Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާފިނޮޅު އެއާޕޯޓް

މާފިނޮޅު އެއާޕޯޓަކީ ރިޔާސީ އިންތިޚާބަށް ސަރުކާރުން ދެއްކި ހުވަފެނެއް: ކައުންސިލް

16 އޯގަސްޓު 2018 | ބުރާސްފަތި 03:54

އެއާޕޯޓަށް ހަދަން ބޭނުންވާ ބިން ހިއްކަން ފެށި ނަމަވެސް މިހާރުވަނީ ހުއްޓާލާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 16 އޯގަސްޓު 2018 | ބުރާސްފަތި 03:54
މަހާ ޖައްރާފު މާފިނޮޅު ސަރަހައްދު ހިއްކަނީ

މަހާ ޖައްރާފު މާފިނޮޅު ސަރަހައްދު ހިއްކަނީ

ހއ.ހޯރަފުށީ ކައިރީގައި އޮންނަ މާފިނޮޅުގައި ހަދާ އެއާޕޯޓަކީ ރިޔާސީ އިންތިޚާބަށް ސަރުކާރުން ރައްޔިތުންނަށް ދެއްކި ހުވަފެނެއް ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހޯރަފުށީގެ ކައުންސިލަރަކު ވިދާޅުވީ، މާފިނޮޅުގައި މިމަހުގެ 6 ވަނަ ދުވަހު އެއާޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށްފަހު، އިތުރު މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އަދި މިހާރު އެސަރަހައްދުގައި އަޅާފައި އޮތް ހޮޅިތައް ނަގަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެމްޓީސީސީގެ މަހާޖައްރާފުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ހަވާލާދީ ކައުންސިލަރު ވިދާޅުވީ މާފިނޮޅުގައި އެއާޕޯޓު ހެދުމަށް ސަރުކާރުން ނިންމީ ބަލަންޖެހޭ ކަންތައްތަކަށް ނުބަލާ ކަމަށާއި، ހިއްކުމަށް ނިންމި ސަރަހައްދަކީ އާދަޔާ ހިލާފަށް އޮއިވަރު ގަދަ ސަރަހައްދެއް ކަމަށެވެ. އަދި މަހާޖައްރާފަށް ބިން ހިއްކުމުގެ މަސައްކަތް ނުކުރެވޭތީ މިހާރު ތ. އަތޮޅު ރަށަކަށް ދިއުމަށް ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މަހާޖައްރާފުގައި މަސައްކަތްކުރާ މީހުންވެސް ބުނޭ ވަރަށް ބޭކާރު ކަމެކޭ މިކުރެވުނީ، މިސަހަރައްދުގެ އޮއި އޮންނަ ގޮތުން ވަރަށް އުނދަގޫވާނޭ ހިއްކަން، މަހާޖައްރާފަކަށް މިކަން ނުވާނެތީ އޯ އެހެން ރަށަކަށް ގެންދަނީ، ދެން އަނެއްކާ ވެސް އެހެން އެއްޗެއް ގެންނާނެ ކަމަށް މައުލޫމާތު ލިބޭ، ދެން މިމަސައްކަތް ހުއްޓިފައި ފެށޭނެ ދުވަހެއް ވެސް ބުނާކަށް ނޭނގެ، އެހެންވީމަ މިބުނަނީ މީ ހުވަފެނެކޭ" ކައުންސިލަރު ވިދާޅުވިއެވެ.

ކައުންސިލަރު ވިދާޅުވީ ހއ.ރައްޔިތުންނަށް މާފިނޮޅުގައި ހަދާ އެއާޕޯޓާއި މެދު އެއްވެސް އުއްމީދެއް ނެތް ކަމަށާއި، މިއީ ރިޔާސީ އިންތިޚާބަށް ރައްޔިތުންނަށް ސަރުކާރުން ދެއްކި ހުވަފެނެއް ކަމަށެވެ. މިއެއާޕޯޓަކީ ޒަމާންތަކެއް ވަންދެން ރައްޔިތުން ދެކުނު ހުވަފެނެއްކަން ފާހަގަކުރައްވައި ކައުންސިލަރު ވިދާޅުވީ މިމަޝްރޫޢަށް ވާނުވާ އެއް ނޭނގޭތީ ރައްޔިތުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށެވެ. އަދި ރައްޔިތުން ކައުންސިލާއި އެތަކެއް ސުވާލުތަކެއް ކުރިމަތި ކުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލަރު ވިދާޅުވީ އެއާޕޯޓުގެ މަޝްރޫޢު އާއިބެހޭ ގޮތުން ސަރުކާރުން މިހާތަނަށް ކައުންސިލާއި އެއްވެސް ކަމެއް ހިއްސާ ކޮށްފައި ނުވާ ކަމަށާއި، މިސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ. އަދި ކައުންސިލުން އެއާޕޯޓުގެ މަޝްރޫޢުގެ ރިޕޯޓު ފޮނުވައިދިނުމަށް އެދުނު ނަމަވެސް އެކަމަށް ސަރުކާރުން އިޖާބަ ދީފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

3

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

4

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

5

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް