަގުން އަޅާ އިމާރާތަކީ ތަރައްގީ ނޫން ކަމަށެވެ. އަދި އިމާރާތް އެޅުމަށް ފަހު ސަތޭލަ މިލިއަން ޑޮލަރު ޖީބަށް ލުމުން އެއަށް ވެސް ތަރައްގީއޭ ނުކިޔާނެ ކަމަށް އޭނަ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް