Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާ ލޯނު އެހީ

ގައުމު ބަނގުރޫޓު ވެދާނެތީ މެލޭޝިއާ އިން ޗައިނާގެ މެގަ ޕްރޮޖެކްޓްތަކެއް ކެންސަލްކޮށްފި

21 އޯގަސްޓު 2018 | އަންގާރަ 13:00

މެލޭޝިއާގެ ދަރަނި ގާތްގަނޑަކަށް 250 ބިލިއަން ޑޮލަރަށް އަރާ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 21 އޯގަސްޓު 2018 | އަންގާރަ 13:00
މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު: އެމަނިކުފާނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެގައުމުގެ ދަރަނި ބޮޑުވުން

މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު: އެމަނިކުފާނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެގައުމުގެ ދަރަނި ބޮޑުވުން

ގައުމު އެއްކޮށް ބަނގުރޫޓުވެދާނެ ކަމުގެ ބިރާއެކު, މެލޭޝިއާގައި ޗައިނާއިން ހިންގަމުންދާ މެގަ ދެ ޕްރޮޖެކްޓެއް ކެންސަލް ކުރުމަށް މެލޭޝިއާގެ ސަރުކާރުން ނިންމައިފިއެވެ.

ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ އިސްނެންގެވުމުގެ ދަށުން ކުރިޔަށް ގެންދާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ތެރޭގައި ހިމެނޭ މި ދެ ޕްރޮޖެކްޓް ކެންސަލް ކުރެއްވިކަން އިއުލާންކުރެއްވީ މެލޭޝިއާގެ ބޮޑު ވަޒީރު ޑރ. މަހާތީރު މުހައްމަދެވެ. އެމަނިކުފާނު މިގޮތަށް ނިންމެވީ މިހާރު ވެސް މެލޭޝިއާގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވުމާ އެކު މި ޕްރޮޖެކްޓްތައް އިތުރަށް ކުރިޔަށް ގެންގޮސްފި ނަމަ ގައުމު އެއްކޮށް ބަނގުރޫޓުވެދާނެ ކަމުގެ ބިރު އޮތުމުންނެވެ.

ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޝީ ޖިން ޕިންއާ ބައްދަލުކުރެއްވިތާ އެއް ދުވަސް ނުވަނީސް މިކަން އިއުލާންކުރައްވަމުން ޑރ. މަހާތީރު ވިދާޅުވީ މެލޭޝިއާއަކީ ބަނގުރޫޓުވެފައިވާ ގައުމެއްގެ ގޮތުގައި ދެކެން ޗައިނާ އިން ވެސް ބޭނުންނުވާނެ ކަމަށާއި މެލޭޝިއާ އަށް ދިމާވެފައިވާ ކަންކަން ޗައިނާއަށް ވެސް އެނގި މި ޕްރޮޖެކްޓްތައް ކެންސަލް ކުރަން ޗައިނާ އިން ވެސް އެއްބަސްވެފައިވާ ކަމަށެވެ.

ކެންސަލް ކުރެވުނު ފުރަތަމަ ޕްރޮޖެކްޓަކީ އީސްޓް ކޯސްޓް ރެއިލް ލިންކްގެ ނަމުގައި ދެކުނު ޗައިނާގެ ކަނޑާއި މެލޭޝިއާގެ ހުޅަނގުގައި އޮންނަ ޝިޕިން ލޭން ގުޅުވުމަށް ހިންގަން ރާވަފައި އޮތް ޕްރޮޖެކްޓެކެވެ. އަދި ދެވަނަ ޕްރޮޖެކްޓަކީ މެލޭޝިއާގެ ޖަޒީރާ ރަށެއް ކަމަށްވާ ބޯނިއޯގެ ސްޓޭޓެއް ކަމަށްވާ ސަބާހުގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައި އޮތް ގުދުރަތީ ގޭސް ޕައިޕްލައިނެއްގެ ޕްރޮޖެކްޓެކެވެ.

ޗައިނާގެ ރައީސްގެ ސްޕޯކްސްޕާސަން ވިދާޅުވީ ޗައިނާއިން މިފަދަ ބޮޑު ޕްރޮޖެކްޓްތައް އަބަދު ވެސް ހިންގަނީ ގައުމުތަކުގެ އެއްބާރުލުމާ އެކު އެގައުމުތައް ވެސް އެދޭ ގޮތަށް ކަމަށެވެ. މިހެން ހިންގާ ބައެއް ޕްރޮޖެކްޓްތަކުގައި މައްސަލަ ޖެހޭ ކަމަށާއި ގައުމުތަކުގެ ހިޔާލު ބަދަލުވުމަކީ މައްސަލައެއް ކަމުގައި ނުދެކޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ ވެރިކަމުގައި ޗައިނާއިން ބޮޑު ލޯންތަކެއް ނަގާފައިވާއިރު އެގައުމަށް ދިމާވެފައިވާ ދަރަނީގެ މައްސަލައިގެ އެންމެ އަޑީގައި ވަނީ މިފަދަ ލޯންތަކެވެ. މެލޭޝިއާގެ ދަރަނި ގާތްގަނޑަކަށް 250 ބިލިއަން ޑޮލަރަށް އަރައެވެ.

ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ޗައިނާ އިން ގެންދަނީ ގިނަ ގައުމުތަކެއްގައި ބޮޑެތި ބިޔަ މަޝްރޫއުތައް ހިންގަމުންނެވެ. އަދި ބޮޑެތި ލޯނުތައް ގައުމުތަކަށް ދީ އެ ގައުމުތައް ދަރަނިވެރިކުރުވަމުންނެވެ. އެގޮތުން ޗައިނާ އިން ވަނީ ރާއްޖެ އަށް ވެސް ބޮޑެތި ލޯނުތަކެއް ދޫކޮށްފައެވެ. އޭގެ ތެރޭގައި ޗައިނާގެ ލޯނު އެހީގެ ދަށުން ހަދަމުން އަންނ ބްރިޖް ހިމެނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މާދަމާ މެލޭޝިއާ އިން ދައުވާ އުފުލަނީ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މާދަމާ މެލޭޝިއާ އިން ދައުވާ އުފުލަނީ
27 ފެބުރުއަރީ 2017

ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު

27 ފެބުރުއަރީ 2017
ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
26 ފެބުރުއަރީ 2017

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި
24 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

24 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
09 ފެބުރުއަރީ 2017

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް