ހޯމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ށ. ކޮމަންޑޫ، ޗަމަން، މޫސާ ރަމީޒު އެވެ.
މޫސާ ޒަމީރަކީ ފުވައްމުލަކު އަތޮޅު ވެރިކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ސީނިއަރ ޕޮލިސީ އެގްސެކެޓިވްގެ މަގާމުގައި ހޯމް މިނިސްޓްރީގައި އެހެން ބޭފުޅަކުވެސް ހުންނަވައެވެ.
މިނިސްޓަރުގެ އިތުރަށް ހޯމް މިނިސްޓްރީގައި 15 ބޭފުޅަކު ސިޔާސީ މަގާމުތަކުގައި ތިއްބަވަ އެވެ.