Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޕީޕީއެމް-ޕީއެންސީ

ދައްކަވަން ހުރި ތަނެއް ދައްކަވާނެ!

ރައީސް ޔާމީން އަކީ އަމިއްލަ އެދުމުން ފޯވެފައިވާ ބޭފުޅެއް ކަމަށާއި، އެއީ އެއްވެސް ތަނެއް ދޮރެއް، ތަންޑެއް ވަކި ނުވާ ކަމަށް ވެސް ވިދާޅުވަމުން އެ ގެންދަވަނީ ހަމަ އެ ދޫތަކުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 އޯގަސްޓު 2024 | ބުރާސްފަތި 07:47
ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިހާރު ހިނގަމުން މިދާ ކަންތައްތަކާއި، ފެންނަމުން މިދާ މަންޒަރުތަކަށް ބަލާލުމުން އަޅުގަނޑު ހިތަށް އެރި އެވެ. ކުރާނީ ވަކި ކީއްހެއްޔެވެ؟ ދައްކަވަން ހުރި ތަނެއް ދައްކަވާނެ އެވެ! ދުނިޔެ އަކީ ވެސް އަބަދު އެއް ގޮތަކަށް އޮންނަ އެއްޗެއް ނޫނެވެ. އިއްޔެ މިތުރުންގެ ގޮތުގައި ތިބި މީހުން، މިއަދު ހަތުރުންނަށް ވެއްޖެ އެވެ. އިއްޔެ އެކަކު އަނެކަކު ދިފާޢުކޮށް، އެކަކު އަނެކަކުގެ ޙައްޤަގައި ޖަލުގައި އޮވެދާނެ ކަމަށް ވެސް ވިދާޅުވީ ބޭފުޅުން، މިއަދު އެ ދައްކަވަނީ މުޅިން އެހެން ވާހަކަ އެކެވެ. މި ދެންނެވި ވާހަކަތަކުގެ މަތިން އެ ބޭފުޅުން ހަނދާން ނެތުނު ނަމަވެސް، ގިނަ ދިވެހިންގެ ހަނދާނުގައި އެކަން ހުރީ އިއްޔެ މެންދުރު ވީ ކަމެއް ހެންނެވެ.

ފަށަން ޖެހޭނީ ވެސް، އަދި ނިންމަން ޖެހޭނީ ވެސް ކުރީގެ ރައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމާ ހަމައިންނެވެ. 2013 ވަނަ އަހަރު އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ފަހުން، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އެ ބޭފުޅުންގެ ދޫތަކުން އަބަދުމެ ދައްކަމުން ދިޔަ ވާހަކަ އެވެ. އޭގެ ފަހުން، މިއަދު އެ ވާހަކަތައް މުޅިން ރާގެއްގައި، އެހެން ޒާތެއްގައި ވެސް އެ ދަައްކަވަނީ ހަމަ އެ ބޭފުޅުންނެވެ. ބަދަލުވީ އެންމެ ކަމެކެވެ. މިއަދު އެ ބޭފުޅުން ވަޒީރު ކަމުގައި ތިއްބެވުމާއި، ދަޢުލަތުގެ ބާރުތަކުގައި ތިއްބެވުމެވެ. މަޒާޖީ ގޮތަކަށް ދަންނަވާނަމަ، ބަދަލުވީ ތުރު ކުރައްވާ ގަމީސްތަކާއި، އަޅުއްވާ ޓައީ ތަކެވެ. ބަދަލު ނުވަނީ އެ މޫނުތަކެވެ. ނަންތަކެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެޅުއްވި ސިނަމާލެ ބްރިޖުގެ ލޭންތަކެއް މަދު ވާހަކަ އޭރުގެ އިދިކޮޅު ޕާޓީ ތަކުން ދެއްކި އެވެ. އެކަމާ ގުޅިގެން ސަރުކާރަށް ފާޑު ވެސް ކިޔައި ހެދި އެވެ. ބްރިޖުގެ މަސައްކަތް ނިންމައި، އާންމުން ބޭނުން ކުރަން ފެށިއިރު، އޮތީ ދެ ލޭން އެވެ. ސައިކަލު ލޭން އަދި ބައިސްކަލު ދުއްވަން ވަކި ލޭނެއް ނެތެވެ. އޭރު އިދިކޮޅު ޕާޓީ ތަކާއި، ބައެއް އާންމު ރައްޔިތުން ވެސް އެ ވާހަކަ ދެއްކި އެވެ. އެއީ ދެއްކި މަންޒަރުގައި އޮތް ބްރިޖާއި، ހަމަ ލޮލަށް ފެނުނު ބްރިޖުގައި ތަފާތުތަކެއް ހުރުމުންނެވެ. އެކަމަކީ، ބޮޑުވެގެންވާ ކޮރަޕްޝަނެއް ކަމަށް ވެސް ވިދާޅުވީ މީހުން މަދެއް ނޫނެވެ.

އެހެން ނަމަވެސް އޭރު، ޢަބްދުއް ރަޙީމްް ޢަބްދުﷲ (އަދުރޭ) އާއި، އަޙުމަދު ޝިޔާމް އާއި މުޙައްމަދު ސައީދު އާއި، އިބްރާހީމް ފަލާޙް އާއި، އިބްރާހީމް ޝުޖާއު އަދި މޫސާ ޒަމީރުމެން ފަދަ ބޭފުޅުން ދެއްކެވީ އެހެން ވާހަކަ އެކެވެ. ދިފާޢު ކުރެއްވީ ރައީސް ޔާމީން އެވެ. އެ ދުވަހު ވިދާޅުވަމުން ގެންދެވީ ބްރިޖުގެ މަޝްރޫޢުގައި އެއްވެސް ގޯހެއް ނުވަތަ މައްސަލައެއް ދިމާވެފައި ނުވާ ކަމަށާއި، އޭރުގެ އިދިކޮޅުންް އުޅެނީ "ރައީސް ޔާމީންގެ ތަރައްޤީ ހަޖަމު ނުވެގެން" ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމާއި، ވެރިކަން ނިމިގެން ދެން ފާއިތުވި ފަސް އަހަރު ދުވަހު ވެސް އެ ބޭފުޅުން ދެއްކެވީ އެ ވާހަކަ އެވެ.

މިއަދު، ހަަމަ އެ ބޭފުޅުން ޖަލްސާ ތަކުގައްޔާއި، ނޫސްވެރިންގެ ބައްދަލުވުމުގައި އެ ދައްކަވަނީ މުޅިން އެހެން ވާހަކަ އެކެވެ. ބްރިޖުގެ އެއް ލޭން މަދުވި މައްސަލައިގައި ރައީސް ޔާމީން، އޭރުގެ ހައުސިން މިނިސްޓަރު އަދި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް "ރޮވެންދެން ބަވާލި" ކަމަށް ވެސް ވިދާޅުވަނީ ހަމަ އެ ބޭފުޅުންނެވެ. ބްރިޖުގެ ލޭން މަދުވި މައްސަލައިގެ ޒިންމާ އޭރުގެ ހައުސިން މިނިސްޓަރު އަދި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު ނަންގަވަން ނުޖެހޭނެ ކަމަށް ވިދާޅުވެ، އެ ބޭފުޅުން ވިދާޅުވަނީ އެކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް ޔާމީން އެވެ. މާތް ކަލާކޯ އެވެ!

ދެން އޮތީ ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި ވާހަކަ އެވެ. 2015 ވަނަ އަހަރުގެ ތެރޭގައި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި ރައީސް ޔާމީން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ދަތުރު ކުރައްވަމުން ދަނިކޮށް، ލޯންޗުގައި އެއްޗެއް ގޮއްވާލި އެވެ. އެ ހާދިސާގައި ރައީސް ޔާމީނަށް މާބޮޑު އަނިޔާއެއް ލިބިވަޑައި ނުގެންނެވި ނަމަވެސް، އެމަނިކުފާނުގެ އަނބިކަނބަލުންނަށް އަނިޔާވި އެވެ. ހޮސްޕިޓަލުގައި ފަރުވާ ވެސް ހޯއްދެވި އެވެ. އެ ހާދިސާގެ ވާހަކަ ވެސް ދެ ގޮތަކަށް ދެކެވެނެވެ. އޭރު، އަދުރޭގެ އިތުރުން، ޝިޔާމް، ސައީދު، ފަލާޙް، ޝުޖާއު އަދި ދެން ވެސް ތިއްބެވި ބޭފުޅުން ވިދާޅުވީ "ރައީސް ޔާމީން އަވަހާރަކޮށްލެއްވުމަށް" ލޯންޗުގައި އެއްޗެއް ގޮއްވާލީ ކަމަށެވެ. ފަހުން އެކަމުގެ ތުހުމަތު ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ޢަބްދު ޣަފޫރުގެ ބޮލުގައި އަޅުވައިގެން އެ ވާހަކަ ދެއްކެވީ ވެސް ހަމަ މި ދެންނެވި ބޭފުޅުންނެވެ.

އެކަމަކު، މިއަދު އަދުރޭ އާއި، ޝިޔާމް އާއި ސައީދު އާއި ފަލާޙު މެން އެ ދައްކަވަނީ، ހަމަ އެ ވާހަކަ އެވެ. އެހެން ނަމަވެސް، ވާހަކައިގެ މިޞްރާބު ބަދަލުވެއްޖެ އެވެ. މިއަދު އެ ބޭފުޅުން އެކަން ސިފަ ކުރައްވަނީ އެއީ ރައީސް ޔާމީން ކުޅުއްވި "ޑްރާމާއެއްގެ" ގޮތުގަ އެވެ. އެކަން ކުރެއްވީ ރައީސް ޔާމީން އަމިއްލަފުޅަށް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވަނީ، މީގެ ކުރިން އެ މައްސަލައިގައި އެންމެ ބޮޑަށް ރައީސް ޔާމީންގެ ދިފާޢުގައި ވާހަކަ ދެއްކެވި ބޭފުޅުންނެވެ. މީގެ ކުރިން އެ ބޭފުޅުން ދެއްކެވި ވާހަކަތައް ބަދަލުވެއްޖެ އެވެ.

އަޅުގަނޑު ހިތަށް ހަމަ އެރީ އެވެ. ކޮންމެ ގޮތެއްވީ ނަމަވެސް، ދައްކަވަން ހުރިތަނެއް ދައްކަވާނެ އެވެ. ރައީސް ޔާމީން އަކީ ގަޓު ރައީސެއް ކަމަށާއި، އެމަނިކުފާނަކީ މޮޅު ބޭފުޅެއް ކަމަށާއި، އެމަނިކުފާނަކީ ސްމާޓް ބޭފުޅެއް ކަމަށާއި، އެމަނިކުފާނަކީ ޖެންޓަލްމެން އެއް ކަމަށާއި، އެމަނިކުފާނަކީ ޢަޒުމު ވަރުގަދަ ލީޑަރެއް ކަމަށް ޕޯޑިއަމް ތަކާއި، ސޯޝަލް މީޑިއާ ގައި ވެސް ވިދާޅުވީ އެ ބޭފުޅުންނެވެ. ރައީސް ޔާމީނަށް ނިސްބަތްކޮށް، އެއް ބޭފުޅަކަށް ވުރެ އަނެއް ބޭފުޅަކު މޮޅެތި ބަސްތަކުގެ ބަނދިވަރުތައް ލިޔެ ޓުވީޓު ކޮށްފައި ވެސް ހުންނާނެ އެވެ. މިހާރުގެ އިޤްތިޞާދީ ވަޒީރު އަދި ރައީސް ޔާމީން ދައުރުގެ ވެސް އިޤްތިޞާދީ ވަޒީރު ސައީދު ވެސް ވިދާޅުވީ، "ރައީސް ޔާމީނަކީ ފިނިފެން މަލެއް" ކަމަށެވެ.

މިއަދު، ރައީސް ޔާމީން އަކީ އަމިއްލަ އެދުމުން ފޯވެފައިވާ ބޭފުޅެއް ކަމަށާއި، އެއީ އެއްވެސް ތަނެއް ދޮރެއް، ތަންޑެއް ވަކި ނުވާ ކަމަށް ވެސް ވިދާޅުވަމުން އެ ގެންދަވަނީ ހަމަ އެ ދޫތަކުންނެވެ. އެ ބޭފުޅުންނެވެ. ކުރާނެ ކަމެއް ނެތެވެ. ދެން ވެސް ދަންވަން އޮތީ ހަަމަ އެންމެ ވާހަކަ އެކެވެ. ދައްކަވަން ހުރި ތަނެއް ދައްކަވާނެ އެވެ!

ޕީޕީއެމް-ޕީއެންސީރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުކުރީގެ ރައީސް ޢަބްދުﷲ ޔާމީންމަގޭ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު