Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރު މަހުލޫފު

މޭޑޭ ގައިދީއެއްގެ ފޮޓޯތަކާ އެކު ޖަލުގައި ގައިދީން މަރާ ވާހަކަ މަހުލޫފު ތަކުރާރު ކުރައްވައިފި

24 އޯގަސްޓު 2018 | ހުކުރު 08:13

ގައިދީންނަށް ފަރުވާކުރާ ގޮތާ މެދު މަހުލޫފުގެ ޝަކުވާ ބޮޑު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 24 އޯގަސްޓު 2018 | ހުކުރު 08:13
ހަމުގެ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ އިބްރާހިމް ރަޝީދު: އޭނާގެ ހާލަތާ މެދު މަހުލޫފު ކަންބޮޑުވުން ފާޅުކޮށްފައިވޭ

ހަމުގެ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ އިބްރާހިމް ރަޝީދު: އޭނާގެ ހާލަތާ މެދު މަހުލޫފު ކަންބޮޑުވުން ފާޅުކޮށްފައިވޭ

މޭޑޭގެ މުޒާހަރާގެ ބައިވެރިވެގެން ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އިބްރާހީމް ރަޝީދުގެ ސިއްހީ ހާލު، ދައްކުވައިދޭ ފޮޓޯތަކާ އެކު، އެކަށީގެންވާ ފަރުވާ ނުދީ ޖަލުގައި މީހުން މަރާ ވާހަކަ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު އަނެއްކާ ވެސް ތަކުރާރު ކުރައްވައިފިއެވެ.

ފޮޓޯތަކާ އެކު މަހުލޫފު ކުރައްވާފައިވާ ޓްވީޓެއްގައި އާންމުކުރައްވާފައި ވަނީ ހާލު ސީރިއަސް ވެގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ އުމުރުން 26 އަހަރުގެ އިބްރާހިމް ރަޝީދުގެ އަށް ޖެހިފައިވާ ހަމުގެ ނުރައްކާތެރި ބަލީގެ ހާލަތެވެ. ފޮޓޯތަކުން ފެންނަ ގޮތުން އޭނާގެ ހަށިގަނޑަށް ވަނީ ނުރައްކާތެރި ބައްޔެއް ޖެހި، ގައިގެ އެކިތަންތަން ވަނީ ފާރުވެފައެވެ. އެގޮތުން ބުރަކަށީގަ އާއި ކަނދުރާގެ އިތުރުން މޫނުގެ ބައެއް ތަންތަން ވެސް ފާރުވެފައިވާތަން މަހުލޫފު އާންމު ކުރެއްވި ފޮޓޯތަކުން ފެނެއެވެ.

Advertisement - newsAdvertisement

މެޑޭ މުޒާހަރާގައި ފޯނަކުން ފުލުހެއްގެ ގައިގައި ޖެހިކަން ސާބިތުވެ، ހަތް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ރަޝީދަށް ފަރުވާ ދިނުމުގައި ކަރެކްޝަނުން އިހުމާލުވެފައިވާ ކަމަށް މަހުލޫފު ވަނީ ތުހުމަތު ކުރައްވާފައެވެ. އޭނާ ވިދާޅުވި ރަޝީދަށް ހަމުގެ މައްސަލަ ދިމާވެގެން އުޅޭތާ އަހަރުތަކެއް ވެގެންދިޔައިރު ވެސް އޭނާ ބާއްވާފައި އޮތީ ޖަލުގައި ކަމަށެވެ.

އައިޖީއެމްއެޗްގައި ރަޝީދަށް ފަރުވާދޭން ފެށީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެންނެވެ. މާލެއަށް ނިސްބަތްވާ އެ ޒުވާނާއަށް ޖެހިފައިވާ ހަމުގެ ބައްޔާ ގުޅިގެން އައިޖީއެމްއެޗުން ގެންދަނީ އޭނާ އެނދުމަތިކޮށްގެން ފަރުވާ ދެމުންނެވެ.

އޭނާއަށް ޖެހިފައިވާ ބަލީގެ ތަފްސީލެއް އައިޖީއެމްއެޗުން ވެސް އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވެސް ހާމައެއް ނުކުރެއެވެ.

އެކަށީގެންވާ ފަރުވާ ނުދީ ގައިދީން މަރަމުންދާ ކަމަށް މަހުލޫފު ތުހުމަތު ކުރައްވަމުންދަނިކޮށް، މިއަހަރު ތެރޭގައި ވެސް ފަރުވާ ދެމުންދިޔަ ތިން ގައިދީއަކު ވަނީ މަރުވެފައެވެ. މިދިޔަ އަހަރު ވެސް ޖަލުގައި ފަސް ގައިދީއަކު މަރުވެފައި ވެއެވެ. އޭގެ ކުރީ އަހަރު، 2016 ވަނަ އަހަރު ޖަލުގައި ހަ ގައިދީއަކު މަރުވެފައި ވެއެވެ. މީގެ ތެރޭގައި ކުއްލި ފަރުވާ އަށް ބޭނުންވެ ފަރުވާ ދިނުން ލަސްވުމުގެ ސަބަބުން މަރުވި ބައެއް މީހުން ވެސް ހިމެނެއެވެ.

ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި މަރަނީ ކަމަށް ވިދާޅުވެ މަހުލޫފު ކުރެއްވި ޓްވީޓަކާ ގުޅިގެން އޭނާގެ މައްޗަށް ވަނީ ޖިނާއީ ދައުވާ އުފުލާފައެވެ. ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނަ އެ ދައުވާގެ އަޑުއެހުންތައް ނިންމާލާފައިވާތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް