Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ކޮމަންވެލްތާއި ގުޅި، ޤަތަރު އަދި އީރާނާއި އަލުން ގުޅުން ގާއިމުކުރާނަން: އިބޫ

10 އޯގަސްޓު 2018 | ހުކުރު 17:57

ޤަތަރާއި އީރާނާއި ކޮމަންވެލްތާއި އޮތް ގުޅުން ކަނޑާލުމުން ވަރަށް ގިނަ ގެއްލުންތަކެއް ކުރިމަތިވި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 10 އޯގަސްޓު 2018 | ހުކުރު 17:57
އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސްތަބުގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ

އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސްތަބުގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަކިވެފައިވާ ކޮމަންވެލްތާއި އެސަރުކާރުން ގުޅުން ކަނޑާލާފައިވާ މުސްލިމް ދެގައުމު ކަމަށްވާ ޤަތަރު އަދި އީރާނާއި އަލުން ގުޅުން ގާއިމު ކުރައްވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއިން ގެނެސްދޭ "އިބޫ" ޕްރޮގްރާމަށް ދެއްވި އިންޓަވިއުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ޤަތަރާއި އީރާނާއި ކޮމަންވެލްތާއި އޮތް ގުޅުން ކަނޑާލުމުން ވަރަށް ގިނަ ގެއްލުންތަކެއް ކުރިމަތިވި ކަމަށެވެ. ވަކިން ހާއްސަކޮށް ކުޅިވަރާއި ތައުލީމީ ދާއިރާއިން ލިބުނު ފުރުސަތުތައް ގެއްލިގެން ދިޔުމުން ޒުވާނުންނަށާއި ކިޔަވާ ކުދިންނަށް ވަރަށް ބޮޑު ގެއްލުމެއް ލިބިގެންދިޔަ ކަމަށް އިބޫ ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އަނެއްކާ މިއިން ކޮންމެ ކަމަކާއި ދޭތެރޭ، ކޮންމެ ފަރާތަކާއި ގުޅުން ކަނޑާލިއިރު ސަރުކާރުން އޭގެ ކުރީ ދުވަހު ހަމަ ވަރަށް ޔަގީން ކަމާއެކު ބުނަމުން ގެންދިޔަ ސްޓޭޓްމަންޓްތައް ހަދަމުންގެންދިޔަ އެއްވެސް މައްސަލައެއް ނެތޭ، އޮންނާނެއޭ. ބުނެފަ ޖެހިގެން އަންނަ ދުވަހު ދިމާ އިދިކޮޅަށް ކަންތައް ކޮށްފައި މިއޮންނަނީ. އޭގެ ސަބަބުން ލިބުނު ގެއްލުންތައް ވަރަށް ބޮޑު. އިރާދުކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގައި ކޮމަންވެލްތާއި ވަރަށް އަވަހަށް ގުޅުން އުފައްދާނަން. ހަމަ ޤަތަރާއި އީރާނާއި ވެސް." ކޮންމެ ހުކުރު ދުވަހެއްގެ ރޭ ރާއްޖެޓީވީއިން ގެނެސްދޭ ޕްރޮގްރާމަށް ދެއްވި އިންޓަވިއުގައި އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ރައީސް ޔާމީންގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރެވިފައި އޮތްގޮތުން މިހާރު އަނގައިން ބުނެލެވެން އޮތީ އެންމެ ދެ ގައުމާއި ކަމަށެވެ. މިއީ ރާއްޖެއަށް އެކަހެރިކޮށް އޮވެވޭނެ ޒަމާނެއް ނޫން ކަމަށާއި ގުޅުން ކަނޑާލާފައިވާ ގައުމުތަކާއި އަލުން ގުޅުން އުފައްދަން ޖެހޭ ކަމަށް އިބޫ ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ހާރިޖީ ސިޔާސީ ބައްޓަން ކުރެވިފައިވާ ގޮތުން އަޅުގަނޑުމެން ހަމަ ދުވަހަކަށް ވުރެ ދުވަހެއް މިދަނީ އެކަހެރިވަމުން. އެހެން ވަމުން ގޮސް މިހާރު ހަމައެކަނި އަނގައިން ބުނެލާ މިއުޅެނީ ދެ ގައުމެއް އެކަނި. ދުވަސްކޮޅެއް ވާއިރު އޮންނާނީ އެންމެ ގައުމެއް.... އަޅުގަނޑުމެންގެ ތަރައްގީއަށާއި ކުރިއެރުމަށް އެހީތެރިވާ ރަހުމަތްތެރި ރަށްޓެހި ގައުމުތަކާއެކު އޮންނަ ގުޅުން ހަރުދަނާކޮށް އަދި މިހާރު ގުޅުން ކަނޑާލާފައިހުރި ގައުމުތަކާއި އެކީގައި އެގުޅުން އަވަހަށް އުފައްދަން." އިބޫ ވިދާޅުވިއެވެ.

އިބޫ މިހެން ވިދާޅުވިއިރު ރާއްޖޭގެ ސަރުކާރު ކޮމަންވެލްތުން ވަކިވެފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުއެވެ. ކޮމަންވެލްތުން ރާއްޖެ ވަކިވީ ރާއްޖޭގެ ހާލަތު އިސްލާހު ނުވެއްޖެނަމަ ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވަނިކޮށެވެ. ރާއްޖޭގެ ހާރިޖިއްޔާއިން ވަނީ ކޮމަންވެލްތުން ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ރާއްޖެއިން ޤަތަރާއި އަދި އީރާނާއި ގުޅުން ކަނޑާލާފައިވަނީ ސައުދީ އަރަބިއްޔާއިން އެގޮތަށް އަމަލު ކުރުމާއި ވިދިގެންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް