Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސި އިންތިޚާބު 2018

ގާނޫނު އަސާސީއަކީ ރައްޔިތުންގެ އައްޑަނަ ކަމަށާއި، މިއައްޑަނަ ނެތިކޮށްލުމަށް ގިނަ މަސައްކަތްތެކެއް ކުރޭ: އަލީ ނިޒާރު

23 އޯގަސްޓު 2018 | ބުރާސްފަތި 01:17

ހައްދުފަހަނަ އަޅާދާ ވެރިއެއްގެ ކިބައިން ރައްޔިތުން ހިމާޔަތް ކުރެވޭނެ ހަމައެކަނި ހަތިޔާރަކީ އެއްޗަކީ ގާނޫނު އަސާސީ

އަމްނާ އިމާދު
އަމްނާ އިމާދު | 23 އޯގަސްޓު 2018 | ބުރާސްފަތި 01:17
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު

ފެހި ގާނޫނު އަސާސީއަކީ ދިވެހި ރައްޔިތުންގެ އައްޑަނަ ކަމަށާއި، މިއައްޑަނަ ނެތިކޮށްލުމަށް މިސަރުކާރުން ގިނަ މަސައްކަތްތެކެއް ކުރަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ބުދަ ދުވަހުގެ ރޭ ނ. މިލަދޫގައި ބޭއްވި ޖަލްސާގައި މެންބަރު އަލީ ނިޒާރު ވިދާޅުވީ ފެހި ގާނޫނު އަސާސީއާ، އެގާނޫނު އަސާސީ އަސާސްއެއްގެ މައްޗަށް ބިނާކޮށް އެކުލެޔެވުނު ގާނޫނު ތަކާއި އެލިޔެވުނުހާ ފޮތްތަކަކީ ސުލްހަ މަސަލަސްކަމަށް ގާއިމްކުރުމަށް ރައްޔިތުންނަށް ލިބިފައިވާ އައްޑަނަ ކަމަށެވެ.

Advertisement - newsAdvertisement

އަލީ ނިޒާރު ވިދާޅުވީ ހައްދުފަހަނަ އަޅައިދާ ވެރިއެއްގެ ކިބައިން ރައްޔިތުން ހިމާޔަތް ކުރެވޭނެ ހަމައެކަނި ހަތިޔާރަކީ ގާނޫނު އަސާސީ ކަމަށާއި، ނަމަވެސް ރައީސް އަބްދުﷲ ޔާމިން މިގާނޫނު އަސާސީ ނެތިކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ގާނޫނުތަކަށް އަރައިގަންނަނީ ނުބައި އެދުންތަކަކާއެކު އަމިއްލަ އެދުންތަކެއް ހާސިލްކުރުމަށްކަން ފާހަގަކުރައްވައި އަލީ ނިޒާރު ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް ރައީސް ޔާމިން އަމަލުކުރައްވަނީ ހުރިހާ ބާރެއް މުށުތެރެއަށް ލެއްވުމުގެ މަގުސަދުގައި ކަމަށެވެ. އޭނާ ވިދާޅުވީ މިގައުމުން އަދުލް އިންސާފު ނެތިކޮށްލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީއެއް ނެތި އަދުލްއިންސާފު ގާއިމް ނުކުރެވޭނެ ކަމަށެވެ.

އަލީ ނިޒާރު ވިދާޅުވީ ރައްޔިތުން ވެރިކަން ހަވާލުކުރަނީ ގާނޫނު އަސާސީއާ އެއްގޮތަށް ވެރިކަން ކޮށްދޭނެ ކަމުގެ އުންމީދުގައި ކަމަށެވެ. ގާނޫނުގައިވާ ގޮތަށް ވެރިކަން ކުރަން ފަސޭހަވި ނަމަވެސް މުޅިނިޒާމު ގަޑުބަޑު ކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުރަތަމަ ގާނޫނު އަސާސީއަށް ގާނޫނުތަކަށް ކުދި ބަދަލުތައް ގެންނަން ބާރު އަޅަން ފެށީ ރައްޔިތުންގެ މަޖުލީހަށް. އޭގެފަހުން އެގެނެވުނު ބަދަލުތަކަށް ވުރެ ވެސް ބޮޑަށް ބަދަލު ގެންނަން ބޭނުންވާތީވެ ރާއްޖޭގެ ސިޔާސީ ވާދަވެރިކަން އޮންނާނެ މާހައުލެއް ނުބާއްވަންވެގެން ރާއްޖޭގެ ސިޔާސީ ލީޑަރުން ހައްޔަރުކުރަން ފެށީ." އަލީ ނިޒާރު ވިދާޅުވިއެވެ.

މިރާއްޖޭގެ ރައްޔިތަކަށް، ސިޔާސީ ލީޑަރަކަށް، ފަނޑިޔާރަކަށް، ފުލުހަކަށް ސިފައިންނަށް، އަމިއްލަ އައިލާއަށް ބެލުމެއްނެތި ރައީސް ޔާމީން ގެންދަވަނީ އަނިޔާވެރިކަން އިސްކުރަމުން ކަމަށާއި، މިގައުމު ސަލާމަތް ކުރުމަށް ސެޕްޓެންބަރު 23ގައި ބޭއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ނޫނެކޭ ބުނެ އެމަނިކުފާނު ވެރިކަމުން ދުރުކުރަން ޖެހޭ ނިޒާރު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

3

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

4

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

5

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް