Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޔާސީ އިންތިހާބު 2018

އަބަދު އެންމެން މޮޔައެއް ނުހެއްދޭނެ!

18 އޯގަސްޓު 2018 | ހޮނިހިރު 13:58

ލާދީނީ ފިކުރެކޭ ބުނެ ކުރާ ކެމްޕެއިންގައި ބަރުދަނެއް ނެތް

އަލީ ޔޫސުފް
އަލީ ޔޫސުފް | 18 އޯގަސްޓު 2018 | ހޮނިހިރު 13:58
އަބްދުﷲ ޔާމީންގެ ރަނިންގ މޭޓް ޑރ. ޝަހީމް ގދ. ތިނަދަނޫގައި ހުންނަ މިސްކިތު ބޭރުގައި ބަޔަކާ އެކު ފޯޓޯއަކަށް ހުއްޓިވަޑައިގެން: ދީން ހަތިޔާރަކަށް ހަދައިގެން ދައްކާ ވާހަކަ ދެކޮޅެއް ނުޖެހޭ

އަބްދުﷲ ޔާމީންގެ ރަނިންގ މޭޓް ޑރ. ޝަހީމް ގދ. ތިނަދަނޫގައި ހުންނަ މިސްކިތު ބޭރުގައި ބަޔަކާ އެކު ފޯޓޯއަކަށް ހުއްޓިވަޑައިގެން: ދީން ހަތިޔާރަކަށް ހަދައިގެން ދައްކާ ވާހަކަ ދެކޮޅެއް ނުޖެހޭ

އެމެރިކާގެ ކުރީގެ ރައީސް އަބްރަހަމް ލިންކަން ވިދާޅުވެފައި ވެއެވެ. "ބައެއް ފަހަރު އެންމެން މޮޔަ ހެއްދިދާނެއެވެ. އަދި ބައެއް މީހުން އަބަދު މޮޔަ ހެއްދިދާނެއެވެ. ނަމަވެސް އަބަދު އެންމެން މޮޔައެއް ނުހެއްދޭނެއެވެ."

މިއީ ވަރަށް ގިނަ ހާލަތްތަކަށް ފެތޭ އިބުރަތްތެރި ބަސްކޮޅެކެވެ. ހާއްސަކޮށް މި ދުވަސްކޮޅަށް ވަރަށް މުހިންމު ބަސްކޮޅެކެވެ. މުޅި ގައުމު ސިޔާސީ އޮއިވަރުގައި ޖެހިފައިވާ މިދަނޑުވަޅުގައި ސިޔާސީ ފަރާތްތަކުން ވެސް ހަނދާން ކުރަންޖެހޭ ބަސްކޮޅެކެވެ. ފައި ބީއްސާލާ ކޮންމެ ރަށެއްގައި ވައުދުތައް ވަމުންދާއިރު މި ބަސްކޮޅާ މެދު ފުންކޮށް ވިސްނާލުން ބުއްދި ވެރިއެވެ. އެހެން ނޫން ނަމަ އަނގައިން ބޭރުކޮށްލާ ބަސް ފަހުން ގައިގާ ދަތް އަޅާނެއެވެ.

ސަރުކާރުން ވެސް އިދިކޮޅު ވެސް ސިޔާސީ ވައުދުތައް ވަމުންދާ އިރު ވިސްނާލަންޖެހެއެވެ. ދެވަނަ ދައުރެއް ދިނުމަށް އެދިވަޑައިގެން މިހާރުގެ ރައީސް އަބްދުﷲ ޔާމީން ފައްޓަވާފައިވާ ކެމްޕެއިންގައި ވެސް އެމަނިކުފާނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ 2013 ވަނަ އަހަރުގެ އިންތިޚާބަށް އެމަނިކުފާނު ވެވަޑައިގެންނެވި ބައެއް ވައުދުތަކެވެ. އަލަތު ކައިވެންޏާ އެކު ފްލެޓްގެ ތަޅުދަނޑި ހަވާލުކުރުމުގެ ވައުދާއި މަސްވެރިންނަށް ބެޔަސް ނުބެޔަސް 10000ރ. ގެ ވައުދާއި ދަނޑުވެރިންނަށް 8000ރ. ގެ ވައުދާއި މި ނޫން ވެސް އެތައް ވައުދުތަކެއް ލިސްޓްގައި އެބަ ހުއްޓެވެ. އަދި އިންތިހާބުވެ ވަޑައިގެންނެވި ފަހުން ރަށްރަށަށް ކޮށްދޭން ވިދާޅުވި ބައެއް ކަންކަމަކީ ވެސް އެލިސްޓްގައި ހިމެނޭ ކަންކަމެވެ.

އެ ވައުދުތަކުން ހިފައި ދަމަމުން އިދިކޮޅު ފަރާތްތަކުން ހަވާ އަރުވައި އީދު ފާހަގަކުރަމުންދާ އިރު ކުރިއަށް އޮތް އިންތިޚާބަށްޓަކައި ގުޅިފައިވާ ޕާޓީތަކުން ވާދަކުރައްވާ އިބްރާހީމް މުހައްމަދު ސޯލިހު ވެސް އެ ގެންދަވަނީ ވައުދުތަކެއް ވެވަޑައިގަންނަވަމުންނެވެ. ވިސްނާލަންޖެހޭ ކަމަކީ އެއިން ކޮންމެ ވައުދެއް ރައްޔިތުން ވަރަށް ރަނގަޅަށް ހަނދާން ހުންނާނެ ކަމެކެވެ. އެއީ ރަށު ފެންވަރުގައި ވިޔަސް އަދި ގައުމީ ފެންވަރުގެ ވައުދެއް ކަމުގައި ވިޔަސް ކުރިޔާ ހިލާފަށް އެ ވައުދުތައް މިހާރު މަންޒަރުތަކާ އެކު ރެކޯޑްކުރެވޭ ކަމެވެ.

ވައުދުތަކުގެ އިތުރުން ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ވެސް ކެންޑިޑޭޓުން ގެންދަނީ ވަރަށް ބޮޑެތި ވާހަކަތައް ދައްކަމުންނެވެ. ހާއްސަކޮށް ސަރުކާރަށް ކުރިމަތިވެފައިވާ ތަފާތު ފާޑުކިޔުންތަކާ ހުރެ އެކަންކަމުން ރެކުމަށްޓަކައި ދައްކާ ވާހަކަތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އެއިން ކޮންމެ ކަމެއްގައި ދީން ނިވާފަތްގަނޑަކަށް ހަދައިގެން އަދި ހަތިޔާރެއްގެ ގޮތުގައި ވެސް ދީން ބޭނުން ކުރަމުންދާތަން އެބަ ފެނެއެވެ.

އިދިކޮޅުގައި އޮތީ ލާދީނީ ފިކުރެއް ކަމަށް ބުނާ އިރު 2008 ވަނަ އަހަރު ވެސް ހަމަ އެ ވާހަކަތައް ދެއްކިއެވެ. ނަމަވެސް ރައްޔިތުންގެ ލޮލުގައި އަނދުނެއް ނޭޅުވުނެވެ. އިންތިޚާބު ކާމިޔާބުކުރީ އެ ބުނާ "ލާދީނީ" ފިކުރެވެ. އަދި އޭގެ ފަހުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ހަމަ އެ "ލާދިނީ" ހަތިޔާރު ނަގައިގެން ބަޔަކު ދިޔައީ ހަމަލާތައް ދެމުންނެވެ. އިންތިޚާބުގައި ހެދި ގޮތެއް ހަދައިގެން ވިޔަސް އެ ފަހަރު އެ ފިކުރުގެ މައްޗަށް "އެހެން" ފިކުރެއް ކުރި ހޯދިއެވެ. ނަމަވެސް ވޯޓުލީ މީހުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން އެ ބުނާ "ލާދީނީ" ފިކުރަށް ތާއީދުކުރިއެވެ. މާނައަކީ 105000 މީހުންނަކީ "ލާދީނީ" ފިކުރުގައި ތިބި މީހުންނެވެ.

ދިވެހިންނަކީ މިއަދު ވަރަށް ހޭލުންތެރި ބައެކެވެ. ގައުމެއްގެ އާބާދީގެ ނިސްބަތުން ވެސް އެންމެ ޓެކްނޮލޮޖީއާ ރައްޓެހީ ދިވެހިންނޭ ބުނުމަކުން ގޯހަކަށް ނުވާނެއެވެ. ކޮންމެ މީހެއްގެ އަތުގައި ވެސް ޓެކްނޮލޮޖީގެ އާލާތެއް އޮވެއެވެ. ފޯނު މެދުވެރިކޮށް ޚަބަރުތައް ވަރަށް ހަލުވިކަމާ އެކު ފެތުރެއެވެ. އަދި ގިނައީ އިވޭ ކޮންމެ ވާހަކައެއް ގަބޫލުކުރުމުގެ ބަދަލުގައި އެކަމުގެ ތެދު ދޮގު ބަލައި ހަގީގަތް ހޯދާ މީހުންނެވެ. އެހެންކަމުން ސިޔާސީ މީހުން ދައްކާ ކޮންމެ ވާހަކައެއް ގަބޫލުކޮށްގެން ވޯޓު ދޭނެ ދިވެހިން މިހާރު މަދެވެ. މިވެނި މީހަކަށް ވޯޓު ދީފި ނަމަ އިސްލާމް ދީން މި ގައުމުން ފޮހެވިގެންދާނެ ކަމާއި އިދިކޮޅުގައި އޮތީ ލާދީނީ ފިކުރެއް ކަމާއި "މަށާއި މަގޭ އާއިލާ ވެސް ލާދީނީ ފިކުރަށް ވޯޓު ނުދޭނެ" ކަމަށް ބުނެ ކުރާ ކެމްޕެއިންތަކުގައި ބުރަދަނެއް ނެތެވެ. ދީން ހަތިޔާރަކަށް ހަދައިގެން އަބަދު އެންމެން ގުނބޯ ހެއްދޭނެ ކަމަށް ގަބޫލުކުރުމަކީ މޮޔަކެމެވެ. ހަގީގަތަކީ ލިންކަން ވިދާޅުވެފައިވާ ގޮތަށް އަބަދަކު އެންމެން މޮޔަ ނުހެއްދޭނެ ކަމެވެ.

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2018

އެންމެންގެ ސަމާލުކަން ބޮޑު ޝަރީއަތަށް. ވަޒީރުންވެސް ގަދަ ހޫނުގައި ދިގު ކިއޫގައި

14 އޮކްޓޯބަރު 2018
އެންމެންގެ ސަމާލުކަން ބޮޑު ޝަރީއަތަށް. ވަޒީރުންވެސް ގަދަ ހޫނުގައި ދިގު ކިއޫގައި
14 އޮކްޓޯބަރު 2018

އެންމެންގެ ސަމާލުކަށް ސުޕްރީމް ކޯޓަށް!

14 އޮކްޓޯބަރު 2018
އެންމެންގެ ސަމާލުކަށް ސުޕްރީމް ކޯޓަށް!
27 ސެޕްޓެމްބަރު 2018

ތިނަދޫގެ ބަސް: އެންމެންގެ ރުހުމާ އެކު ނޫނީ ރައީސް ޔާމީނަށް މައާފެއް ނެތް؟

27 ސެޕްޓެމްބަރު 2018
ތިނަދޫގެ ބަސް: އެންމެންގެ ރުހުމާ އެކު ނޫނީ ރައީސް ޔާމީނަށް މައާފެއް ނެތް؟
24 ޖުލައި 2018

ރައްޔިތުންގެ ބައިތުލްމާލު 'ދަވާލީ' ކާކުކަން އެންމެންނަށް ވެސް އެނގޭ!

24 ޖުލައި 2018
ރައްޔިތުންގެ ބައިތުލްމާލު 'ދަވާލީ' ކާކުކަން އެންމެންނަށް ވެސް އެނގޭ!
20 ޖޫން 2018

ގާސިމް: އެންމެން ވެރިކަމަށް ގެންނެވި، މިފަހަރު ރަނގަޅީ ކޮން ގޮތެއް؟

20 ޖޫން 2018
ގާސިމް: އެންމެން ވެރިކަމަށް ގެންނެވި، މިފަހަރު ރަނގަޅީ ކޮން ގޮތެއް؟
27 މާރިޗު 2018

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

27 މާރިޗު 2018
އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
25 ނޮވެމްބަރު 2017

އަންހެނެއްގެ ހަޅޭކުގެ އަޑު، އެންމެން ކަން ބަލަން!

25 ނޮވެމްބަރު 2017
އަންހެނެއްގެ ހަޅޭކުގެ އަޑު، އެންމެން ކަން ބަލަން!
16 ސެޕްޓެމްބަރު 2017

ދުންފަތުގެ އިސްތިއުމާލުކުރުން: އާ ގަވައިދެއް ހެދިޔަސް މިކަން ހުއްޓުވޭނީ އެންމެން ޒިންމާނަގައިގެން

16 ސެޕްޓެމްބަރު 2017
ދުންފަތުގެ އިސްތިއުމާލުކުރުން: އާ ގަވައިދެއް ހެދިޔަސް މިކަން ހުއްޓުވޭނީ އެންމެން ޒިންމާނަގައިގެން
07 ސެޕްޓެމްބަރު 2017

"އައިފޯން 8"ނެރުމަށް ކުޑަ ދުވަސްކޮޅެއް:އެންމެން ކެތްމަދުވެފައި 

07 ސެޕްޓެމްބަރު 2017
"އައިފޯން 8"ނެރުމަށް ކުޑަ ދުވަސްކޮޅެއް:އެންމެން ކެތްމަދުވެފައި 
07 އެޕްރީލު 2017

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް