Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިހާބު 2018

އަސްދޫ ބިލްޑިންގް މަތީގައި ހުރި ޖޭޕީގެ ބޮޑު ދިދަ ފުލުހުން ބާލައިފި

އެ ދިދަ ނަގާފައި ހުރީ ދަގަނޑު ހޮޅިއަކަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 21 އޯގަސްޓު 2018 | އަންގާރަ 16:47
އަސްދޫ ބިލްޑިންގް މަތީގައި ހުރި ޖޭޕީގެ ބޮޑު ދިދަ ބޭލުމަށް ފުލުހުން ހަރަކާތްތެރިވަނީ

އަސްދޫ ބިލްޑިންގް މަތީގައި ހުރި ޖޭޕީގެ ބޮޑު ދިދަ ބޭލުމަށް ފުލުހުން ހަރަކާތްތެރިވަނީ

އަސްދޫ ބިލްޑިންގް މަތީގައި ހުރި ޖުމްހޫރީ ޕާޓީގެ ބޮޑު ދިދަ ފުލުހުން ބާލާއިފިއެވެ.

އަސްދޫގައި ބިލްޑިންގް މަތީގައި ހުރި އެ ދިދަ ފުލުހުން ނެގީ އަންގާރަ ދުވަހުގެ އިރުއޮއްސުނު އިރުއެވެ. ބާރަ ބުރީގެ އެ އިމާރާތުގެ މަތީގައި އެ ދިދަ ނަގާފައި ހުރީ ދަގަނޑު ހޮޅިއަކަށެވެ.

Advertisement - newsAdvertisement

ފުލުހުންނަށް އެ ދިދަ އެ ތަނުން ނެގޭވަރުވީ ގާތްގަނޑަކަށް އެއް ގަޑިއިރެއްހާއިރު ކުރި މަސައްކަތަށް ފަހުއެވެ. ފުލުހުން އެ ދިދަ ނެގީ އިމާރާތުގެ މައްޗަށް އަރާ، ވާގަނޑެއް އެ ހޮޅި ދަނޑީގައި އައްސާ، ހޮޅި ދަނޑި ލެންބުމަށް ފަހުގައެވެ.

ގޭގެ ވެރިފަރާތުން ބުނީ ދިދަ ނަގައިގެން ފުލުހުން ގެންދިޔައިރު، ދިދަ ގެންދިޔަކަމުގެ ލިޔުމެއް ވެސް ހަވާލުނުކުރާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ އެ ދިދައަކީ ޖުމްހޫރީ ޕާޓީއަށް ސަޕޯޓްކުރާ މީހެެއް މީގެ ދެ ދުވަސް ކުރިން ނެގި ދިދައެއް ކަމަށާއި އެ ދިދަ ނެގީ ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް އިންތިހާބުގެ ކެމްޕޭނަށް ހުރަސްއެޅުމުގެ ގޮތުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ފުލުހުން އެ ހިންގި އަމަލު ކުށްވެރި ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުން ވަނީ އަސްދޫ ބިލްޑިންގް ކުރިމަތީގައި ރާއްޖެޓީވީގެ ކްރޫއިން ތިއްބާ އެ ސަރަހައްދުން ދުރަށް ދިއުމަށް އަންގާ ނުގޮސްފި ނަމަ ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. ރާއްޖެޓީވީގެ ކްރޫއިން އެ ސަރަހައްދުން ދުރަށް ދިއުމަށް އެންގި ސަބަބު ފުލުހުންނަށް ބުނެނުދެވުނުއިރު ރާއްޖެޓީވީގެ ކެމެރާމަން ހުސެއިން ފަޒީން ފުލުހުން ހައްޔަރު ވެސް ކޮށްފައި ވެއެވެ.

ފުލުހުން ފަޒީން ހައްޔަރުކުރިއިރު އޭނާ ހުރީ އަސްދޫ ބިލްޑިންގް ސަރަހަދާ ވެސް ދުރުގައެވެ. އަދި ފުލުހުން ވަނީ އޭނާ ވެހިކަލްގައި ސޯސަން މަގަށް ގެންގޮސް، އެހިސާބުން ހިނގާފައި އަނބުރާ ދިއުމަށް އަންގާފައެވެ. އެހެންނަމަވެސް އޭނާ ހައްޔަރުކުރެވުނު ސަބަބު ފުލުހުން ގާތުން އެހުމުން ހައްޔަރު ކުރެވުނު ސަބަބު ނޭނގޭ ކަމަށް ބުނެ ފުލުހުން ވަނީ ގޮލޮޅު ޕޮލިސް ސްޓޭޝަނަށް އޭނާ ވެހިކަލްގައި ގެންގޮސް ދޫކޮށްލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު