Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އަވަހަށް ނިންމަން އިންތިހާއަށް އަގު ބޮޑުކުރިއަސް ކަންކަން ނިންމިފައެއް ނެތް: މާރިޔާ

15 އޯގަސްޓު 2018 | ބުދަ 10:10

ހަތަރު އަހަރުވީ މާލޭގެ މަގުަތައް ތަރައްޤީ ކުރާވާހަކަ ދައްކަވާތާ. އާޚިރުގައި އެމްއާރުޑީސީވެސް އުވުނީ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 15 އޯގަސްޓު 2018 | ބުދަ 10:10
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ

ޕްރޮޖެކްޓްތަކުގެ އަގު ބޮޑުވަނީ އަވަސް ސްޕީޑުގައި ކަންކަން ނިންމުމަށް ކަމަށް ސަރުކާރުން ވިދާޅުވިނަމަވެސް އެކަން އެހެން ޤަބޫލު ކުރެވޭކަށް ނެތްކަމަށާއި ނިންމަން ބުނާ އެއްވެސް ތާރީޚަކަށް ކަންކަން ނިންމިފައި ނުވާ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް، ރައީސް ޔާމީން ގެންދަވާ ސްޕީޑުގައި ތަރައްޤީގެ ކަންކަން ނުކުރެއްވޭނެ ކަމަށް ސަރުކާރުގެ ބޭފުޅުން ވިދާޅުވާ ވިދާޅުވުމަށް ރައްދު ދެއްވައި ގުޅިފައިވާ ޕާޓީތަކުން ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި މާރިޔާ ވިދާޅުވީ ކިތައްމެ ވަރަކަށް އަވަހަށް ނިންމަން ޕްރޮޖެކްޓްތަކުގެ އަގު އިންތިހާއަށް ބޮޑު ކުރެއްވިނަމަވެސް ކަންކަން ކުރެވިފައި ނެތްކަމަށެވެ. އަދި ނިންމަން ބުނާ ތާރީޚްތަކަށް ކަންކަން ނުވުމުގެ އިތުރުން ގިނަ ކަންކަން އެއްވެސް ވަރަކަށް ކުރެވިފައި ނުވާކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މާރިޔާ ވިދާޅުވީ ސަރުކާރުން އެބުނާ އަވަސް ސްޕީޑުގައި ކުރެވިފައިހުރި ކަމެއް ނުފެންނަކަމަށާއި ބައެއް ފަހަރަށް މަސައްކަތް އަވަސްކުރަން ހަދާ ކުންފުނިވެސް އޮންނަނީ މަސައްކަތް ނުނިމެނީސް އުވިގެން ގޮސްފައި ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި މާރިޔާ ވަނީ ރޯޑްކޯޕަރޭޝަންގެ ނަން ފާހަގަ ކުރައްވާފައެވެ.

"ހަތަރު އަހަރުވަންދެން ބަޖެޓްގައި ޖައްސަވައިގެން ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި މާލޭގެ މަގުތައް ތަރައްޤީ ކުރުމުގެ ވާހަކަ ދައްކަވަނީ ނިމިގެން ދިޔައިރު އާޚިރުގައި އެމްއާރުޑީސީވެސް ވީތަނެއް ނޭނގި އެތަންވެސް އުވިގެން ދިޔައީ. ޖުލައި 26 އަށް ނިންމަންބުނި ބްރިޖްވެސް އަދިވެސް އެއުޅެނީ ނުނިމިގެން" މާރިޔާ ވިދާޅުވިއެވެ.

ކުޅުދުއްފުށީ އެއަރޕޯޓްގައި އޮގަސްޓްމަހު ފްލައިޓް ޖައްސާނެކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ މާރިޔާ ވިދާޅުވީ ރައްޔިތުން ކަންބޮޑުވަމުން ދިޔައީ އެރަށުގައި އެއަރޕޯޓެއް އަޅާތީ ނޫން ކަމަށާއި ކުޅި ހިއްކައިގެން އެކަން ކުރުން ކަމަށެވެ. ނަމަވެސް މިހާރު ކުޅިވެސް ހިއްކައިފިކަމަށާއި އަދިވެސް އެއަރޕޯޓް ލޮލަށް ނުފެންނަ ކަމަށެވެ.

އިދިކޮޅު ކެންޑިޑޭޓް ވައުދުވަމުން ގެންދަވަނީ ރައީސް ޔާމީންގެ ވައުދުތައްކަމަށް ސަރުކާރުގެ ވެރިން ދައްކަވާ ވާހަކައަށް ރައްދު ދެއްވަމުން މާރިޔާ ވިދާޅުވީ އިބޫ ވެވަޑައިގަންނަވަނީ އެއްވެސް ވަރަކަށް ރައީސް ޔާމީންގެ ވައުދުތައް ނޫން ކަމަށާއި އިބޫގެ މައިގަނޑު 3 ވައުދެއް ވާކަމަށެވެ.

" އިބްރާހީމް މުހައްމަދު ސޯލިހް އެވިދާޅުވަނީ ވައްކަމެއް ނުކުރައްވާނަމޭ، ކޮރަޕްޝަން ނައްތާލައްވާނަމޭ، އަނިޔާވެރިއެއް ނުވާނަމޭ. މިއީ އަޅުގަނޑުމެންގެ އެންމެބޮޑު ތިން ވައުދަކީ. މިވައުދައިގެން އަޅުގަނޑުމެން ނުކުމެ މިތިބީ" މާރިޔާ ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައިވެސް މާރިޔާ ވަނީ ރައީސް މުހައްމަދު ނަޝީދަށާއި ޤާސިމް އިބްރާހީމަށް އަދި ޝައިޚް އިމަރާނަށާއި ރައީސް މައުމޫނަށްވެސް ތާއީދު ކުރައްވާ ހުރިހާ ބޭފުޅުން 23 ސެޕްޓެމްބަރުގައި އިބޫއަށް ވޯޓު ދެއްވުމަށް ގޮވާލައްވާ ގޮވާލެއްވުން ތަކުރާރު ކުރައްވާފައެވެ.

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

5

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

އިތުރަށް ކިޔާލަން

20 މާރިޗު 2017

އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

20 މާރިޗު 2017
އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި
19 ފެބުރުއަރީ 2017

ސައުދީ އެމްބަސީން ވެސް ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

19 ފެބުރުއަރީ 2017
ސައުދީ އެމްބަސީން ވެސް  ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
13 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު
12 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި

12 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް