Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިލާތުގެ އިއްތިޙާދުގެ ނިންމުން

އީޔޫ އިން ފިޔަވަޅު އަޅާ މީހުންގެ ލިސްޓްގައި 41 ނަމެއް!

އީޔޫއިން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ޖުލައި 16 ވަނަ ދުވަހު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 21 އޯގަސްޓު 2018 | އަންގާރަ 18:31
ރައީސް އަބްދުﷲ ޔާމީން (މ) އަދި އެމަނިކުފާނުގެ ސަރުކާރާއި ޕާޓީގެ އިސް މެމްބަރުން

ރައީސް އަބްދުﷲ ޔާމީން (މ) އަދި އެމަނިކުފާނުގެ ސަރުކާރާއި ޕާޓީގެ އިސް މެމްބަރުން

ޔޫރަޕިއަން ޔޫނިއަން އިން ރާއްޖޭގެ ވަކިވަކި ފަރުދުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ލިސްޓްގައި 41 ނަމެއް އޮތްކަން ހާމަވެއްޖެއެވެ.

ޔޫރަޕިއަން ޕާލިމެންޓްގެ މެމްބަރު ތޯމަސް ޒެޗޮވްސްކީ ޔޫރަޕިއަން ޕާލިމެންޓްގެ މެމްބަރުންގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ އީޕީ ޓުޑޭއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގެ ވަކިވަކި ފަރުދުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމައި ތައްޔާރުކޮށްފައިވާ ލިސްޓް ފެނިފައިވާ ކަމަށާއި އެ ލިސްޓްގައި 41 ނަމެއް އޮތްކަން އެނގޭ ކަމަށެވެ. އެއީ ވަކިވަކި ފަރުދުންނާ ދެކޮޅަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކެއް ކަމަށާއި މިއީ އެކަން ތަންފީޒުކުރަންވީ ވަގުތު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ އެއީ ވަރަށް ސާފު ސީދާކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޒެޗޮވްސްކީ އިތުރަށް ވިދާޅުވީ އިންތިހާބުގެ ނަތީޖާ އޮޅުވާލައިފި ނަމަ ބައިނަލްއަގްވާމީ މުޖުތަމައު އިން ބަލަން ނުތިބޭނެ ކަމަށާއި އެކަންކަން ކުރާ ފަރާތްތަކާ ދެކޮޅަށް ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން ރާއްޖޭގައި ގާނޫނުގެ ވެރިކަން ދަމަހައްޓައި ޑިމޮކްރަސީ ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ވިލާތުގެ އިއްތިހާދާއި ކެނެޑާ، އެމެރިކާ، އޮސްޓްރޭލިއާ، ނިއުޒިލޭންޑް، އިންޑިއާ އަދި ޖަޕާންގެ އިތުރުން އެހެން ގައުމުތައް ގުޅިގެން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފިޔަވަޅު އަޅަން ނިންމާފައިވާ ފަރާތްތަކުގެ ލިސްޓް ހާމަކުރައްވާނެ ކަމަށެވެ.

މިއަހަރުގެ މާޗް މަހު ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅިގެން ޔޫރަޕިއަން ޕާލިމެންޓަށް ހުށަހެޅުނު ހާއްސަ ގަރާރުގެ ސްޕެޝަލް ރެޕެޓުއަރއަކީ ޒެޗޮވްސްކީއެވެ.

ޒެޗޮވްސްކީގެ އިތުރުން ޔޫރަޕިއަން ޕާލިމެންޓްގެ އެހެން މެމްބަރެއް ކަމަށްވާ ރައިޒާޑް ޒަނެކީ އީޕީ ޓުޑޭއަށް ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން އާއި އެޖަމާއަތަށް ވާގިވެރިވާ އެހެން ގައުމުތަކާ ގުޅިގެން ފިޔަވަޅު އެޅުމަށް އަވަސް ވެގަންނަން ޖެހޭ ކަމަށެވެ. ހަމައެހެންމެ ރައީސް ޔާމީނަށް އިންސާނީ ހައްގުތަކަށް އަރައިގަންނަން ވާގިވެރިވާ އެއްވެސް ފަރާތަކަށް ފިލުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި އެމީހުންގެ ނަންނަތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަރާތްތަކަށް އެނގޭނެ ކަމަށް ވިދާޅުވެ އޭނާ ވަނީ އެފަދަ ފަރާތްތަކަށް އިންޒާރު ދެއްވާފައެވެ. މީގެ އިތުރުން ރައީސް ޔާމީން ވެރިކަމުގައި ބެހެއްޓުމަށް ވާގިވެރިވާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުން އެމީހުންގެ ދިފާއުގައި ރައީސް ޔާމީން ނުނުކުންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔޫރަޕިއަން އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ 30 ވަނަ ރައީސް ހެންރީ މަލޯސީ މިކަމާއި ގުޅިގެން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމަކީ ބައިނަލްއަގްވާމީ މުޖުތަމައު ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ހުދުމުހުތާރު ވެރިޔަކު ހުރެއްޖެ ނަމަ ރާއްޖޭ އޮތް ހާލަތަށް އެގައުމެއް ވެއްޓުމަކީ ވެދާނެ ކަމެއް ކަމަށެވެ. ރައީސް ޔާމީނަށް ރާއްޖެ އަނދަވަޅަކަށް ވައްޓާލުމުގެ ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ އޭނާ ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ބިރު ދައްކައި މަކަރު ހަދައިގެން ރައީސް ޔާމީން ކާމިޔާބު ކުރަށްވަފިނަމަ ފިޔަވަޅު އަޅާނީ ހަމައެކަނި ރައީސް ޔާމީނަށް ނޫން ކަމަށާއި ފަތުރުވެރިކަމާއި ރާއްޖެއަށް އަންނަ އިންވެސްޓްމަންޓްތައް އެއްކޮށް ހުއްޓުވާނެ ކަމަށެވެ.

ރައީސް ޔާމީނާއި އެމަނިކުފާނަށް ވާގިވެރިވާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އެންމެ ފުރަތަމަ ނިންމާފައިވަނީ މާޗް މަހު އީޔޫގެ ކައުންސިލަށް ރާއްޖޭގެ މައްސަލަ އާއި ގުޅިގެން ހުށެހެޅުނު ގަރާރާއި ވިދިގެން މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. އެގަރާރާއެކު އެކުލަވާލުމަށް ނިންމި ފްރޭމްވާރކް ވެސް އީޔޫއިން ވަނީ ހާމަކޮށްފައެވެ.

މިފިޔަވަޅުތަކުގެ ތެރޭގައި އީޔޫގެ ގައުމުތަކަށް ނުވަދެވުމާއި ޓްރާންސިޓް ނުކުރެވުމާއި އެކައުންޓްތައް ފްރީޒް ކުރުން ހިމެނެއެވެ. އަދި ފަންޑުތައް ހިފެހެއްޓޭނެ ކަމަށް ވެސް އީޔޫއިން ބަޔާންކޮށްފައިވެއެވެ. އީޔޫގެ މި ފިޔަވަޅުތަކުގެ އަސަރު ބޮޑު ކުރުމަށްޓަކާއި އީޔޫ މެމްބަރު ގައުމުތަކުގެ އިތުރުން އީޔޫއިން ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ރާއްޖެއާ މެދު އީޔޫ އިން ވަކިވަކި މީހުންނާއި އިދާރާތަކާ މެދު އަޅާނެ ފިޔަވަޅުތައް އެޅުމަށް ބާރުއަޅާނެ ކަމަށް އީޔޫއިން ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު