Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

އިންކަމް ޓެކްސް ނަގަން ފަށާނަން: އިބޫ

20 އޯގަސްޓު 2018 | ހޯމަ 12:04

ރައްޔިތުންގެ ދިރިއުޅުން ފުދުންތެރިކުރުވަން ޓެކްސް ނިޒާމް ފުރިހަމަ ވާން ޖެހޭކަމަށް ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 20 އޯގަސްޓު 2018 | ހޯމަ 12:04
އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބޫ ސޯލިހް

އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބޫ ސޯލިހް

އެމަނިކުފާނުގެ ސަރުކާރުގައި އިންކަމް ޓެކްސް ނަގަންފަށާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިހް ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.

ކެންްޑިޑެންސީ އިއުލާނުކުރެއްވުމަށް ފަހު އިބޫ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ މަނިކުފާނު ވިދާޅުވީ އިންކަމް ޓެކްސް ނެގޭނީ ވަކިވަރެއްގެ ފުދުންތެރިކަން ހުރި ފަރާތްތަކުގެ އަތުން ކަމަށާއި އެކަން ކުރުމަށް ގާނޫނެއް ފާސްކުރައްވާނެކަަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގައި އިންކަމް ޓެކްސް ތައާރަފުކުރީ އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު އެވެ. އެފަހަރު ހުށަހެޅި ޓެކްސް ނިޒާމުގައި ވެސް އިމްކަމް ޓެކްސް ހިމަނާފައި އޮތަސް، އެ ޓެކްސް ނެގަން ވަނީ ނުފެށި އެވެ.

އިންކަމް ޓެކްސް ނަގަން ޖެހެނީ އިބޫ ވިދާޅުވި ގޮތުގައި ޓެކްސް ނިޒާމު ފުރިހަމަކޮށް، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށެވެ.

އިބޫ ވިދާޅުވީ، މީރާއިން މިހާރު ކުރަމުންދާ ނާއިންސާފު ކަންކަން ހުއްޓުވާ، މީރާއަކީ މަޖިލީހުން ޖަވާބުދާރީ ކުރުވޭނެތަނަކަށް ހައްދަވާނެކަމަށެވެ.އަދި ޓެކްސް އެޕީލް ޓަރައިބިއުނަލް އަކީ މިނިވަން ތަނަކަށް ހަދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ދައުލަތުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމް ފުރިހަމަ ކުރެވެން އޮތީ ޓެކްސްގެ ނިޒާމް ފުރިހަމަކުރެވިގެން. މިގޮތުން އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ ވެރިކަމުގައި އިންކަމް ޓެކްސް ތައާރަފްކުރެވިގެންދާނެ،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވިގޮތުގައި އެކަން ކުރައްވާނީ ރަނގަޅަށް ދިރާސާކުރުމަށްފަހު، ކަމާއި ގުޅޭ ހުރިހާ ފަރާތްތަކަކާއި ވަރަށް ރަނގަޅަށް މަޝްވަރާ ކުރެވިގެންނެވެ.

އިންކަމް ޓެކްސްއަކީ އާމްދަނީއިން ނެގޭ ޓެކްސްއެކެވެ. ފުދުންތެރިކަން ހުރި، ވަކި މިންވަރަކަށް ވުރެ މަތީ އުޖޫރައެއް ލިބޭ ފަރާތްތަކުން މި ޓެކްސް ނަގަނީ، ސަރުކާރުން ކަނޑައަޅާ ވަކި އުސޫލެއްގެ މަތިންނެވެ.

އެންމެ ހިނގާ

1

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

2

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
15 ފެބުރުއަރީ 2017

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
14 ފެބުރުއަރީ 2017

ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު
12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް