އިލެކްޝަންސް ކޮމިޝަނުގެ ޑޭޓާގެ މައުލޫމާތު އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ސައިޑަށް ދިއުމުން އިންތިހާބުގެ އެއްވެސް ސައްހަކަމެއް ނޯންނާނޭ ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، މިކަން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާ ހިއްސާކޮށްފައިވާ ކަމަށާއި ރައީސާއެކީގައި ބައްދަލުވުމުގައި ތިއްބެވި އިރުވެސް ދެ ފޯނު ކޯލު އާއި ކަމަށެވެ.
"ރީރަޖިސްޓްރޭޝަންވެސް، ވޯޓުލާ މީހުންގެ އައިޑީކާޑުވެސް، ވޯޓުލާ މީހުން ވޯޓުލާ ތަންވެސް، ވޯޓުލާމީހުން ވޯޓުލާ ދުވަހު ވޯޓުލާފައި ވޯޓުލީކަންވެސް، ލީމީހާ ލީގޮތްވެސް، އެއީ ކާކުކަން ނޭންގުނަސް ލިބުނު ނަތީޖާވެސް މިހުރިހާ އެއްޗަކީވެސް ޑޭޓާ. ޑޭޓާގެ ސައްހަކަން ނުވަތަ ޑޭޓާ އިލެކްޝަންސް ކޮމިޝަނުން ދިޔައިމަ، އެއީ ކޮންމެ ފަރާތަކަށް ދިޔަކަމުގައިވީ ނަމަވެސް، ދާން ނުޖެހޭ ފަރާތަކަށް ދިޔައިމަ، ހާއްސަކޮށް އިލެކްޝަންސްގައި ވާދަކުރާ ކެންޑިޑޭޓްގެ ފަޅިއަށް ދިއައިމަ ދެން މިއިލެކްޝަނުގެ އެއްވެސް ސައްހަކަމެއް ނޯންނާނެ." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، މި އިންތިހާބު ސައްހަވާނެ އެއްވެސް ގޮތެއް ނެތް ކަމަށާއި ދެން އިތުރަށް އިންތިހާބު ސައްހަކޮށް ދާނެ ކަމަށް ގަބޫލެއް ނުވެސް ކުރާނެ ކަމަށެވެ. މިކަމުގައި ފުރިހަމަ ތަހުގީގެއް ހިންގާ، މިކަން ކުރި ބަޔަކު ރަނގަޅަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ. އަސްލަމް ވިދާޅުވީ، މިކަމުގައި އަދަބު ލިބެންޖެހޭ ފަރާތްތަކަށް އަދަބު ލިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، މިއީ އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި މިކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންނަށް އޮޅުން ފިލުވާދޭންޖެހޭ ކަމަށެވެ.