Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައިކޯޓުގެ އުތުރު ގޮފި

ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތައް ފެށުމަށް އަންގައިފި

15 އޯގަސްޓު 2018 | ބުދަ 18:28

އުތުރު ގޮތްޕަށް ނިސްބަތްވާނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅުގެ އިތުރުން ރ. އަތޮޅު އަދި ބ. އަތޮޅުގެ ކޯޓުތަކުން ނިންމާ މައްސަލަތައް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 15 އޯގަސްޓު 2018 | ބުދަ 18:28
ހައިކޯޓުގެ އުތުރު ގޮފި

ހައިކޯޓުގެ އުތުރު ގޮފި

ހދ. ކުޅުދުއްފުށީގައި ގާއިމް ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީޢަތްތައް ހިންގުމުގެ ހުރިހާ އިންތިޒާމެއް ހައިކޯޓުން ކުރިއަށް ގެންދިޔުމަށް، ސުޕްރީމް ކޯޓުން އަންގައިފި އެވެ.

ސުޕްރީމް ކޯޓުން އަންގާރަ ދުވަހު ނެރެފައިވާ ގަރާރެއްގައި ވަނީ ކުޅުދުއްފުށީގައި ގާއިމްކުރެވިފައިވާ ހައިކޯޓުގެ އުތުރު ގޮފީގެ މަސައްކަތް ފެށުމުން ހައިކޯޓުގެ އުތުރު ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރަމުން ގެންދިއުމަށެވެ.

Advertisement - newsAdvertisement

އަދުލު އިންސާފުގެ ދާއިރާއަށް އާއްމު ރައްޔިތުންނަށް ލުއި ފަސޭހައިން ވާސިލް ވެވޭނެ ގޮތް ހެދުމަށްޓަކައި ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓުގެ ދެ ގޮފި ވަނީ އުފައްދާފަ އެވެ. ނަމަވެސް ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް މީގެކުރިން ފަށާއިފައިވީނަމަވެސް އުތުރު ގޮފީގެ މަސައްކަތް ވަނީ އޭރު ފެށޭ ގޮތް ވަނީ ނުވެފަ އެވެ.

ހައިކޯޓުގެ އުތުރު ގޮފީގެ މަސައްކަތް ފެށުމާއެކު އެ ސަރަހައްދުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ އިސްތިޢުނާފުގެ މަރުހަލާ ކުރިއަށް ނުގޮސްހުރި މައްސަލަތައް އަވަސްވެ، މައްސަލަތަކާއި ގުޅިގެން، މައްސަލައިގެ ހިމެނޭ ޚަސްމުން ކުރަން ޖެހޭ ހަރަދުތައް ކުޑަވެގެންދާނެއެވެ.

އުތުރު ގޮފީގެ ޝަރީއަތްތައް ކުރިއަށް ނުދާތީ އެ ގޮތްޕަށް ނިސްބަތްވާ މައްސަލަތައް ކުރިން ބަލަމުން ގެންދިޔައީ މާލޭގެ ހައި ކޯޓުންނެވެ. އުތުރު ގޮތްޕަށް ނިސްބަތްވާނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅުގެ އިތުރުން ރ. އަތޮޅު އަދި ބ. އަތޮޅުގެ ކޯޓުތަކުން ނިންމާ މައްސަލަތަކެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ގަރާރުގައި ފާހަގަ ކުރައްވާފައިވަނީ ހައިކޯޓުގެ އުތުރު ގޮފީގައި ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އިދާރީ ގޮތުން ހަމަޖައްސަން ޖެހޭ އެންމެހައި އިންތިޒާމުތައް ހަމަޖެހިފައިވުމާއެކު، ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތައް ކުރިއަށް ގެންދިޔުމުގެ އިންތިޒާމުތައް ހައިކޯޓުން ކުރިއަށް ގެންދިޔުމަށެވެ.

އުތުރުގެ ހައިކޯޓުގެ ގޮފި ގާއިމްކޮށްފައިވަނީ ކުޅުދުއްފުށީގައި ހުންނަ ނޮދަރން ކޮމްޕްލެކްސް އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ބައެއްގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

11 މެއި 2017

ސިވިލް ކޯޓަށް ފެން ލީކުވުމާގުޅިގެން ޝަރީއަތްތައް ހުއްޓުމަކަށް !

11 މެއި 2017
ސިވިލް ކޯޓަށް ފެން ލީކުވުމާގުޅިގެން ޝަރީއަތްތައް ހުއްޓުމަކަށް !
03 މެއި 2017

މާރާމާރީގެ މައްސަލައެއްގައި މައްޗަންގޯޅީ އުތުރު ޕީޕީއެމް ކެނޑިޑޭޓް ބަންދުކޮށްދިނުމަށް އެދި ޕީޖީން ހައިކޯޓަށް

03 މެއި 2017
މާރާމާރީގެ މައްސަލައެއްގައި މައްޗަންގޯޅީ އުތުރު ޕީޕީއެމް ކެނޑިޑޭޓް ބަންދުކޮށްދިނުމަށް އެދި ޕީޖީން ހައިކޯޓަށް
20 އެޕްރީލު 2017

ހައިކޯޓުގެ ރަޖިސްޓްރާ ހަސަން އަލީ މަގާމުން ވަކިކޮށްފި

20 އެޕްރީލު 2017
ހައިކޯޓުގެ ރަޖިސްޓްރާ ހަސަން އަލީ މަގާމުން ވަކިކޮށްފި
18 އެޕްރީލު 2017

ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓުގެ ޕޯސްޓަރ ތަތްކުރުމުގެ ހަރަކާތް ބާއްވައިފި

18 އެޕްރީލު 2017
ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓުގެ ޕޯސްޓަރ ތަތްކުރުމުގެ ހަރަކާތް ބާއްވައިފި
15 މާރިޗު 2017

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި
02 މާރިޗު 2017

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
19 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި
15 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް