Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޯޑް ކާސްޓިން ކޮމިޝަން

ޗެނަލް ތަކުން ހުރިހާ ކެންޑިޑޭޓުންނަށް އެއް އަގެއްގައި އެއްވަރަކަށް ވަގުތުދޭން ބްރޯޑްކޮމްއިން ލާޒިމްކޮށްފި

13 އޯގަސްޓު 2018 | ހޯމަ 11:10

ވަގުތު ދެވޭނީ އެއްވަރަކަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 13 އޯގަސްޓު 2018 | ހޯމަ 11:10
ބްރޯޑް ކޮމްއިން ޕްރެސްއެއް ދެނީ: ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދިނުމުގެ އުސޫލު ވަނީ ޢާއްމުކޮށްފައި

ބްރޯޑް ކޮމްއިން ޕްރެސްއެއް ދެނީ: ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދިނުމުގެ އުސޫލު ވަނީ ޢާއްމުކޮށްފައި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ރާއްޖޭގެ ހުރިހާ ޗެނަލްތަކަކުން އެއް އަގެއްގައި އެއްވަރަކަށް ވަގުތު ދޭން ޖެހޭނެކަމަށް ބްރޯޑް ކާސްޓިންގ ކޮމިޝަނުން ލާޒިމްކޮށްފިއެވެ.

ބްރޯޑްކޮމްއިން ސަރުކާރުގެ ގެޒެޓްގައި ހޯމަ ދުވަހު ޢާއްމުކުރި އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލުގައި ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުންހާމަކުރާތާ 48 ގަޑިއިރުގެ ތެރޭގައި އެކެންޑިޑޭޓުންނާއި އެކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީއަށް އެޗެނަލްއަކުން ހިލޭ ދޫކުރުމަށް ނުވަތަ ވިއްކުމަށް ޚާއްޞަކުރާ ވަގުތުތަކާއި ވިއްކާނަމަ ވިއްކާ އަގުތައް ބަޔާން ކުރަން ޖެހެއެވެ. އަދި ހަފުތާއެއްގެ ތެރޭގައި ހުރިހާ ކެންޑިޑޭޓުންނަށްވެސް އެއްވަރަކަށް ފުރުސަތު ދޭން ޖެހޭނެކަމަށް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އެ އުސޫލުގައި ބުނެފައިވާ ގޮތުގައި އެއް ކެންޑިޑޭޓަކަށްވުރެ އަނެއް ކެންޑިޑޭޓަކަށް ހިލޭވިއަސް އަދި ވިއްކައިގެން ވިއަސް އިތުރަށް ފުރުސަތު ދީގެން ނުވާނެ ކަމަށާއި ހުރިހާ ފަރާތްތަކަށްވެސް ވަގުތު ވިއްކަން ވާނީ އެއް އަގެއްގައެވެ.

އެއުސޫލުގައި ބުނެފައިވަނީ ކެންޑިޑޭޓުންނަށް ދޭ ވަގުތު ޚާއްޞަ ކުރަން ވާނީ ރޭގަނޑު 9 އާއި 12 އާ ދެމެދުގައި ކަމަށެވެ. އޭގެ އިތުރުން އިތުރު ވަގުތު ދޭކަށް ހުރަހެއް ނާޅާ ކަމަށްވެސް ބުނެފައިވެއެވެ.

އަދި ކޮންމެ ފަހަރަކު މަދުވެގެން 30 މިނެޓް ދޭން ޖެހޭނެކަމަށްވެސް އުސޫލުގައި ވެއެވެ.

މީގެ އިތުރުން އެވަގުތުތަކުގައި ކުއްލި ޚަބަރެއް އައިސްގެން ނުވަތަ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ދީފައިވާ ވަގުތު މެދުކަނޑާލަން ޖެހިއްޖެނަމަ ބާކީ ވަގުތު ވީއެންމެއަވަހަކަށް ދޭން ޖެހޭނެކަމަށް ވަނީ ބުނެފައެވެ.

އުސޫލުގައި ބުނެފައިވަނީ ނަންތައް އިއުލާން ކުރާތާ 48 ގަޑިއިރުގެ ތެރޭގައި ހިލޭދޭ ވަގުތާއި ވިއްކާ ވަގުތާއި އަގުތައް ބޮރޯޑްކޮމް އަށް ހުށަހަޅަން ޖެހެއެވެ. އަދި ވަގުތު ދިން ގޮތުގެ ރިޕޯޓެއް ހަފުތާއަކު އެއްފަހަރު އަދި ވޯޓުލާ ދުވަހުގެ ކުރީ ދުވަހުގެ އިރުއޮއްސި 6 ޖެހުމަށްފަހު 48 ގަޑިއިރުގެ ތެރޭގައި އެކަންކުރިގޮތުގެ ތަފްސީލީ ރިޕޯޓެއް ބްރޯޑްކޮމްއަށް ހުށަހަޅަން ޖެހެއެވެ.

މިއުސޫލުގެ ދަށުން ދެވޭ ވަގުތުގައި އެކެންޑިޑޭޓަކު ނުވަތަ އެކެންޑިޑޭޓަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކުން ދައްކާ ވާހަކަތަކުގެ ޒިންމާ ނަގަން ޖެހޭނީ ބްރޯޑްކާސްޓް ކުރި ފަރާތަކުންނެވެ.

މިއުސޫލާ ޚިލާފަށް ބްރޯޑްކާސްޓަރަކު ޢަމަލް ކޮށްފިނަމަ އެކަމުގެ ޝަކުވާ ހުށަހެޅޭނީ އެކެންޑިޑޭޓް ނުވަތަ އެކެންޑިޑޭޓެއްގެ އިންތިޚާބީ އެޖެންޓް އަދި އެކެންޑިޑޭޓަކު ނިސްބަތްވާ ޕާޓީއަކަށެވެ. އަދި ބްރޯޑްކާސްޓް ކޮމިޝަނަށްވެސް އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ އެކޮމިޝަނަށް އެކަން ބެލުމުގެ ބާރު ލިބިދެއެވެ.

މިއުސޫލާ ޚިލާފްވެއްޖެނަމަ އެޅޭނެ ފިޔަވަޅުތައް ކަމަށް ބްރޯޑްކޮމްއިން ބުނެފައިވަނީ:-

  1. ބްރޯޑްކާސްޓަރަށް އެކަމެއް ރަނގަޅުކުރުމަށް އެންގުން.
  2. ބްރޯޑްކާސްޓަރަށް ދެވޭ އިންޒާރެއް އިއުލާން ކުރުން.
  3. ކޮމިޝަނުން އަންގާ ވަގުތެއްގައި ކޮމިޝަނުން އަންގާ ގޮތެއްގެމަތިން ކުށުގެ އިސްލާހެއް ޢާއްމުކުރުމަށް ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިޔުމަށް ބަޔާނެއް ޢާއްމުކުރުމަށް ބްރޯޑްކާސްޓަރަށް އެންގުން
  4. ބްރޯޑްކާސްޓަރަކު މިއުސޫލާ ތަކުރާރުކޮށް ޚިލާފްވަމުންދާނަމަ، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، އެބްރޯޑްކާސްޓަރެއްގެ ޕްރޮގްރާމް ޝެޑިއުލް ނުވަތަ ޕްރޮގްރާމް ޝެޑިއުލުން ބައެއް ވަކި މުއްދަތަކަށް އުނިކުރުމަށް އެންގުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވުމެވެ.

މިއުސޫލު ދިވެހި ސަރުކާރުގެ ގެޒެޓްގައި ހޯމަދުވަހު ޝާއިއު ކުރުމާއެކު މިހާރު ވަނީ ޢަމަލްކުރަން ފެށިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް