Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކާނަލް ނާޒިމް

ކާނަލް ނާޒިމްގެ ކޮޓަރިއަށް ފިސްތޯލަ ލީ ފުލުހެއް: އާޒިމް

އެ މަންޒަރު ދުށް ފަރާތްތަކުން ހެކި ބަސް ދޭން ތިބީ ތައްޔާރަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 އޯގަސްޓު 2018 | ހޮނިހިރު 12:26
ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް

ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް

މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ކަމަށް ބުނާ ފިސްތޯލަ ޕްލާންޓް ކޮށްފައިވަނީ އެ ގެ ބަލައި ފާސްކުރަން ދިޔަ ފުލުހެއް ކަމަށް ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު މ.ކުނޫޒްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އެ މައްސަލާގައި އެ މަންޒަރު ދުށް ފަރާތްތަކުން ހެކި ބަސް ދޭން ތައްޔާރަށް ތިބި ކަމަށް ފާހަގަކޮށް އެންމެ ފުރަތަމަ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ކަމަށާއި އެ ފުރުސަތު ސުޕްރީމް ކޯޓުން އަދި ދީފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

ވަގުތު ގެއްލިގެން ދިޔުމަކީ އިންސާފު ގެއްލިގެން ދިޔުންކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ފިސްތޯލަ ޕްލާންޓް ކޮށްފައިވަނީ ފުލެހެއް ކަމަށް ހެކިބަސް ދޭން މަންޒަރު ދުށް ފުލުހަކު ހުރީ ތައްޔާރަށް ކަމަށެވެ.

"އަޅުގަނޑުމެން ސުޕްރީމް ކޯޓަށް ފުރަތަމަ ލީ މައްސަލައިގައި އޮންނާނެ މަންޒަރު ދުށް ބޭފުޅުން ހެކިބަސް ދޭން ތިބި ކަމަށް ފާހަގަކޮށްފައި އެ ފުރުސަތު ސުޕްރީމް ކޯޓުން ނުދެއްވާ ކަމުގައިވާނަމަ އެތަނަށް ހާޒިރުވެވޭނެ ގޮތެއް ނޯންނާނެ އެހެންކަމުން އެއީވެސް ލިބިފައި ހުރި ބައިވަރު ހެކިތަކެއް ގެއްލިގެންދިޔުން. އެ މަންޒަރު ފެނުނު ފުލުހުންގެ ތެރެއިން މީހަކު އެބަހުރި ހެކިބަސް ދޭން. އެކަން އަޅުގަނޑުމެން އޮންނާނެ ކޯޓަށްލީ ދައުވާގައި ލިޔެފައި" އާޒިމް ވިދާޅުވިއެވެ.

އިންސާފު ނުލިބި ކާނަލް ނާޒިމް ޖަލުގައި ހުންނަވާތާ ތިން އަހަރާއި ބައި މިއަދަށްވެއްޖެކަން ފާހަގަކުރައްވާ ނާޒިމްގެ އަނބިކަނބަލުން އަފާފް އަބްދުލްމަޖީދު ވިދާޅުވީ ނާޒިމް ޑޮކްޓަރަށް ދެއްކުމަށްޓަކައި މާލެ ގެންނައިރު އެއްވެސް ފަހަރަކު ކަރެކްޝަނުން އާއިލާއަށް އަންގާފައިނުވާ ކަމަށާއި ނާޒިމްގެ ސިއްހީ ހާލުކޮޅާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އާފާފް އިތުރަށް ވިދާޅުވީ ރާއްޖޭން ބޭރުން ހަދަން ޖެހޭ މުހިންމު ޓެސްޓުތަކެއް ނާޒިމް ހަދަން ޖެހޭ ކަމަށާއި އެކަމަށް އެދުމުން ވެސް އެ ހުއްދަ ނުދޭ ކަމަށެވެ.

"އަދި ނާޒިމް އޮޕްރޭޝަނެއްވެސް ކުރަން ޖެހޭ، އެ އޮޕްރޭޝަން ކުރުމަށްފަހު ޑޮކްޓަރުން ލަފާ ދެއްވަނީ ރަނގަޅު މާހައުލެއްގައި ހުންނެވުމަށް. އެކަށީގެންވާ މާހައުލެއް ނޫން ޖަލަކީ" އަފާފް ވިދާޅުވިއެވެ.

ނާޒިމްއަށް ވަކީލުންގެ ބައްދަލުވުން ނުދޭތާ ދެ މަސް ދުވަސްވެފައި ވާއިރު އެކަމާމެދު އެބޭފުޅާގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކާނަލް ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓަށް ފުލުހުން ވަދެފައި ވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. އޭރު އެމަނިކުފާނަކީ ދިވެހި ރާއްޖޭގެ ދިފާޢީ ވަޒީރެވެ. އަދި އެރޭ ފުލުހުން އެގެއަށް ވަން އިރު އެގޭތެރެއިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު ކަމަށް ބުނެ ކާނަލް ނާޒިމް ވަނީ 11 އަހަރަށް ޖަލަށްލާފައެވެ.

އިތުރަށް ކިޔާލަން

03 ޖޫން 2017

ތައިލެންޑުގެ ސަފީރުކަށް ކާނަލް ނަޝީދުގެ ނަން ފޮނުއްވައިފި

03 ޖޫން 2017
ތައިލެންޑުގެ ސަފީރުކަށް ކާނަލް ނަޝީދުގެ ނަން ފޮނުއްވައިފި
05 މެއި 2017

ކޮރަޕްޝަނާ ދެކޮޅުކަން ހާމަކުރުން ވާޖިބު، އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓް ދެއްވާ: ކާނަލް ނާޒިމް

05 މެއި 2017
ކޮރަޕްޝަނާ ދެކޮޅުކަން ހާމަކުރުން ވާޖިބު، އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓް ދެއްވާ: ކާނަލް ނާޒިމް
24 އެޕްރީލު 2017

ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

24 އެޕްރީލު 2017
ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި
04 އެޕްރީލު 2017

ސިފައިންގެ ދެ އޮފިސަރަކަށް ކާނަލްގެ މަޤާމް ދެއްވައިފި

04 އެޕްރީލު 2017
ސިފައިންގެ ދެ އޮފިސަރަކަށް ކާނަލްގެ މަޤާމް ދެއްވައިފި
29 މާރިޗު 2017

ކާނަލް ނާޒިމް ކަރެކްޝަންގެ އަނބުރާ ޖަލަށް ގެންގޮސްފި

29 މާރިޗު 2017
ކާނަލް ނާޒިމް ކަރެކްޝަންގެ އަނބުރާ ޖަލަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު