Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރެޑިޓް ރޭޓިން ދަށްކުރުން

ފިޗް އިން އަނެެއްކާވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފި

29 އޯގަސްޓު 2024 | ބުރާސްފަތި 08:29

ރޭޓިންގ މުއްދަތުގެ ތެރޭގައި ބަނގުރޫޓުވުމުގެ ފުރުސަތު އިތުރުވެފައިވާކަމަށް ފިޗް އިން ބުނޭ

ރާއްޖެ އެމްވީ | 29 އޯގަސްޓު 2024 | ބުރާސްފަތި 08:29
ރޭޓިންގ މުއްދަތުގެ ތެރޭގައި ރާއްޖެ ބަނގުރޫޓުވުމުގެ ފުރުސަތު އިތުރުވެފައިވާކަމަށް ފިޗް އިން ބުނޭ

ރޭޓިންގ މުއްދަތުގެ ތެރޭގައި ރާއްޖެ ބަނގުރޫޓުވުމުގެ ފުރުސަތު އިތުރުވެފައިވާކަމަށް ފިޗް އިން ބުނޭ

ފިޗް އިން ދިވެހިރާއްޖޭގެ ދިގު މުއްދަތުގެ ބޭރު ފައިސާގެ އިޝުއަރ ޑިފޯލްޓް ރޭޓިންގ (އައިޑީއާރު) ސީސީސީ ޕްލަސް (ސީސީސީ+) އިން 'ސީސީ' އަށް ދަށްކޮށްފިއެވެ.

އެމެރިކާގެ ކްރެޑިޓް ރޭޓިންގ އޭޖެންސީ - ފިޗް ގެ އައު ކްރެޑިޓް ރޭޓިން ބުރާސްފަތި ދުވަހު ނެރުނު އިރު އެންމެ ފަހުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ނެރެފައިވަނީ މިދިޔަ ޖޫން މަހުއެވެ.

Advertisement - newsAdvertisement

ފިޗް ރާއްޖެއަށް އިންޓަރނޭޝަނަލް ޑިފޯލްޓް ރޭޓިންގ އިން ދީފައިވާ ދަރަޖަ 'ސީސީ' އަށް ދަށްކުރި ސަބަބެއް ކަމަށް، ބުނެފައިވަނީ ފަހަކަށްއައިސް ޤައުމުގެ ބޭރުފައިސާ ހުރި މިންވަރު ދަށަށް ދިއުމުގެ ސަބަބުން ރޭޓިންގ މުއްދަތުގެ ތެރޭގައި ބަނގުރޫޓުވުމުގެ ފުރުސަތު އިތުރުވެފައިވާކަމަށް ބެލެވޭތީއެވެ.

މިކަން އިތުރަށް ހާމަވަނީ ފަހަކަށްއައިސް ބޭރުފައިސާގެ ރިޒާވް ބޮޑުތަނުން ދަށަށް ގޮސްފައިވުމާއި، ބޭރުގެ ދަރަނީގެ ދެއްކުމަށް ކުރަން ޖެހޭ ހޭދަ މަތިވެފައިވުމާއި، އަދި ބޭރުން އެހީގެ ގޮތުގައި ލިބޭ ފައިސާ ދަށަށް ގޮސްފައިވުން ކަން ފިޗް އިން ވަނީ ފާހަގަ ކޮށްފައެވެ.

ފިޗް އިން ބުނެފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ޖުމްލަ ބޭރު ފައިސާގެ ރިޒާވް ގާތްގަނޑަކަށް 20 އިންސައްތަ ދަށަށް ގޮސް، 395 މިލިއަން އެމެރިކާ ޑޮލަރަށް ވެއްޓިފައިވާ ކަމަށެވެ. މިއީ 2024 ވަނަ އަހަރުގެ މެއި މަހު ހުރި 492 މިލިއަން އެމެރިކާ ޑޮލަރާ އަޅާބަލާއިރު ވަރަށް ބޮޑު ވެއްޓުމެއް ކަމަށް ފިޗް އިން ވަނީ ފާހަގަ ކޮށްފައެވެ. އަދި މިއީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެންމެ މިހާތަނަށް އައި އެންމެ ބޮޑު ދަށްވުން ކަމަށް ފިޗުން ބުނެފައިވެއެވެ.

ކުރު މުއްދަތުގެ ބޭރުގެ ދަރަނި އުނިކުރުމަށްފަހު ބާކީވާ ޖުމްލަ ރިޒާވް ވަނީ ރެކޯޑް މިންވަރަކަށް ދަށަށް ގޮސް، 44 މިލިއަން އެމެރިކާ ޑޮލަރަށް ވެއްޓިފައި ކަމަށް ފިޗް އިން ބުނެއެވެ. މިހާ ދައްވެގެން ދިޔައީ ކަރަންޓް އެކައުންޓް ޑެފިސިޓް މަތި ވުމާއި، ބޭރުގެ ދަރަނި މަތިވުމާއި، އަދި ދިވެހި ރުފިޔާގެ އަގު އެމެރިކާ ޑޮލަރާ އެއް ހަމައެއްގައި ހިފެހެއްޓުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަަޅަމުންދާ ފިޔަވަޅުތަކުގެ ސަަބަބުން ކަމުގައެވެ.

2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި 50 މިލިއަން އެމެރިކާ ޑޮލަރުގެ ސޮވަރިންގ ގެރެންޓީ ދީފައިވާ ބޭރުގެ ދަރަނި އަދާކުރަންޖެހޭއިރު، 64 މިލިއަން އެމެރިކާ ޑޮލަރުގެ ސަރުކާރުން ގެރެންޓީ ދީފައިވާ ބޭރުގެ ދަރަނި އަދާކުރަން ޖެހޭކަން ފިޗް އިން ފާހަގަ ކުރެއެވެ.

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި މިހާރު ގާތްގަނޑަކަށް 65 މިލިއަން އެމެރިކާ ޑޮލަރު ހުރިއިރު، މިއީ ޖޫން މަހުގެ މެދުތެރޭގައި ހުރި 54 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރު އަދަދެއްކަން ފިޗް އިން ވަނީ ފާހަގަ ކޮށްފައެވެ.

ފިޗް އިން ބުނާ ގޮތުގައި އެންމެ އަވަހަށް ދައްކަން ހުރި ދަރަނި ރިޒާވް އިން ދެއްކުނު ނަމަވެސް، 2025 ވަނަ އަހަރު އަދާކުރަން ޖެހޭ ޖުމްލަ ބޭރުގެ ދަރަނި 557 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެ ކަމަށާއި، 2026 ވަނަ އަހަރު 1.0 ބިލިއަން އެމެރިކާ ޑޮލަރަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު އަރާނެ ކަން ފިޗުން ވަނީ ފާހަގަ ކޮށްފައެވެ. މީގެ ތެރޭގައި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް އަނބުރާ ދެއްކުން ވެސް ހިމެނޭ ކަމަށް ފިޗް އިން ބުނެފައިވެއެވެ.

ފިޗް އިން ލަފާކުރަނީ ކުރު އަދި މެދު މެދުރާސްތާގައި ދިވެހިރާއްޖޭގެ ބަޖެޓްގެ ދަރަނި މަތީގައި ހުންނާނެ ކަމަށެވެ. އެއީ ސަރުކާރުގެ ޕަބްލިކް އިންވެސްޓްމަންޓްތަކަށް ކުރާ ޚަރަދުތަކުގެ ސަބަބުންނާއި، ކާބޯތަކެތި، ހަކަތަ އަދި ހަރުމުދާ އިމްޕޯޓްކުރަން މަޖުބޫރުވާތީ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އެމެރިކާ ޑޮލަރުގެ ދަތިކަން ދިމާވެ، ޕެރަލަލް މާކެޓަށާއި ރިޒާވް އަށް ބާރުބޮޑުވާ ކަމަށް ފިޗް އިން ބުނެއެވެ.

2025 ވަނަ އަހަރު 500 މިލިއަން ޑޮލަރުގެ ސުކޫކްގެ ބައެއް އަނބުރާ ދައްކަން ޖެހޭއިރު އެކަމަށް ފައިނޭންސް ކުރަން ސަރުކާރުން ރާވާފައިވާ ޕްލޭނާ ގުޅޭގޮތުން ފިޗުން ބުނީ އިތުބާރު ކުޑަ ކަމަށެވެ. ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާ އިތުރަށް ޖަމާކުރުމަށް ސަރުކާރުން ބޭނުންވާކަން ފިޗް އިން ފާހަގަ ކުރަމުން ފިޗް އިން ބުނީ މި ފަންޑުން 200 މިލިއަން ޑޮލަރު ނަގައިގެން 2026 ވަނަ އަހަރު ސްކޫކްގެ ދަރަނި ދައްކަންޖެހޭ ބައި ދެއްކުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ފިޗް އިން ދެކޭ ކަމަށް ބުނެފައިވެއެވެ.

ފިޗުން ލަފާކުރަނީ މެދު ރާސްތާގައި ދައުލަތުގެ ސީދާ ދަރަނި ހުންނާނީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީގެ) ނިސްބަތުން 109 ޕަސެންޓުގަ އެވެ.

ފާއިތުވި ދެ އަހަރު "ބީ މައިނަސް" ގައި ރާއްޖޭގެ ރޭޓިންގ ހިފެހެއްޓިފައި އޮތް އިރުވެސް ދައުލަތުގެ ދަރަނިތައް ހަމަ އެގޮތުގައި ހުރިކަން ފާހަގަ ކުރެވެއެވެ.

ފިޗް ރޭޓިން އަކީ އެ ތަނެއްގައި އިންވެސްޓް ކުރުމުގެ ރިސްކް އޮތް ކުޑަބޮޑުމިން އިންވެސްޓް ކުރާ ފަރާތްތަކަށާއި ދަރަންޏަށް ފައިސާ ދޭ ފަރާތްތަކަށް އަންގައިދޭ ދުނިޔެ ގަބޫލު ކުރާ މިންގަނޑެކެވެ.

ހޫނު ހަބަރުފިޗް ރޭޓިންގް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
28 ފެބުރުއަރީ 2025

1 މާރިޗު 2025 ވާ ހޮނިހިރު ދުވަހަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް

28 ފެބުރުއަރީ 2025
1 މާރިޗު 2025 ވާ ހޮނިހިރު ދުވަހަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް
26 ފެބުރުއަރީ 2025

"ސަސްޕެންޑްކުރި ފަނޑިޔާރުންނާއި މެދު ބަލަމުން ދަނީ ޚިޔާނާތުގެ މައްސަލަ އެއް"

26 ފެބުރުއަރީ 2025
"ސަސްޕެންޑްކުރި ފަނޑިޔާރުންނާއި މެދު ބަލަމުން ދަނީ ޚިޔާނާތުގެ މައްސަލަ އެއް"
26 ފެބުރުއަރީ 2025

އައްޑޫގައި އެކްސިޑެންޓުވެ ޒުވާނަކު މަރުވެއްޖެ

26 ފެބުރުއަރީ 2025
އައްޑޫގައި އެކްސިޑެންޓުވެ ޒުވާނަކު މަރުވެއްޖެ
13 ފެބުރުއަރީ 2025

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

13 ފެބުރުއަރީ 2025
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
04 ފެބުރުއަރީ 2025

ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހު އެމްޑީޕީ އިން އިހުތިޖާޖު ކުރަން ނިންމައިފި

04 ފެބުރުއަރީ 2025
ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހު އެމްޑީޕީ އިން އިހުތިޖާޖު ކުރަން ނިންމައިފި
04 ފެބުރުއަރީ 2025

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

04 ފެބުރުއަރީ 2025
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
30 ޖެނުއަރީ 2025

މެމްބަރުންގެ ގޮނޑިގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލަ ފެބްރުއަރީ 17 ށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި

30 ޖެނުއަރީ 2025
މެމްބަރުންގެ ގޮނޑިގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލަ ފެބްރުއަރީ 17 ށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި
28 ޖެނުއަރީ 2025

އަބްދުލްރަހީމް ނޫސްވެރިންނަށް ފިއްލަވައިގެން މާލެ ވަޑައިގެންފި

28 ޖެނުއަރީ 2025
އަބްދުލްރަހީމް ނޫސްވެރިންނަށް ފިއްލަވައިގެން މާލެ ވަޑައިގެންފި
19 ޑިސެމްބަރު 2024

ގޯތި މައްސަލައިގައި ފަޒުލްގެ ބޭބެ ފަޒީލް ޒިންމާ ތަކުން ވަކިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑް ކޮށްފި

19 ޑިސެމްބަރު 2024
ގޯތި މައްސަލައިގައި ފަޒުލްގެ ބޭބެ ފަޒީލް ޒިންމާ ތަކުން ވަކިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް