Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

ތައުލީމީ ސިޔާސަތުގެ ތެރެއިން، ސްކޫލުތަށް އެއްދަންފަޅިއަށް ބަދަލުކުރާނަން: އިބޫ

ވައިކަރަދޫ ސްކޫލުގެ މަސައްކަތް ހުއްޓިފައިހުރި އިމާރާތް ނިންމާނަން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 13 އޯގަސްޓު 2018 | ހޯމަ 11:51
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ތައުލީމީ ސިޔާސަތުގެ ތެރެއިން ސްކޫލުތަށް އަނެއްކާވެސް އެއްދަންފަޅިއަށް ބަދަލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ހދ އަތޮޅަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރައްވާ ތިން ދުވަހުގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ވައިކަރަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެރަށު ސުކޫލުގައި އިމާރަތް ކުރަމުންދާ ނުވަ ކުލާހުގެ އިމާރްތް ހުއްޓިފައިވާ ކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި އެ ކުލާސްރޫމްތަށް ނިންމާ، ތައުލީމީ ސިޔާސަތުގެ ތެރެއިން އެރަށުގެ ސުކޫލް ވެސް އެއްދަންފަޅިއަށް ބަދަލުކުރާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި އަނެންކާވެސް ސުކޫލުތަށް އެއްދަންފަޅިއަށް ބަދަލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އިބޫ ވިދާޅުވިއެވެ. ސުކޫލްތަށް އެއްދަންފަޅިއަކަށް ބަދަލުކުރަންފެށީ އެމްޑީޕީގެ ވެރިކަމުގައި ވަށާއިޖެހޭ ތައުލީމުގެ ސިޔާސަތުގެ ތެރެއިންނެވެ.

"ނުވަ ކުލާހެއް އިމާރާތް ކުރުމުގެ މަސައްކަތް ފަށާއި ހުއްޓިފާ އޮތް ވާހަކަ، އަޅުގަނޑުމެން ވެރިކަމުގައި ތައުލީމީ ސިޔާސަތުގެ ތެރެއިން ސްކޫލުތަށް އަނެއްކާވެސް އެއްދަންފަޅިއަށް ބަދަލުކުރުމުގެ މަސައްކަތް ފަށާނަން، އެގޮތުން މި ރަށުގައި ނުނިމިހުރި އިމާރާތުގެ މަސައްކަތް ފަށާ ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ނިންމާ، މި ރަށުގެ ސުކޫލުތަށް ވެސް އެއްދަންފަޅިއަށް ބަދަލުކުރާނެ ވާހަކަ އަޅުގަނޑު މި ފުރުޝަތުގައި ދަންނަވަން" ވައިކަރަދޫ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވިއެވެ.

ހދ އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

ހދ. އަތޮޅަކީ ރިސޯޓް މަދު އަތޮޅެއްކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ސިޔާސަތުގެ ތެރެއިން ވައިކަރަދޫ ކައިރީގައި ރިސޯޓެއް ތަރައްގީކުރެވޭނެކަމުގެ ޔަގީންކަން އެރަށުގެ ރައްޔިތުންނަން އަރުވާ ކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކެއްގެ ވެރިކަމެއްގައި ވަކި ރަށެއް ބެލުމެއްނެތި ހުރިހާ ރަށެއްގެ ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ކުރާނެކަމަށާއި، އެގޮތުން ވައިކަރަދޫގައިވެސް ނަރުދަމާ ނިޒާމް ޤާއިމްކުުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި އާދީއްތަ ދުވަހު އިބޫ ވަނީ އެ އަތޮޅު ނޮޅިވަރަންފަރު، ހިރިމަރަދޫ، ނެއްލާއިދޫ، ނައިވާދޫ އަދި މަކުނަދޫއަށް ވަޑައިގެންފައެވެ. މިއިން ކޮންމެ ރަށަކުން އިބޫ އަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވާއިރު، ނެއްލައިދޫ އަދި މަކުނުދޫގައި ގުޅިފައިވާ ސިޔާސީ ޕާޓީޓަކުގެ ހަރުގެ ވަނީ ހުޅުވައިދެއްވާފައެވެ. ހޯމަ ދުވަހު އެމަނިކުފާނު ނޭކުރަންދޫއަށް ވަޑައިގެންނެވުމަށް ފަހު ވައިކަރާދޫއަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ

06 އެޕްރީލު 2017
ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ
05 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް

05 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް
30 މާރިޗު 2017

ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން

30 މާރިޗު 2017
ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު