Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހއ އުލިގަމް

ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް "ނިންމާފައިވާ" އުލިގަމު އިންޖީނުގެ ހިޔާވެސް ނުކޮށް

8 އޯގަސްޓު 2018 | ބުދަ 04:27

ރަށްވެހި ތަރައްޤީގެ ފޮތުގައި ބުނެފައިވާ ގޮތުގައި އެއިންޖީނުގޭގެ މަސައްކަތް ވަނީ ނިމިފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 8 އޯގަސްޓު 2018 | ބުދަ 04:27
ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ އުލިގަމު އިންޖީނުގޭގެ ފޮޓޯއެއް

ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ އުލިގަމު އިންޖީނުގޭގެ ފޮޓޯއެއް

ދައުލަތުގެ ބަޖެޓުން ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހއ އުލިގަމުގައި އިންޖީނުގެއެއް އިމާރާތްކޮށް ނިންމާފައިވާ ކަމަށް، ސަރުކާރުން ނެރުނު ރަށްވެހި ތަރައްގީގެ ފޮތުގައި ބުނެފައި އޮތަސް، އެ އިންޖީނުގޭގެ ފުރާޅުވެސް ނާޅާ ކަން އެނގިއްޖެ އެވެ.

މިސަރުކާރުން ހިންގާފައިވާ މަޝްރޫޢުތައް ހާމަކުރުމަށް ނެރެފައިވާ ރަށްވެހި ތަރައްޤީގެ ފޮތުގައި ބުނެފައިވާ ގޮތުގައި ހއ. އުލިގަމުގައި އިންޖީނުގެއެއް އެޅުމަށް ވަނީ 4.7 މިލިއަން ރުފިޔާ ހޭދަ ކޮށްފައެވެ. އެ އިންޖީނުގެ ނިމިފައިވާއިރު ރާއްޖެ އެމްވީއަށްވެސް ލިބިފައިވާ ފޮޓޯއަކުން ފެންނަ ގޮތުގައި އެއިންޖީނުގެ ހިޔާވެސް ނުކުރެއެވެ. ހަމައެކަނި ރާނާލި ގޮތަށް ނިންމާލާފައިވާ އެ އިންޖީނުގޭގެ ފާރުތަކުގައި ހުރީ ސިމެންތިވެސް ނުޖަހައެވެ.

Advertisement - newsAdvertisement

އުލިގަމު ކައުންސިލްގެ މީޑިޔާ ކޯޑިނޭޓަރ މުހައްމަދު ރަޝީދު ވިދާޅުވީ ފޮޓޯއިން ފެންނަނީ ހަޤީގަތެއް ކަމަށާއި އިންޖީނުގޭގެ މަސައްކަތް ނިންމާފައިހުރި ހިސާބު ކަމަށެވެ.

ރަޝީދު ވިދާޅުވީ އެތަނުގެ މަސައްކަތް ހުއްޓާލާފައިވަނީ މިއަހަރުގެ ކުރީކޮޅު ކަމަށާއި އޭގެ ފަހުން އެތަނުގައި އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

އިންޖީނުގެ ނިންމުމަށް 4.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވުމުގެ އިތުރުން އެފޮތުގައިވާ ގޮތުގައި އެރަށުގައި އިންޖީނުގެއެއް މަރާމާތު ކުރުމަށްވެސް 490،000 (ހަތަރު ލައްކަ ނުވަދިހަ ހާސް ރުފިޔާ) ވަނީ ހިމަނާފައެވެ.

މީގެ އިތުރުން އެރަށުގައި 744000 ރުފިޔާ (ހަތް ލައްކަ ސާޅީސް ހަތަރު ހާސް ރުފިޔާ) ޚަރަދުކޮށްގެން ޤާއިމް ކުރަމުންދާ ފުޓްސަލް ދަނޑެއްގެ މަސައްކަތްވެސް ވަނީ ހުއްޓިފައެވެ.

ދަނޑާ ބެހޭގޮތުން ރަޝީދު ވިދާޅުވީ އެދަނޑުގެ މަސައްކަތްވެސް މިއަހަރުގެ ކުރީކޮޅު ހުއްޓާލާފައިވާކަމަށާއި އޭގެފަހުން އެތަނުގެ އެއްވެސް މަސައްކަތެއްވެސް ކުރިއަށް ނުދާ ކަމަށެވެ.

ދަނޑުގެ ފޮޓޯއެއްވެސް ރާއްޖެ އެމްވީއަށް ލިބިފައިވާއިރު އެފޮޓޯއިން ފެންނަ ގޮތުގައި އެދަނޑަށް ގެންގޮސްފައިހުރި ބައެއް ތަކެތި ހަލާކުވެ އެތަނުގައި ވިނަފަޅާފައިވާކަން ހާމަވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް