Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ސަރުކާރު ހިންގާ ޕީޕީއެމުން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާތީ ހުއްޓުވުމަށް އޭސީސީގައި އެދިއްޖެ

8 އޯގަސްޓު 2018 | ބުދަ 11:39

މުލީއާގޭގައި ޕީޕީއެމްގެ ސިޔާސީ ހަރަކާތް ހިންގުން ހުއްޓާލުމަށް އޭސީސީން އަންގާފައިވާ ކަމަށްވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 8 އޯގަސްޓު 2018 | ބުދަ 11:39
އެންޓި ކޮރަޕްޝަން ކޮމިޝަން

އެންޓި ކޮރަޕްޝަން ކޮމިޝަން

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ދައުލަތުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންނާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާތީ އެކަން ހުއްޓުވައި ދެއްވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އޭސީސީގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންނާ ބުދަ ދުވަހު ބައްދަލު ކުރެއްވީ ރިޔާސީ އިންތީޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެއްދެވުމަށާއި ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ހޯދުމަށް ބާރު އެޅުއްވުމުގެ ގޮތުން ކަމަށެވެ.

Advertisement - newsAdvertisement

އަނަސް ވިދާޅުވީ ސަރުކާރު ހިންގާ ޕީޕީއެމުން ދައުލަތުގެ މުދަލާއި ވަސީލަތްތަކާއި ދައުލަތުގެ މުވައްޒަފުން ކެމްޕެއިން ހަރަކާތްތަކުގައި ބޭނުން ކުރަމުންދާތީ އެކަން އެކޮމިޝަނަށް ހުށަހައި އެކަން ހުއްޓުވައި ދެއްވައި ފިޔަވަޅު އަޅުއްވާ ދެއްވުމަށް އެދިވަޑައިގަންނަވާފައިވާނެ ކަމަށެވެ މީގެއިތުރުން، ރީ ރެޖިސްޓްރީ ކުރުމުގައި ދައުލަތުގެ އެކިއެކި އިދާރާތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ނުފޫޒު ފޯރުވައިގެން ޕީޕީއެމުން މަސައްކަތްތަކެއް ކުރުވަމުން ގެންދަވާ ކަމަށާއި ދައުލަތުގެ މީޑިއާ އިން ހަމަހަމަ ފުރުސަތުތައް ނުދޭކަންވެސް ފާހަގަކުރައްވާފައި ވާނެ ކަމަށް އަނަސް ވިދާޅުވި އެވެ.

އަނަސް ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނާއި ވަސީލަތްތައްވެސް ނަހަމަ ގޮތުގައި ބޭނުންކޮށް ޕީޕީއެމުން ކެމްޕެއިން ކުރަމުން ދާއިރާއިރު، ސަރުކާރު ކުންފުނިތައް ބޭނުންކޮށްގެން އިދިކޮޅު ޕާޓީތަކުގެ ކެމްޕޭނަަށް ހުރަސް އަޅަމުންދާތީ އެކަންވެސް އޭސީސީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ. ގުޅިފައިވާ ޕާޓީތަކާއެކު މަސައްކަތް ކުރަމުންދާ ރައީސް މައުމޫން ރިފޯމް މޫވްމެންޓްގައި ހިމެނިވަޑައިގަންނަވާ އައިމިނަތު ނާދިރާ ވިދާޅުވީ، ސަރުކާރު ހިންގާ ޕީޕީއެމުން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަމުންދާތީ އޭސީސީން ވެސް އެކަންކަން ހުއްޓުވުމަށް މަސައްކަތްތަކެއް ކޮށްފައިވާކަން ހާމަވެފައިވާ ކަމަށެވެ. އެގޮތުން، ޕީޕީއެމުން ސިޔާސީ ކަންކަމުގައި މުލިއާގެ ބޭނުން ކުރަމުންދާތީ އެކަން ހުއްޓާލުމަށް އޭސީސީން އަންގާފައިވާ ކަމަށް އެކޮމިޝަނުން ބުނެފައިވާ ކަމަށް ނާދިރާ ވިދާޅުވި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދަނީ ރިޔާސީ އިންތިހާބުގެ ކަންކަމާއި ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ލިބިދޭގޮތަށް ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކުން އެއްބާރުލުން ދިނުމަށް ގޮވާލަމުންނެވެ. އަދި ކަމާބެހޭ މުއައްސަސާތަކާއެކު ބައްދަލުވުންތައް ވެސް ދަނީ ބާއްވަމުން ނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް