Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިކަން

ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 އޯގަސްޓު 2018 | ބުދަ 07:42

ފުރުސަތު ހުޅުވާލާފައިވަނީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 15 އޯގަސްޓު 2018 | ބުދަ 07:42
މިދިއަ އަހަރު ބޭއްވި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާގައި ރާއްޖޭޓީވީގެ ނޫސްވެރިން އިހުތިޖާޖު ކުރަނީ

މިދިއަ އަހަރު ބޭއްވި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާގައި ރާއްޖޭޓީވީގެ ނޫސްވެރިން އިހުތިޖާޖު ކުރަނީ

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، "ނޫސްވެރިކަމުގެ އިނާމު" އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަންގާރަ ދުވަހު އެ މީޑިއާ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ވަނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 10 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން އެ ކައުންސިލަށް ހުށަހެޅުން އެދޭ ކަމަށެވެ.

Advertisement - newsAdvertisement
އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ: 1. އިޖުތިމާއީ ދާއިރާ 2. ސިޔާސީ ދާއިރާ 3. ޝަރުއީ އަދި ޤާނޫނީ ދާއިރާ 4. ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ 5. ކުޅިވަރުގެ ދާއިރާ 6. ފޮޓޯ ޖާނަލިޒަމްގެ ދާއިރާ 7. ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ 8. ފީޗަރ ލިޔުމުގެ ދާއިރާ މީގެ އިތުރުން، އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު ހިމެނެއެވެ.

ނޫސްވެރިކަމުގެ އިނާމު ދިނުމަށް މިދިއަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ރޭ ބޭއްވި ރަސްމިއްޔާތުގައި، ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީއަށް ވަމުންދާ ބޭއިންސާފު ހާމަކޮށް، މިނިވަން ނޫސްވެރިކަމަކަށް ގޮވާލައި ސުލްހަވެރި އިހުތިޖާޖެއް ކޮށްފައިވެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައި ވަނިކޮށް، ދިވެހިރާއްޖޭގެ ނޫސްވެރިންނަށް އިނާމު ދިނުމުގެ ޖަލްސާއަށް ރާއްޖެ ޓީވީގެ ނޫސްވެރިން ހާޒިރުވީ "އަބުރު" ޖަހާފައިވާ ޓީޝާޓްގަ އެވެ. ދަރުބާރުގޭގެ މައި މާލަމަށް ރާއްޖެ ޓީވީގެ ނޫސްވެރިން ވަދެ، މިނިވަން ނޫސްވެރިކަމަކަށް ގޮވާލާފައިވާ ޝިއާރުތަކާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުގެ އިސްތިއުފާ އަށް ގޮވާލައި ލިޔެފައިވާ ބޯޑްތަކާއެކު އިހުތިޖާޖު ކޮށްފައިވެއެވެ.

ގައުމީ ސަލާމަތަށް ނުރައްކާތެރި ވާހަކައެއް ދެއްކި ކަމަށްބުނެ ރާއްޖެޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާ ގުޅިގެން ހުޅުވާފައިވާ އަބުރުފުޅު ފަންޑު ފޮށި ވެސް މި ޖަލްސާގައި ބަހައްޓާފައެވެ.

ރާއްޖެޓީވީ އެފަހަރު ޖޫރިމަނާކޮށްފައި ވަނީ 2017 ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ރޭ ވަގުތުން ގެނެސްދިން ޕްރޮގްރާމެއްގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ ބުނެފައެވެ.

ނޫސްވެރިންނަށް އިނާމު ދިނުމުގެ މިއަހަރުގެ ޖަލްސާ ބާއްވަން ތައްޔާރުވަމުންދާއިރު އަނެއްކާވެސް ރާއްޖެޓީވީ މިވަނީ ހަތަރު ވަނަ ފަހަރަށް ޖޫރިމަނާ ކޮށްފަ އެވެ. މިފަހަރު ޖޫރިމަނާކޮށްފައި ވަނީ ދެ މިލިއަން ރުފިޔާއިން ނެވެ.

ބްރޯޑްކޮމްއިން މިހާތަނަށް ރާއްޖެޓީވީ 3.7 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް