Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުހީ

ވިޔަފާރިވެރިން ބިރުގަންނަނީ އިންކަމް ޓެކްސް ދެކެއެއް ނޫން، މީރާ ދެކެ: ފައްޔާޒު

20 އޯގަސްޓު 2018 | ހޯމަ 19:23

ވިޔަފާރިވެރިން އިންކަމް ޓެކްސް ނެގުމާއި ދެކޮޅު ނޫން ކަމަށް ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 20 އޯގަސްޓު 2018 | ހޯމަ 19:23
ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް

ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް

ވިޔަފާރިވެރިން ބިރުގަންނަނީ އިންކަމް ޓެކްސް ދެކެ ނޫންކަމަށާއި، މޯލްޑިވްސް އިންލެނޑް އޮތޯރިޓީ (މީރާ) ދެކެ ކަމަށް ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ފައްޔާޒު ވިދާޅުވީ ޓެކްސްގެ މުހިއްމުކަން ދިވެހިން މިއަދު ގަބޫލްކުރާ ކަމަށާއި މިއަދު މި ނިޒާމަކީ ދިވެހިން ބަލައިގެންފައިވާ ކާމިޔާބު ނިޒާމެއް ކަމަށެވެ.

Advertisement - newsAdvertisement

"އިންކަމް ޓެކްސް ނެގުމަށް ވިޔަފާރިވެރިންނެއް ދެކޮޅެއް ނޫން. ދެކޮޅު ހަދަނީ އެފައިސާ ބޭނުންކުރާ ގޮތާއި ޒާތީ މައުލޫމާތު ބޭނުންކޮށްފާނެ ގޮތަކާއިމެދު. ސިޔާސީ ނުފޫޒުން [މީރާއިން] މީހުން ހޭ އަރުވާލައިފާނެކަމުގެ ބިރު އޮންނަނީ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި އިންކަމް ޓެކްސް ނެގުމަށް މިއަދު މި ނިޒާމު އޮތީ ފައްކާވެފައެވެ. އަދި އެ ޓެކްސް ނަގާނީވެސް ވަރަށް ގިނަ ބައެއްގެ ލަފަޔާއި ޚާއްސަކޮށް ވިޔަފާރިވެރިންގެ ބައިވެރިވުމާއި މަޝްވަރާއާއިއެކުގައި ކަމަށް ވިދާޅުވިއެވެ. ވޭތުވެ މިދިޔަ ދުވަސްތަކުގައިވެސް ވިޔަފާރިވެރިންނާއި މަޝްވަރާކުރެވި ރިސާޗްތައް ހެދިފައި ވާއިރު ދައުލަތަށް އެއްޗެއް ދިނުމަށް ވިޔަފާރިވެރިން ދެކޮޅު ނޫން ކަމަަށް ފައްޔާޒު ވިދާޅުވިއެވެ.

"ވިޔަފާރިވެރިންވެސް ގަބޫލުކުރޭ ފަގީރުންނާއި މުއްސަނދީންގެ ފަރަގު އެހާ ބޮޑުވެގެން ގޮސްފިކަމުގައިވާނަމަ ގައުމުގެ ހަމަޖެހުމެއް ނޯންނާނެކަން ވަކިހިސާބަކަށް ދާއިރު،" އޭނާ ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ޓެކްސް ނިޒާމް ތައާރަފްކުރެއްވިއިރު މީރާ އަކީ އޭރު ވަރަށް މަގުބޫލު ރައްޔިތުންގެ އިތުބާރު އޮތް ތަނެއް ކަމަށާއި، އެހެން ނަމަވެސް ވޭތުވެދިޔަ ހަތަރުވަރަކަށް އަހަރުތެރޭގައި، މީރާ ސިޔާސީވެ ސަރުކާރުން ބޭނުންވާ ވިޔަފާރިވެރިއަކަށް ހޭ އަރުވާލުމުންދާ ކަމަށެވެ. މީރާގެ އަގުވެއްޓިފައިވަނީ އެހެން ވެގެން ކަމަށާއި، ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއް އައުމަށް ފަހު މީރާ ހަމައަކަށް އަޅުވައި އެތަނުގެ ވެރިއަކަށް މިހާރު ހުންނެވި ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ޖަވާބުދާރީ ކުރުވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

"މިހާރު އޮތް މުއައްސަސާތަކުގެ ތެރެއިން އެންމެ ނުބައި އެއް މުއައްސަސާ މީރާއަކީ. މީރާއަކީ ރަންނަމާރިއެއް. ކޮންމެ މަހަކު އަރާ ފިހާރަތަކުގެ ވިޔަފާރިތަކުގެ ވަތްގަނޑުތަކުގެ އިއްފަތް ފޭރިގަންނަ ބަޔަކަށްވަނީ ވެފައި" ފައްޔާޒު ވިދާޅުވިއެވެ.

މީރާ ހަމައަކަށް އަޅުވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

24 ޖޫން 2017

ސަރުކާރުން ބިރުގަންނަނީ އެންމެ ބޭފުޅެއް ދެކެ، އަދީބަށް ބޭސްފަރުވާގެ ފުރުސަތު ތަނަވަސްކޮށްދޭން ޖެހޭ: ޝިފާޒު

24 ޖޫން 2017
ސަރުކާރުން ބިރުގަންނަނީ އެންމެ ބޭފުޅެއް ދެކެ، އަދީބަށް ބޭސްފަރުވާގެ ފުރުސަތު ތަނަވަސްކޮށްދޭން ޖެހޭ: ޝިފާޒު
01 ޖޫން 2017

އަޔަލެންޑްގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުން އިތުރުވާނެ ކަމަށް އުއްމީދުކުރަން: ރައީސް

01 ޖޫން 2017
އަޔަލެންޑްގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުން އިތުރުވާނެ ކަމަށް އުއްމީދުކުރަން: ރައީސް
31 މެއި 2017

އަތޮޅުތަކުން ޓެކްސް ނުދައްކާ 63 ވިޔަފާރިއެއްގެ ނަން ހާމަކޮށްފި

31 މެއި 2017
އަތޮޅުތަކުން ޓެކްސް ނުދައްކާ 63 ވިޔަފާރިއެއްގެ ނަން ހާމަކޮށްފި
22 މާރިޗު 2017

ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް

22 މާރިޗު 2017
ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް
12 މާރިޗު 2017

އިންޓަރިމް ޓެކްސް އުވާލަން ހުށަހެޅި މައްސަލަ ބަލައިނުގަނެ ކޯޓުން ބޭރުކޮށްލައިފި

12 މާރިޗު 2017
އިންޓަރިމް ޓެކްސް އުވާލަން ހުށަހެޅި މައްސަލަ ބަލައިނުގަނެ ކޯޓުން ބޭރުކޮށްލައިފި
15 ފެބުރުއަރީ 2017

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
14 ފެބުރުއަރީ 2017

ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް