Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީ އަބުރުފުޅު ފަންޑު

ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑަށް މިހާރު ނޫހުން އެހީވެއްޖެ

16 އޯގަސްޓު 2018 | ބުރާސްފަތި 07:40

ރާއްޖެ ޓީވީ އާ މެދު އަޅާފައިވަނީ އެއްވެސް އަސްލެއް ނެތް ފިޔަވަޅެއްކަން ފާހަގަ ކުރެއްވި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 16 އޯގަސްޓު 2018 | ބުރާސްފަތި 07:40
އަބުރުފުޅު ފަންޑަށް މިހާރު ނޫހުން ފައިސާ ހަދިޔާ ކުރަނީ

އަބުރުފުޅު ފަންޑަށް މިހާރު ނޫހުން ފައިސާ ހަދިޔާ ކުރަނީ

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ހަތަރު ވަނަ ފަހަރަށް ޖޫރިމަނާކޮށް، ދެ މިލިއަން ރުފިޔާ ދެއްކުމަށް އެންގުމާ ގުޅިގެން ހުޅުވާފައިވާ "ރާއްޖެޓީވީ އަބުރުފުޅު ފަންޑަށް" "މިހާރު" ނޫހުގެ ފަރާތުން އެހީތެރިވެއްޖެއެވެ.

ބުރާސްފަތި ދުވަހު ހެނދުނު މިހާރު ނޫހުގެ ފަރާތުން ފައިސާގެ މި ރަމްޒީ އެހީ "ރާއްޖެޓީވީ އަބުރުފުޅު ފަންޑު" ފޮށްޓަށް ލެއްވީ މިހާރު ނޫހުގެ އެޑިޓަރ މޫސާ ލަތީފެވެ. މި ރަމްޒީ އެހީ ވެދެއްވުމުގެ ރަސްމިއްޔާތުގައި ރާއްޖެ ޓީވީގެ ބައެއް އިސްވެރިންނާއި މިހާރު ނޫހުގެ ބައެއް އިސްވެރިން ބައިވެރިވެލެއްވިއެވެ.

Advertisement - newsAdvertisement

އެހީ ވެދެއްވުމަށް ފަހު މޫސާ ލަތީފް ވިދާޅުވީ އެފަދަ އެހީއެއް ވެދެއްވި މައިގަނޑު ސަބަބަކީ ރާއްޖެ ޓީވީއާމެދު ބްރޯޑްކާސްޓިންގ ކޮމިޝަނުން އެޅިފިޔަވަޅަކީ ވަރަށް ބޭއިންސާފު އަދި އޭގެ މައްޗަށް އެއްވެސް އަސްލެއް ނެތް ފިޔަވަޅަކަށްވުން ކަމަށެވެ. އަދި އެއީ ރާއްޖޭގެ ފްރީ މީޑިޔާއަށް، ރާއްޖޭގެ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށާއި ނޫސްވެރިކަމަށް އެޅި ހުރަހެއް ކަމަށް ޤަބޫލުކުރައްވާތީ މިހާރު ނޫސް ވެސް އޮތީ ރާއްޖެ ޓީވީއާ އެކުކަން ހާމަކުރެއްވުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން ނޫސްވެރިންނަކީ އެއްބަޔަކު އަނެއްބަޔަކު ކުރާ ކަންކަމަށް އިހްތިރާމްކޮށް އެއްބަޔަކު އަނެއްބައެއްގެ މިނިވަންކަމާ ނުބެހި އުޅެމުންދާ ބައެއް ކަމަށާއި އެޑިޓޯރިއަލް ޕޮލިސީ ތަފާތުވިނަމަވެސް ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރަސީއެއްގައި އޮންނަން ޖެހޭނެ އެއްޗެއްކަމަށް ޤަބޫލު ކުރައްވާތީ ވެދެއްވި އެހީއެއްކަމަށްވެސް މޫސާ ލަތީފް ވިދާޅުވިއެވެ.

މޫސާ ލަތީފް ވިދާޅުވީ ބްރޯޑްކޮމްއިން އެއެޅި ފިޔަވަޅު ނޫސްވެރިއެއްގެ ހައިސިއްޔަތުން އެއްވެސް ގޮތަކަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ހުސައިން ފިޔާޒް މޫސާ ވިދާޅުވީ މިހާރު ނޫހުން ރާއްޖެ ޓީވީއަށް އެފަދަ އެހީއެއް ވެދެއްވީތީ ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށާއި އެކަމަށްޓަކައި މިހާރު ނޫހަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.

ފިޔާޒް ވިދާޅުވީ ރާއްޖެ ޓީވީއާއި މިހާރު ނޫހާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި ޑިމޮކްރަސީ ދެމެހެއްޓުމަށާއި ރާއްޖޭގެ މިނިވަން ނޫސްވެރިކަން ދެމެހެއްޓުމަށް މިހާރު ނޫހުން މޫސަ އިސްކޮށް ހުންނަވައިގެން އެކުރައްވާ މަސައްކަތް ބަލައިގަންނަ ކަމަށެވެ. އަދި ރާއްޖެ ޓީވީއަށް މިހާރު ނޫހުން ވެދެއްވި ހަދިޔާއިން ވެސް އެކަން ދޭހަކޮށްދޭ ކަމަށެވެ.

ފިޔާޒް ވިދާޅުވީ މިހާރު ނޫހުގެ އެޑިޓަރ މޫސާ ލަތީފާއި ފިޔާޒް ދެފަރާތުގައި ހުންނަވައިގެން ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑެއްގެ ވާހަކަ ދައްކަވާއިރު އެކަން ރައްދުވަނީ އެދެބޭފުޅުންނާއެކު ކުރިން މަސައްކަތް ކުރެއްވި މިހާރު ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބަށް ކަމަށެވެ.

ފިޔާޒް ވިދާޅުވީ ޝަހީބަކީ ރާއްޖޭގެ ނޫސްވެރިކަމުގައި ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށާއި ނަމަވެސް މިނިވަން ނޫސްވެރިކަން ނައްތާލުމަށް ޤާނޫން އަސާސީއާއި ޤާނޫންތަކާ ޚިލާފަށް މިފަދަ ބޮޑު ޖޫރިމަނާއެއް ކުރުމަށް ޝަހީބު އިސްވެ ހުންނަވައިގެން ކުރައްވާ މަސައްކަތް ކުށްވެރިކުރައްވާ ކަމަށެވެ. އަދި އެކަންކަން ހުއްޓާލުމަށް ގާތް އެކުވެރިއެއްގެ ހައްސިއްޔަތުން ޝަހީބަށް ގޮވާލައްވާކަމަށް ވެސް ފިޔާޒް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް