Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ލެކްސްޓަން ގުރޫޕާ ޑީއެންއާރާއި އަދި މަސައްކަތާ ވެސް ގުޅުމެއް ނެތް: ފަރީދާ

19 އޯގަސްޓު 2018 | އާދީއްތަ 12:13

ލެކްސްޓަން ގްރޫޕަކީ ޒިމްބާބުވޭގެ ކުރީގެ ރައީސް މުގާބޭ ވެރިކަމުގައި ބަހައްޓަން އެހީތެރިވެދިން ބައެއް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 19 އޯގަސްޓު 2018 | އާދީއްތަ 12:13
ލެކްސްޓަން ގްރޫޕުގެ ދެމީހަކު ޑީއެންއާރު ތެރޭގައި އުޅޭ ފޮޓޯ. ޑީއެންއާރާއި އެމީހުންނާ ގުޅުމެއް ނެތްކަމަށް އެ ޑިޕާޓްމަންޓުން ވަނީ ބުނެފައި

ލެކްސްޓަން ގްރޫޕުގެ ދެމީހަކު ޑީއެންއާރު ތެރޭގައި އުޅޭ ފޮޓޯ. ޑީއެންއާރާއި އެމީހުންނާ ގުޅުމެއް ނެތްކަމަށް އެ ޑިޕާޓްމަންޓުން ވަނީ ބުނެފައި

އިލެކްޓްރޯނިކް ވޯޓިންގައި މަސައްކަތް ކުރާ ސައުތު އެފްރިކާގެ ލެކްސްޓަން ގްރޫޕާއި ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)އާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެޑިޕާޓްމަންޓުން ކުރާ އެއްވެސް މަސައްކަތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ޑިރެކްޓަރު ފާތުމަތު ފަރީދާ ވިދާޅުވެއްޖެއެވެ.

ޗައިނާގައި މައި އޮފީސް ހިންގާ ލެކްސްޓަން ގުރޫޕަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވަން ގެނެސްގެން އުޅޭ ކުންފުންޏެއް ކަމަށް ގުޅިފައިވާ ޕާޓީތަކުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައި ފަރީދާ ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކަށް އަންނަ މީހުން އެކި މުއައްސަސާތަކުގައި މަސައްކަތް ކުރާ ގޮތް ބަލަން ބޭނުންވާ ކަމަށެވެ. އެގޮތުގެ މަތިން ލެކްސްޓަން ވެސް ޑީއެންއާރަށް ދިޔައީ އެ ޑިޕާޓުމަންޓުގެ މަސައްކަތްތައް ކުރާ ގޮތްތައް ބަލަން ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ލެކްސްޓަން ގްރޫޕުގެ ދެމީހަކު ޑީއެންއާރު ތެރޭގައި އުޅޭ ފޮޓޯއެއް އާއްމުވެފައިވާތީ އެކަމާ ގުޅިގެން ފަރީދާ ވިދާޅުވީ ލެކްސްޓަން އަކީ ޓެކްނިކަލް ޚިދުމަތް ދޭ ބައެއް ކަމަށް ވާތީ އެ ޑިޕާޓުމަންޓުގައި ކުރާ މަސައްކަތްތަކާ އެމީހުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

" ސަރުކާރުގެ މުއައްސަސާތަކަށް އަންނަ މީހުން ބޭނުންވޭ އެހެން މުއައްސަސާތަކުގައި މަސައްކަތް ކުރާ ގޮތްތައް ބަލަން. ލެކްސްޓަން ވެސް ދިޔައީ އެބޭނުމުގައި. ޑީއެންއާރުގައި ކުރާ މަސައްކަތާ އެކުންފުންޏާ އެއްވެސް ގުޅުމެއް ނެތް." ފަރީދާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނާ ގޮތުގައި ލެކްސްޓަން ގުރޫޕަކީ އިލެކްޓްރޯނިކް ވޯޓިންގައި(އީ ވޯޓިން) ބޭނުންކުރާ ސިސްޓަމްތަކެއްގެ މައުލޫމާތު ދޭން ރާއްޖެ އައި ގުރޫޕެއް ކަމަށެވެ. އެހެން ނަމަވެސް ކޮމިޝަނުގެ އައިޓީ ކަންކަން ނުވަތަ ރިޔާސީ އިންތިޚާބާ ގުޅޭ އެއްވެސް ކަމެއްގައި ލެކްސްޓަން ނުވަތަ ބޭރުގެ ކުންފުންޏެއްގެ ހިޔާލެއް ނުވަތަ ވަސީލަތެއް ބޭނުން ނުކުރާނެ ކަމަށް އީސީން ބުނެއެވެ. ރިޔާސީ އިންތިޚާބަށް ގާތްގަނޑަކަށް މަހެއްހާ ދުވަސް ވެފައިވަނިކޮށް ލެކްސްޓަން އާ ބައްދަލު ކޮށްފައިވާއިރު ރިޔާސީ އިންތިޚާބުގައި އީ ވޯޓިން ސިސްޓަމެއް ބޭނުން ނުކުރާނެ ކަމަށް އީސީން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

ލެކްސްޓަން ގްރޫޕަކީ ޒިމްބާބުވޭގެ ކުރީގެ ރައީސް މުގާބޭ ވެރިކަމުގައި ބަހައްޓަން އެހީތެރިވެދިން ބައެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި ލެކްސްޓަން ގުރޫޕާއި ބައްދަލު ކުރުމަށް އީސީން އެޕާޓީއަށް ދިން ދައުވަތު ގަބޫލުކޮށްފައެއް ވެސް ނުވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

22 އެޕްރީލު 2018

އިންތިހާބަށް ވޯޓަރޒް ލިސްޓް އެކުލަވާލުމުގެ މަސައްކަތް ޑީއެންއާރާއި އެންސީއައިޓީއާއެކު ފަށައިފިން: އިލެކްޝަންސް

22 އެޕްރީލު 2018
އިންތިހާބަށް ވޯޓަރޒް ލިސްޓް އެކުލަވާލުމުގެ މަސައްކަތް ޑީއެންއާރާއި އެންސީއައިޓީއާއެކު ފަށައިފިން: އިލެކްޝަންސް
15 އެޕްރީލު 2018

އަލީ ހަމީދާ ގާތްގުޅުމެއް އޮންނަ ގެއަކުން 38 މިލިއަން ރުފިޔާ ފެނުނު: ފުލުހުން

15 އެޕްރީލު 2018
އަލީ ހަމީދާ ގާތްގުޅުމެއް އޮންނަ ގެއަކުން 38 މިލިއަން ރުފިޔާ ފެނުނު: ފުލުހުން
27 ޖެނުއަރީ 2018

ރާއްޖެއާއި އިންޑިޔާގެ މެދުގައި އޮތް ގުޅުމަކީ އާދައިގެ ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2018
ރާއްޖެއާއި އިންޑިޔާގެ މެދުގައި އޮތް ގުޅުމަކީ އާދައިގެ ގުޅުމެއް ނޫން: މިޝްރާ
31 ޑިސެމްބަރު 2017

2017 ވަނަ އަހަރުގެ މަސައްކަތާއި ދޭތެރޭ އެމްޑީޕީ މެމްބަރުން ފަހުރުވެރިވާނެ: އެމްޑީޕީ

31 ޑިސެމްބަރު 2017
2017 ވަނަ އަހަރުގެ މަސައްކަތާއި ދޭތެރޭ އެމްޑީޕީ މެމްބަރުން ފަހުރުވެރިވާނެ: އެމްޑީޕީ
24 ޑިސެމްބަރު 2017

މާފަރު އެއަރޕޯޓް ޔޫއޭއީއަށް ދިނީ ނުރަސްމީ، އަމިއްލަ ގުޅުމެއްގެ ތެރެއިން: ރައީސް

24 ޑިސެމްބަރު 2017
މާފަރު އެއަރޕޯޓް ޔޫއޭއީއަށް ދިނީ ނުރަސްމީ، އަމިއްލަ ގުޅުމެއްގެ ތެރެއިން: ރައީސް
09 އޯގަސްޓު 2017

ޔާމީން ރަޝީދުގެ މަރާއި ރިލްވާން ވަގަށްނެގި މައްސަލައާއި އެއްވެސް ގުޅުމެއް ނެތް!

09 އޯގަސްޓު 2017
ޔާމީން ރަޝީދުގެ މަރާއި ރިލްވާން ވަގަށްނެގި މައްސަލައާއި އެއްވެސް ގުޅުމެއް ނެތް!
01 އޯގަސްޓު 2017

މާރާމާރީތަކާ ސިޔާސީ މީހުންނާ ގުޅުމެއް ވޭތޯ މިދަނީ ބަލަމުން:ހޯމް މިނިސްޓަރ

01 އޯގަސްޓު 2017
މާރާމާރީތަކާ ސިޔާސީ މީހުންނާ ގުޅުމެއް ވޭތޯ މިދަނީ ބަލަމުން:ހޯމް މިނިސްޓަރ
26 އެޕްރީލު 2017

ހަތަރު ލީޑަރުން ގުޅިގެން ފެށި މަސައްކަތާއެކު ސަރުކާރަށް ހަތަރު އުދަރެސް ފެނުޖެހިއްޖެ: ޑރ މައުސޫމް

26 އެޕްރީލު 2017
ހަތަރު ލީޑަރުން ގުޅިގެން ފެށި މަސައްކަތާއެކު ސަރުކާރަށް ހަތަރު އުދަރެސް ފެނުޖެހިއްޖެ: ޑރ މައުސޫމް
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް