Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

ސަރުކާރު ދިފާއުގައި މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ޕާލިމެންޓް މެމްބަރަކު އިލެކްޝަންސް ކޮމިޝަނަށާއި އެންސީއައިޓީއަށް!

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އިނގިރޭސިވިލާތުގެ ޕާލަމެންޓް މެމްބަރު ސަރ ޑޭވިޑް އޭމިސް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 23 އޯގަސްޓު 2018 | ބުރާސްފަތި 10:29
ޑޭވިޑް އޭމިސް

ޑޭވިޑް އޭމިސް

ރިޔާސީ އިންތިޚާބުގެ މިނިވަންކަމާއިމެދު ބައިނަލްއަޤްވާމީ މުޖްތަމައުން ސުވާލު އުފައްދާފައިވަނިކޮށް، ސަރުކާރު ދިފާޢުކޮށް ވާހަކަ ދެއްކުމަށް އިނގިރޭސި ޤާނޫން ހަދާ މަޖިލީހުގެ މެމްބަރަކު އިލެކްޝަންސް ކޮމިޝަނަށާއި ސަރުކާރުގެ އޮފީސްތައް ނެޓްވޯކަކުން ގުޅާލާފައިވާ ދައުލަތުގެ މައި އިދާރާ ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)އަށް ވަޑައިގަންނަވައިފި އެވެ.

އިނގިރޭސިވިލާތުގެ އެ މެމްބަރު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންނެވި ކަމަށްބުނާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އެންމެ ހަރަކާތްތެރި އެ ފަރާތްތަކަށްވާ ތޮއްޔިބު ޝަހީމް ވަނީ ޓްވީޓް ކޮށްފަ އެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް އެންސީއައިޓީއަށް އެ މެމްބަރު ވަޑައިގަންވާ ކަމުގެ މައުލޫމާތު ރާއްޖެޓީވީ ނޫސްވެރިންނަށް ލިބުމާއި ގުޅިގެން އެސަރަހައްދަށް ދިޔައިރު، އެންސީއައިޓީއަށް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ އެ މެމްބަރު ވަދެވަޑައިގެންނެވި މަންޒަރު ވަނީ ފެނިފަ އެވެ.

އިލެކްޝަންސް ކޮމިޝަނަށާއި އެންސީއައިޓީއަށް އިނގިރޭސިވިލާތުގެ އެ މެމްބަރު ވަޑައިގެންނެވި އިރު، ރިޔާސީ އިންތިޚާބުގެ މިނިވަންކަމާއިމެދު ބައިނަލްއަޤްވާމީ މުޖްތަމައުން ސުވާލު އުފައްދާފައިވަނިކޮށް، ސަރުކާރު ދިފާޢުކޮށް ވާހަކަ ދެއްކުމަށް އިނގިރޭސި ޤާނޫން ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ގެންނަން ދިވެހި ސަރުކާރުން މަސައްކަތްކުރާކަމުގެ އަޑުތަކެއް މީގެކުރިން ވަނީ ފެތުރިފަ އެވެ.

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންތަކެއް މީގެކުރިން ވެސް ސަރުކާރުން ގެނެސްފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރުވެސް ސަރުކާރުން ގެނެސްފައިވަނީ 2016 ވަނަ އަހަރުގެ ކުރީކޮޅުވެސް ދިވެހި ސަރުކާރުން ބޮޑު ޚަރަދުކޮށްގެން ބިޒްނަސް ކްލާސް ޓިކެޓް ދީގެން ގެނައި އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ސަރ ޑޭވިޑް އޭމިސް އާއި އެހެން ބައެއް ބޭފުޅުންނެވެ.

މިއަހަރުގެ ބާއްވާ ރިޔާސީ އިންތިޚާބުގެ މިނިވަންކަން ގެއްލިފައިވާކަމަށް ބައިނަލްއަޤްވާމީ މުޖްތަމައުން ބުނަމުންދާ ދަނޑިވަޅެއްގައި އޭމިސްއާއި އޭނާގެ ޓީމް ރާއްޖެ ގެންނަން ސަރުކާރުން ނިންމިއިރު، އޭނާއަކީ ރައީސް ނަޝީދު ހައްޔަރުކުރުމާއި ގުޅިގެން ދިވެހި ސަރުކާރަށް ކުރިމަތިވި ޕްރެޝަރު ކުޑަކުރުމަށް 2016 ވަނަ އަހަރު ސަރުކާރުން ގެނައި އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ 3 މެމްބަރުންގެ ތެރެއިން އެއް ބޭފުޅާއެވެ. އަނެއް 2 މެމްބަރުންނަކީ އިއަން ޕެއިސްލީ އަދި މާކް މެންޒީސްއެވެ.

މީގެކުރިން އެބޭފުޅުން ރާއްޖެ ވަޑައިގަތުމަށްފަހު ރައީސް ޔާމީންގެ ސަރުކާރު ދިފާޢުކުރައްވައި ދެއްކެވި ވާހަކަފުޅާ ގުޅިގެންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި އަގު ބޮޑު ޗުއްޓީ ދަތުރެއް ހޯއްދެވީތީ އިނގިރޭސިވިލާތުގައިވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ރާއްޖޭގެ އަގުބޮޑު ރިޒޯޓެއްގައި އެބޭފުޅުން ތިއްބެވިއިރު، މާލެ ވަޑައިގެން ތިއްބެވީ ހޮޓެލް ޖެން ގައިކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރިއެވެ.

ޑޭވިޑް އޭމިސްއަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ދިމާކޮށްވެސް އޭރު އިދިކޮޅުގައި އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ބަދުނާމުކުރުމަށް ވާހަކަ ދެއްކެވުމަށް ރާއްޖެ ވަޑައިގެންނެވި ބޭފުޅެއްކަމަށް ބުނެ އިނގިރޭސި ޤާނޫން ހަދާ މަޖިލީހުގެ މެމްބަރުންގެ ފާޑުކިޔުންތައް އަމާޒުވި ބޭފުޅެކެވެ. އަދި 2007 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާއި 2008 ވަނަ އަހަރުގެ އޮގަސްޓް މަހާއި ސެޕްޓެމްބަރު މަހު ރާއްޖެއަށް ވަޑައިގެންނެވި ދަތުރުފުޅުތަކުގެ ތަފްޞީލް އިނގިރޭސި ޤާނޫނު ހަދާ މަޖިލީހަށް އޭމިސް ހުށަހަޅުއްވާފައިނުވާ މައްސަލަވެސް 2009 ވަނަ އަހަރު ފެންމަތިވިއެވެ.

ވިލާތުގެ އިއްތިޙާދާއި، އދގެ އިތުރުން ބައިނަލްއަޤްވާމީ އެހެން ޖަމްއިއްޔާތަކުންނާއި އެކުވެރި ޤައުމުތަކުން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންތަކުގައި ސަރުކާރަށް ފާޑުކިޔަމުންދާއިރު، ސަރުކާރުގެ ދިފާޢުގައި ވާހަކަ ދައްކާނެ މާގިނަ ބަޔަކު ނެތެވެ. އެހެންކަމުން ސަރުކާރުން ބައިނަލްއަޤްވާމީ މުޖްތަމައުގެ ކުރިމަތީގައި ކުޅެވެން އޮތް ހަމައެކަނި ކާޑު ކުޅެން އުޅެނީކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު